Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްޓީއޯއިން ކަލަންޑަރު އިފްތިތާހުކުރުން

އެސްޓީއޯއިން 2022 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްފި، ޚާއްސަކޮށްފައިވަނީ ބަހާއި އަދަބަށް

ކޮންމެ މަހަކުވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް އަދަބީ ބަސް ހެދުމަށް ހުޅުވާލާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޑިސެމްބަރު 2021 | އާދީއްތަ 00:08
އެސްޓީއޯގެ ކަލަންޑަރު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

އެސްޓީއޯގެ ކަލަންޑަރު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންނަ އަހަރަށް އުފައްދާފައިވާ ކަލަންޑަރު އިފްތިތާހުކޮށްފިއެވެ.

ކަލަންޑަރު އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިންނެވެ. 2022 ވަނަ އަހަރުގެ ކަލަންޑަރު އެސްޓީއޯއިން ޚާއްސަކޮށްފައިވަނީ ދިވެހި ބަހަށެވެ. ކަލަންޑަރު އިފްތިތާހު ކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމެވެ. އެސްޓީއޯ އިން ދިވެހި ބަސް ދިރުވައި އާލާކުރުމުގެ ތަސައްވުރާއެކު ވަނީ ކުޑަކުދިންނަށް ޚާއްސަ އަދަބީ ބަސް އެކުލެވޭ ފޮތެއްވެސް ތައާރަފުކޮށްފައެވެ. މިފޮތް ނެެރެދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމެވެ.

Advertisement - newsAdvertisement

އެސްޓީއޯއިން ބުނީ އަންނަ އަހަރުގެ ކަލަންޑަރާއެކުވެސް އާންމުންނަށް ކަންތައްތަކެއް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ކޮންމެ މަހަކުވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް އަދަބީ ބަސް ހެދުމަށް ހުޅުވާލާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދަބީ ބަސް ހެދުމަށްފަހު ފޮނުވާ ފަރާތްތަކުގެ މެދުގައި އިނާމު ލިބޭ މީހުން ކަނޑައަޅާއިރު ވަނަ ވަނައަށް އަންނަ މީހުންނަށް ވަރަށް ޚާއްސަ އިނާމުތަކެއް ދޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ކޮންމެ އަހަރެއްގެވެސް ކަލަންޑަރު ޚާއްސަކުރަނީ ވަކި ތީމަކަށެވެ. އެގޮތުން ހިނގަމުންދާ އަހަރުގެ ކަލަންޑަރު ޚާއްސަކޮށްފައިވަނީ ދިވެހި ދިރުމާއި އެސްޓީއޯއަށެވެ. މިތީމުގެ ދަށުން ރާއްޖޭގައި އުޅޭ ޖަނަވާރުތަކާއި މަސްމަހާމެއްސަށް ވަނީ ކަލަންޑަރު ޚާއްސަކޮށްފައެވެ. މިއަހަރުގެ ތީމާ ގުޅިގެންވެސް އާންމުންނަށް އެކި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ. އެކަމަށް ގިނަ ބަޔެއްގެ ސަޕޯޓް ލިބުނުކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
15 އޮކްޓޯބަރު 2025

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި
10 އޮކްޓޯބަރު 2025

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު