Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ގްރޯން ޕްރީ

ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ޖާއިޝާ

19 ޑިސެމްބަރު 2021 | އާދީއްތަ 04:58

ޖާއިޝާ ވަނީ މި މުބާރާތުގައި ގައުމީ ދެ ރިކޯޑެއް މުގުރާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 ޑިސެމްބަރު 2021 | އާދީއްތަ 04:58
ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނު ސާއިދާއި ޖާއިޝާ

ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނު ސާއިދާއި ޖާއިޝާ

ރާއްޖޭގައި މި ވަގުތު ތިބި އެންމެ ފާހަގަކޮށްލެވޭ އެތުލީޓުންނަށް ދައުވަތުދީގެން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "ތިންވަނަ މައިލޯ ގައުމީ ގްރޯން ޕްރީ" އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އާމިނަތު ޖާއިޝާ ޖުނީޒް ހޯދައިފިއެވެ.

މި މުބާރާތުގައި ކުރިއަށްގެންދިޔައީ ދުވުމުގެ 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1500 މީޓަރު އަދި 3000 މީޓަރު ރޭހާއި ލޯންގް ޖަމްޕެވެ. ކޮންމެ އިވެންޓެއްގައި ދެ ޖިންސުން ވަކިވަކިން ރޭސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ސާއިދާއި ޖާއިޝާ ހޯދިއިރު، މިއީ މި ދެ އެތުލީޓިން ގްރޯން ޕްރީގެ އެއްވަނަ މަގާމު ހޯދި ފުރަތަމަ ފަހަރެވެ.

ގްރޯން ޕްރީގެ ފުރަތަމަ ދެ އަހަރު އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ހުސެއިން ފަޒީލް ހާރޫން މި ފަހަރު މި މުބާރާތުގައި ވާދައެއް ނުކުރެއެވެ. އެއާއެކު ސާއިދު ފުރަތަމަ ފަހަރަށް ގްރޯން ޕްރީގެ އެއްވަނަ އެތުލީޓުގެ މަގާމު ހޯދީ ތިން އިވެންޓުން ރަން މެޑަލް ހޯދައިގެންނެވެ. އެގޮތުން އޭނާ ވަނީ ހުކުރު ދުވަހު ކުރިއަށްދިޔަ ފިރިހެނުންގެ 100 މިޓަރު ދުވުން 10.76 ސިކުންތުން ނިންމައި ރަން މެޑަލް ހޯދާފައެވެ.

އަދި ހަމަ އެ ދުވަހު ކުރިއަށްދިޔަ ފިރިހެނުންގެ 400 މީޓަރުގެ ރޭސް ސާއިދު ކާމިޔާބުކުރީ 49.39 ސިކުންތުންނެވެ. އަދި ހޮނިހިރު ދުވަހު ސާއިދު ވަނީ 21.95 ސިކުންތުން ރޭސް ނިންމައިގެ 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.

ދެން މި މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމަށް ހޮވުނު ޖާއިޝާ ވަނީ މި މުބާރާތުގައި ގައުމީ ދެ ރިކޯޑެއް މުގުރާލާފައެވެ. އެގޮތުން ޖާއިޝާ ވަނީ މި މުބާރާތުގައި 5 މިނެޓު 05.63 ސިކުތުން ރޭސް ނިންމައިގެން 1500 މީޓަރު ދުވުމުގެ ރިކޯޑު އާކޮށްފައެވެ. އަދި ހޮނިހިރު ދުވަހު ޖާއިޝާ ވަނީ 3000 މީޓަރުގެ 16 އަހަރުވީ ރިކޯޑު 11 މިނެތު 15.18 ސިކުންތުން ރޭސް ނިންމައިގެން މުގުރާލާފައެވެ.

މި ފަހަރުގެ މުބާރާތުގައި ޖާއިޝާ ތިން ރަން މެޑަލް ހާސިލުކުރިއިރު، އޭނާ ވަނީ ހޮނިހިރު ދުވަހު ބޭއްވި 800 މީޓަރުގެ ދުވުމުންވެސް އެއްވަނަ ހޯދާފައެވެ. އެ ރޭސް ޖާއިޝާ ނިންމީ 30.30 ސިކުންތުންނެވެ.

މީގެ އިތުރުން ދެން މި މުބާރާތުގައި ކުރިއަށްދިޔަ ފިރިހެނުންގެ 800 މީޓަރުގެ ދުވުން ކާމިޔާބުކުރީ ސާއިދު ސްޕޯޓްސްގެ އަޙްމަދު ވިސާމެވެ. އޭނާ ރޭސް ނިންމީ 2 މިނެޓު 00.89 ސިކުންތުންނެވެ. އަދި 1،500 މީޓަރު ދުވުމުގެ އެއްވަނަ ދިވެހި ސިފައިންގެ ކުލަބުގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) ހޯދީ 21.88 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ގައުމީ ގްރޯން ޕްރީއެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
19 ޖުލައި 2023

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި
18 ޖުލައި 2023

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
26 ޖޫން 2023

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި
27 މެއި 2023

800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި

27 މެއި 2023
800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި
11 މެއި 2023

އިންޓަރ ސްކޫލް އެތުލެޓިކްސް: 47 ސްކޫލަކުން 1500 ދަރިވަރުން ވާދަކުރާނެ

11 މެއި 2023
އިންޓަރ ސްކޫލް އެތުލެޓިކްސް: 47 ސްކޫލަކުން 1500 ދަރިވަރުން ވާދަކުރާނެ
08 އެޕްރީލު 2023

އިންޑިއާގައި މިމަހު އޮންނަ ގްރޯން ޕްރީގައި ވާދަކުރާ އެތުލެޓިކްސް ޓީމު އިއުލާންކޮށްފި

08 އެޕްރީލު 2023
އިންޑިއާގައި މިމަހު އޮންނަ ގްރޯން ޕްރީގައި ވާދަކުރާ އެތުލެޓިކްސް ޓީމު އިއުލާންކޮށްފި
05 ފެބުރުއަރީ 2023

800 އަށްވުރެ ގިނަ އެތުލެޓީނުންނާއެކު އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފުވައްމުލަކު ސިޓީގައި ފަށައިފި

05 ފެބުރުއަރީ 2023
800 އަށްވުރެ ގިނަ އެތުލެޓީނުންނާއެކު އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފުވައްމުލަކު ސިޓީގައި ފަށައިފި
14 ޖެނުއަރީ 2023

އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި

14 ޖެނުއަރީ 2023
އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް