Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބް މޯލްޑިވްސް ކަޕް

ޗެމްޕިއަން ފެނަކައާއެކު އާރުއާރުސީއާއި އެސްޓީއޯއާއި ޓީމް އެފްއެސްއެމް ކުއާޓާ އަށް

ކުއާޓާގެ ޖާގަތައް ވަނީ ޔަޤީންވެފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 6 އޯގަސްޓު 2023 | އާދީއްތަ 03:21
ދެވަނަ ބުރުގައި އާރުއާރުސީއާއި އެމްއޭސީއެލް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ކްލަބް މޯލްޑިވްސް

ދެވަނަ ބުރުގައި އާރުއާރުސީއާއި އެމްއޭސީއެލް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ކްލަބް މޯލްޑިވްސް

އެންމެ ފަހުގެ ޗެމްޕިއަން ޓީމް ފެނަކައާއެކު އާރުއާރުސީއާއި, އެސްޓީއޯއާއި, ޓީމް އެސްއެފްއެމް ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފެނަކަ ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި 5-1 ން ގޭސް ކްލަބް ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އައްޒާމް އަބުދުالله އެއް ލަނޑު ޖެހިއެވެ. ފެނަކައިގެ ފުރަތަމަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ މަސްއޫދު މާޖިދު ފަލާހީ އެވެ. ދެވަނަ ލަނޑު ޖެހީ ހުސައިން ނާޝިދުއެވެ. ފަހު ލަނޑު ޖެހީ މުހައްމަދު އިޔާދު އަލީއެވެ. ގޭސް ކްލަބްގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ރަޝީދެވެ.

ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި 1-0 ން މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑް ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ހުސައިން ގައްސާން ލަބީބެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިބްރާހީމް ސިނާހު އެވެ.

އެސްޓީއޯ ރެކްރިއޭޝަން ކްލަބް ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ ދެވަނަ ބުރުގައި 3-1 ން މޯލްޑިވިއަން ބަލިކޮށްގެންނެވެ. މެޗުގައި އެސްޓިއޯގެ ފުރަތަމަ ދެ ލަނޑު ޖެހީ ހުޒައިފަތު ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ތިންވަނަ ލަނޑު ޖެހީ ރިޒުވާން އަހުމަދެވެ. މޯލްޑިވިއަންގެ ހަމައެކަނި ލަނޑު ޖެހީ ހައްފާފް ސިދުގީއެވެ.

ޓީމް އެފްއެސްއެމް ކްއާޓާ ފައިނަލަށް ދަތުރުކުރީ 5-0 ން ފެން ކްލަބް ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު އައިހަމް އާއި މުހައްމަދު ނާފިއު އަހުމަދު ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. ފަހު ލަނޑު ޖެހީ އަބުދުالله ޒިޔާންއެވެ. މޮޅު ކުޅުންތެރިއަކީ އައިހަމްއެވެ.

ކުލަބް މޯލްޑިވްސް ކަޕްކްލަބް މޯލްޑިވްސް

އިތުރަށް ކިޔާލަން

13 އޯގަސްޓު 2023

ބީއެމްއެލް އާއި ވެމްކޯ ސެމީއަށް

13 އޯގަސްޓު 2023
ބީއެމްއެލް އާއި ވެމްކޯ ސެމީއަށް
12 އޯގަސްޓު 2023

ޓީމް ޚާރިޖީއާއި ކްލަބް 220 ސެމީއަށް

12 އޯގަސްޓު 2023
ޓީމް ޚާރިޖީއާއި ކްލަބް 220 ސެމީއަށް
11 އޯގަސްޓު 2023

ޑީޖޭއޭ އާއި ޓްރާންސްޕޯރޓް ސެމީއަށް

11 އޯގަސްޓު 2023
ޑީޖޭއޭ އާއި ޓްރާންސްޕޯރޓް ސެމީއަށް
08 އޯގަސްޓު 2023

ކްލެސިކް މުބާރާތުގެ ކްއާޓާ ފައިނަލްގެ ޖާގަތައް ޔަޤީންވެއްޖެ

08 އޯގަސްޓު 2023
ކްލެސިކް މުބާރާތުގެ ކްއާޓާ ފައިނަލްގެ ޖާގަތައް ޔަޤީންވެއްޖެ
07 އޯގަސްޓު 2023

އެޓީން ތާރޓީ: ޕޮލިހާއި ފެނަކަ ޕޮއިންޓްގެ ގޮތުން އެއްވަރު

07 އޯގަސްޓު 2023
އެޓީން ތާރޓީ: ޕޮލިހާއި ފެނަކަ ޕޮއިންޓްގެ ގޮތުން އެއްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު