Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލީޑްސް ބަލިކޮށް އާސެނަލަށް ހަތަރުވަނައިގައި ލީޑެއް

ތާވަލުގެ ހަތަރުވަނައިގައި އާސެނަލް އޮތީ 32 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 ޑިސެމްބަރު 2021 | އާދީއްތަ 03:44
ލީޑްސް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ލީޑްސް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށް އާސެނަލުން ތާވަލުގެ ހަތަރުވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ ލީޑްސް އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާސެނަލުން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އަލެކްސަންޑަ ލަކަޒޭޓް ދިން ބޯޅައަކުން އާސެނަލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ގަބްރިއެލް މާޓިނެއްލީއެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ގްރޭނިޓް ޝާކާ ދިން ޕާހަކުން މާޓިނެއްލީ ވަނީ އިތުރު ލަނޑެއް ޖަހައި، އާސެނަލުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެން މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާއެވެ. މި މެޗުގެ ދެވަނަ ހާފުގައި ޕެނަލްޓީއަކުން ރަފިނިއާ ލީޑްސްއަށް ލަނޑެއް ޖަހައިދީފައިވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އެމީލް ސްމިތު ރޯވް ވަނީ އާސެނަލުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި އާސެނަލް އޮތީ ކުޅުނު 18 މެޗުން ލިބުނު 32 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑުން ހޮނިހިރު ދުވަހުގެރޭ ނޮރިޗް ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗު ކޮވިޑް-19 ގެ ސަބަބުން ފަސްކުރިއިރު، އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

ޕްރިމިއަރ ލީގުއާސެނަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު