Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު މޯލްޑިވްސް ކަޕް

އެފްއެސްއެމް ބަލިކޮށް އާރްއާރްސީން ކުލަބު މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފި

18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްއިން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2021 | އާދީއްތަ 20:35
ކުލަބު މޯލްޑިވްސް ކަޕުގެ ތައްޓާއެކު އާރްއާރްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ

ކުލަބު މޯލްޑިވްސް ކަޕުގެ ތައްޓާއެކު އާރްއާރްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށް ކުލަބު މޯލްޑިވްސް ކަޕުގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އިން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު އާރްއާރްސީން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި މުޅިން އަލަށް އެފްއެސްއެމް ވާދަކުރިއިރު، މީގެ ކުރިން 2017 ވަނަ އަހަރު އާރްއާރްސީން ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ ނަމުގައި މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން އާރްއާރްސީން ކުރިއަށްޖެހި އެފްއެސްއެމްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެފްއެސްއެމުން ފުރަތަމަ ހާފުގައި ވަނީ ރަނގަޅަށް ޑިފެންސްކޮށް ކައުންޓަ އެޓޭކުގައި އާރްއާރްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާރްއާރްސީގެ އިތުބާރު ކުޅުންތެރިޔާ އިބްރާހީމް އަސްވާދު (ގަބޭ) ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފު ފަށައިގެން އެފްއެސްއެމްއިން ކުރިއަށްޖެހި އާރްއާރްސީގެ ގޯލަށް ނުރައްކާކުރިއިރު، އެ ޓީމުގެ އަޙުމަދު ވިޖުދާން (ވިޖުއްކޮ) ފޮނުވާލި ދެ ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އެ ޓީމުގެ މުޙައްމަދު ތޯހިރު ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އާރްއާރްސީގެ ގޯލްކީޕަރު މުޙައްމަދު ޒުހަލްއެވެ.

އެފްއެސްއެމުން ކުރިއަށްޖެހި ކުޅުމުގެ ފައިދާ ނަގައި މެޗުގެ 31 ވަނަ މިނެޓުގައި އާރްއާރްސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނާސިހް (އާދަންނާ) އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އާދަންނާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އާދަންނާ ވަނީ އާރްއާރްސީގެ ހަތަރުވަނަ ލަނޑު ޖަހައި، މެޗުގައި ހެކްރިޓް ހަދާފައެވެ.

މި ފަހަރުގެ ކުލަބު މޯލްޑިވްސް ކަޕް އާރްއާރްސީން ކާމިޔާބުކުރިއިރު، ކުލަބު މޯލްޑިވްސްއިން ހޮވާ "ކިންގް އޮފް ފުޓްސަލް" އަކީ އާރްއާރްސީގެ ކެޕްޓަން އިބްރާހިމް މައިޝާން (މައި) އެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ކުޅުނު ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު ކާމިޔާބުކުރީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. އެ ޓީމުން ވަނީ ފައިނަލުގައި ކުލަބު ވެމްކޯ އަތުން 7-4 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރް ވަނީ ފަސް ލަނޑު ޖަހާފައެވެ. އަދި ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޑަރިކާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ދެން މި މެޗުގައި އެމްޕީއެލްއިން ޖެހި އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ޝާލިޔާއެވެ. އަދި ވެމްކޯއިން ޖެހި ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާއެވެ.

މި ފަހަރުގެ އަންހެން ޑޮވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދިއިރު، އެ ޓީމަކީ ކުލަބު މޯލްޑިވްސްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައިވެސް ޖެހިޖެހިގެން ތިން މުބާރާތް ކާމިޔާބުކުރި ފުރަތަަމަ ޓީމެވެ.

ކުލަބް މޯލްޑިވްސް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލް އާއި ވެމްކޯ ސެމީއަށް

ބީއެމްއެލް އާއި ވެމްކޯ ސެމީއަށް

13 އޯގަސްޓު 2023
ޗެމްޕިއަން ފެނަކައާއެކު އާރުއާރުސީއާއި އެސްޓީއޯއާއި ޓީމް އެފްއެސްއެމް ކުއާޓާ އަށް

ޗެމްޕިއަން ފެނަކައާއެކު އާރުއާރުސީއާއި އެސްޓީއޯއާއި ޓީމް އެފްއެސްއެމް ކުއާޓާ އަށް

06 އޯގަސްޓު 2023
ބީއެމްއެލް، އާބަންކޯ، ވެމްކޯ އަދި ސްޓެލްކޯ ކްއާޓާ ފައިނަލަށް

ބީއެމްއެލް، އާބަންކޯ، ވެމްކޯ އަދި ސްޓެލްކޯ ކްއާޓާ ފައިނަލަށް

05 އޯގަސްޓު 2023
ސްޓެލްކޯ ކްލަބް ފުރަތަމަ މޮޅު ހޯދައިފި

ސްޓެލްކޯ ކްލަބް ފުރަތަމަ މޮޅު ހޯދައިފި

20 ޖުލައި 2023
ފެނަކަ އެއްވަރު، އާރުއާރުސީ މޮޅު

ފެނަކަ އެއްވަރު، އާރުއާރުސީ މޮޅު

19 ޖުލައި 2023

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު