Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާގެ އަސްކަރިއްޔާ

އިންޑިއާގެ އަސްކަރިއްޔާ ބޭރުވާން ޖެހޭކަމަށް ނަޝީދު ގަބޫލުކުރައްވާ ކަމަށް ޔާމީން ވިދާޅުވެއްޖެ

18 ޑިސެމްބަރު 2021 | ހޮނިހިރު 07:00

އިންޑިއާގެ އަސްކަރިއްޔާ ބޭރުވާން ޖެހޭކަން ރައީސް ނަޝީދުގެ ޓުވީޓުން ސާފުކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ޑިސެމްބަރު 2021 | ހޮނިހިރު 07:00
ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އިންޑިއާގެ އަސްކަރިއްޔާ ބޭރުވާން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޤަބޫލުފުޅުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކ. ތުލުސްދޫއަށް ވަޑައިގެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާއި ވާހަކަ ދައްކަވާ ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ނަޝީދު ވިދާޅުވެ ކުރެއްވި ޓުވީޓުގައި އިންޑިއާގެ އަސްކަރިއްޔާއޭ ޖަހާފައި ނެތް ކަމަށެވެ. އެހެންކަމުން ޚުދު އެމަނިކުފާނު ވެސް އިންޑިއާގެ އަސްކަރިއްޔާ ބޭރުވާން ޖެހޭކަން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އިންޑިއާގެ އަސްކަރިއްޔާ ބޭރުވާން ޖެހޭ ކަމަށް ރައީސް ނަޝީދު ޓުވީޓުން ސާފުކޮށް އެނގޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އަވައްޓެރި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ އިންޑިއާ ޖެހޭނީ ބޭރުވާން ކަމަށެވެ. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގެ ފަސްގަނޑުގައި ޖާގައެއް ނެތް ކަމަށާއި ވިސްނުމާއި ފިކުރުގެ ގޮތުން ވެސް އިންޑިއާ އާއި ރާއްޖޭ ތަފާތު ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެމީހުން ތިބުމުން ނާމާންކަމާއި ބިރުވެރިކަމުގެ އިހުސާސްވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެން ފެންނަ ނުފެންނަ ކަމަށް ވޯޓެއް ނަގަން ޖެހޭ ކަމަށާއި އެ ވޯޓުން ވެސް ރައްޔިތުން ބޭނުންވާ ގޮތް ސާފުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓުގެ ނަތީޖާއިން އިންޑިއާގެ އަސްކަރިއްޔާ ސައްޕު ޖަހާފައި ބޭރުކުރާނެ ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް އިންޑިއާއިން ބާރު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުތަމު ކުރައްވާ ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ދިވެހިން އިންޑިއާއަށް ބޭސްފަރުވާއަށް ދާ ކަމަށާއި އެއީ އިންޑިއާގެ ދަށުވާން ވީ ސަބަބެއް ނޫން ކަމަށް ވިދާޅުވިއެވެ. ބޭހަށް ނުދެވޭ ކަމަށްވަންޏާ ނުގޮސް ތިބޭނީ ކަމަށާއި އެނޫން ގޮތްތަކެއް ހޯދާނީ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ހިންގާ ކެމްޕޭނުގެ އަޑުފަށްގަނޑު ގަދަވެފައިވާއިރު ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ. އެހެންކަމުން އިންޑިއާ އައުޓޭ ނުބުނެވޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ އައުޓް ކެމްޕޭން ޕީޕީއެމުން ފެށުމަށް ހަމަޖެހިފައިވާއިރު ޕީޕީއެމް އިން ބުނެފައިވަނީ މިއީ މި ހަރަކާތް ފުޅާ ކުރުމަށްޓަކައި ރާއްޖޭގެ ރަށްރަށަށް ރައީސް ޔާމީން ފެއްޓެވުމަށް ތައްޔާރުވެވަޑައިގެންފައިވާ ދަތުރުފުޅުތަކުގެ ފެށުން ކަމަށެވެ.

ރައީސް ޔާމީން ރަށްރަށަށް ފެއްޓެވި މިދަތުރުފުޅުގައި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއިންޑިއާ އައުޓް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
30 އޮކްޓޯބަރު 2024

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
13 އޮކްޓޯބަރު 2024

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ-  ހަނިމާދޫ ކައުސިލްގެ ނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް