Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޫސްޓަރ ޑޯޒު ޖެހުން

އާއްމުންނަށް ބޫސްޓަރ ޑޯޒު ޖެހުން ފަސްވެއްޖެ

ކަނޑައަޅާފައިވާ އަދަދަށް ވެކްސިން ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2021 | ހުކުރު 09:05
ވެކްސިން ދިނުމަށް ތައްޔާރުވަނީ،

ވެކްސިން ދިނުމަށް ތައްޔާރުވަނީ،

އާއްމުންނަށް ކޮވިޑް-19ގެ ބޫސްޓަރ ޑޯޒު ޖެހުން ފަސް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިހާރު ބޫސްޓަރ ޑޯޒު ޖަހައި ދެމުންދަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންނަށާއި، 60 އަހަރުންމަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. މީގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ. ނަމަވެސް މިމަހުގެ 15ން ފެށިގެން ތިން ވަނަ ޑޯޒު އާންމުންނަށް ދޭން ފަށާނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ބޫސްޓަރ ޑޯޒު ޖަހައިދިނުން ލަސްވުމާއި ގުޅޭ ގޮތުން އެޗްޕީއޭގެ އެޕިޑިއަމޮލަޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކަނޑައަޅާފައިވާ އަދަދަށް ވެކްސިން ލިބޭނެ ކަމަށާއި، ބައެއް ސަބަބުތަކާއި ގުޅިގެން ވެކްސިން ލިބުން ލަސްވެދާނެ ކަމަށެވެ. އަދި ވެކްސިން ލިބުމާއެކު، އިތުރު ކެޓަގަރީތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ވެކްސިން ދިނުމާއި ގުޅޭ ގޮތުން 27 ނޮވެމްބަރު 2021 ވީ ހޮނިހިރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އާންމުންނަށް ޑިސެމްބަރު މަހުގެ މެދު ތެރޭގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ކަމަށެވެ. އަދި ބޫސްޓަރ ޑޯޒް ޖެހޭ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު 366،038ށް މީހުން ފުރިހަމަ ކޮށްފައިވެއެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 396،322ށް އަރާފައެވެ. ވެކްސިންގެ ބޫސްޓާ ޑޯޒް ހަމަކުރި މީހުންގެ އަދަދު ވަނީ 21،597ށް އަރާފައެވެ.

ބޫސްޑަރ ޑޯޒް މިހާރު ޖަހައިދެމުންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. ރާއްޖޭގައި މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ފައިޒަރ ވެކްސިނުން އެކަންޏެވެ. ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ދަމަނަވެށިންނެވެ. އެޗްޕީއޭއިން ބުނީ މި ސެންޓަރުތަކަށް ބޫސްޓަރ ޑޯޒް ޖަހަން ދިއުމުގެ ކުރިން އެޕޮއިންޓްމެންޓް ހައްދަން ޖެހޭނެ ކަމަށެވެ.https://book.hpa.gov.mvއިން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ބޫސްޓަރ ޑޯޒް ޖެހޭނީ ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސްދުވަސް ވެފައިވާ ފަރާތްތަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

13 ޖޫން 2017
ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

30 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް: ނަޝީދު

ގާސިމް ހައްޔަރުކުރީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް: ނަޝީދު

21 އެޕްރީލު 2017
މޯޗަރީން ގަބުރެއް ނެރުމުން އެ ސަރަހައްދަށް ވަސް ފެތުރި، ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި

މޯޗަރީން ގަބުރެއް ނެރުމުން އެ ސަރަހައްދަށް ވަސް ފެތުރި، ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި

05 އެޕްރީލު 2017
ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!

ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!

24 މާރިޗު 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު