Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެނގިތިބެ ނުވާކަމަށް ދައްކާ ވެކްސިންގެ ފޭކް ކާޑުގެ ވާހަކަ

ފޭކް ކާޑުތައް ހައްދާކަމަށް އެޗްޕީއޭއިން އެއްބަސްވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2021 | ބުދަ 12:49
ކޮވިޑް-19 ވެކްސިން ކާޑު

ކޮވިޑް-19 ވެކްސިން ކާޑު

ރާޅަކަށްފަހު ރާޅެއް ނަގަމުން އަންނަ އިރު ވެކްސިނަކަށްފަހު ވެކްސިނެއް ޖަހާ ވާހަކަ އަންނަނީ ތަކުރާރު ކުރަމުންނެވެ. ވެކްސިންގެ މުހިންމުކަމާއި އެއިން ކުރާނެ ފައިދާއާއި އެއާއި ނުލާ ނޫޅެވޭނެ ވާހަކައެވެ. ނިއު ނޯމަލްއަކަށް ދެވޭނީ ވެސް ވެކްސިން ޖަހައިގެން ކަމަށެވެ. މިއީ ހުސް ސިއްހީ ޚިދުމަތްތެރިން ކެނޑިނޭޅި ދައްކަމުންދާ ވާހަކައެވެ. ނަމަވެސް އެވެރިންގެ ތެރެއިން ބަޔަކު ގައްދާރުވާ ހިސާބަށް ވެސް ކަންކަން ގޮސްފިއެވެ.

ކޮވިޑަކީ ބަޔަކު މީހުން މުއްސަނދިވާން މެދުވެރި ކަމެކޭ ބުނެއުޅޭ އަޑު އިވެއެވެ. ނަމަވެސް މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ދުނިޔެ ތަޖުރިބާކޮށްފައިވާ އެންމެ ބޮޑު އެއް އާލަމީ ވަބާގައި ހަމަ އެފަދަ ކަމެއް އެވެރިން ކޮށްފާނެތޯ ވެސް އާންމުން ސުވާލު އުފައްދައެވެ. ތެދެކެވެ. ސުވާލު އުފެއްދޭ ވަރަށް ކަންކަން އޮތީ ގޮސްފައެވެ. މީގެ ކުރިން ދެއްކީ އަމިއްލަ ކްލިނިކް ތަކުން 50 ޑޮލަރަށް ކޮވިޑްގެ ނެގެޓިވް އަދި ޕޮޒިޓިވް ނަތީޖާއެއް ވިޔަފާރި އުސޫލުން ވިއްކި ވާހަކައެވެ. އެއީ އެއިރު ރަށްރަށަށް މީހުން ދިއުމަށް މަގުފަހިވާނެ ހަމައެކަނި ގޮތް ކަމުން އެކަމުގެ ފައިދާ ނެގީއެވެ.

ލުއިތައް ލިބޭނީ ހަމައެކަނި މި ދެންނެވި ބަޔަކަށް ކަމަށް އެއިރު ބުނުމުން ދެން އިވެން ފެށީ މާ ނުރައްކާތެރި ވާހަކަތެކެވެ. "50 ޑޮލަރު ދީ އެއިރުން ޕޮޒިޓިވް ނުވިޔަސް ޕޮޒިޓިވް ކޮށްލާނަން. އަދި 14 ދުވަސް ފަހުން ރަށަށް ދެވޭ ގޮތް ވެސް ހަދާފާނަން" މި އިބާރާތުންނެވެ. ކިހިނެއްވާ ކަމެއްތޯ ބަލާލަން ދިމަ ދިމާލުން ކޮންނަން ފެށުމުން ފެނުނީ ޝަހާދަތް ކިޔޭވަރުގެ އަޖައިބުކުރުވާ ކަންކަމެވެ.

ހަމަ 50 ޑޮލަރަށް ޕޮޒިޓިވް ކޮށްލަނީއެވެ. އަދި ކިއެއްތަ އެންމެ 2 ގަޑި އިރު ތެރޭގައި އެކަން ކުރެވެއެވެ. މިދައްކަނީ ޖާދޫގަރަކު ގުޅިއަކުން ނަގާ ކަރުދާސްކޮޅެއްގެ ވާހަކައެއް ނޫނެވެ. މިއީ މާލޭގައި ހުރި ބައެއް އަމިއްލަ ލެބޯޓަރީތަކުން ހިންގަމުން އަންނަ އަޑި ނޭނގޭ ބޮޑު މައްސަލައެއްގެ ވާހަކައެވެ. މި ދެންނެވި 50 ޑޮލަރަކީ ޕީސީއާރު ޓެސްޓް ހަދައިދޭ މީހާ ނުވަތަ ކްލިނިކަށް ވަންނަ ލާރިއެވެ. އެ ކްލިނިކަށް ދިއުމުން ސާމްޕަލް ނަގައި 2 ގަޑި އިރު ތެރޭގައި ޕޮޒިޓިވް ނަތީޖާއެއް ދެއެވެ. ނަމަވެސް އެއީ ހަމައެކަނި ނަމުން ޕޮޒިޓިވްއެވެ. ދެން ޖެހެނީ 14 ދުވަސް ވަންދެން މާލޭގައި މަޑުކޮށްލާށެވެ. އެމީހާ އުޅޭނެހާ ގޮތަކަށް އުޅޭނީއެވެ.

14 ދުވަސް ފަހުން ބަލިން ރަނގަޅުވިކަމުގެ ލިޔުން ލިބުމުން ދެން ފުރައިގެން ދާންވީއެވެ. 50 ޑޮލަރަށް ޕޮޒިޓިވްވެ ރަނގަޅުވެ ރަށަށް ވެސް ދަތުރުކުރެވުނީއެވެ. ނަމަވެސް މިކަމުގެ ނުރައްކާތެރިކަން އޮތީ ކިހާ މިންވަރަކަށް ކަމެއް ވިސްނާ ނުލައެވެ. މަދު ލާރިއެއްގެ އަވައިގައި އަމިއްލަ ލެބޯޓަރީތަކުން މި ކުޅިގަނޑު ކުޅެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނުރައްކާތެރި ހާލަތެއްގައި އަދިވެސް ބައެއް މީހުން ބަލަނީ ޖީބަށް ގިނަކުރެވޭތޯއެވެ.

އަނެއްކާވެސް ވެކްސިން ލިބި އެ މަގު ބަންދުވާ ހިސާބަށް ދިޔައީމަ ދެން މި އިވެނީ ވެކްސިން ނުޖެހިޔަސް ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުން ލިބޭ ވާހަކައެވެ. މިކަން މިފަހަރު ކުރެވެނީ ހަމައެކަނި ކްލިނިކްތަކުން އެކަންޏެއް ނޫނެވެ. ބަލިމަޑުކަމުގައި އެންމެ އިސްދައުރެއް އަދާކުރަން ގާނޫނާއި ގަވާއިދުތަކުން އުފަންކޮށްފައިވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކޮވިޑްގެ ކަންކަން ބަލަހައްޓަން އުފައްދާފައިވާ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތެރެއިން ގުޅިގެން މިކަން މިވަނީ ފަށާފައެވެ.

މިހެން ދަންނަވަން ޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. ވެކްސިން ޕޯޓަލްއާއި ކުޅެ އެއަށް ބަދަލު ގެނެވޭނީ އެޗްޕީއޭ އަދި އެޗްއީއޯސީގެ ޓީމަށެވެ. އެހެންކަމުން މިފަހަރު އެކަން ކުރަނީ އެތާގެ ތެރެއިންނެވެ. އެތަނުގައި އިސްކޮށް އުޅޭ ބައެއް ފަރާތްތަކުންނެވެ. ޒިންމާ އަދާކުރަން ހަވާލުކޮށްފައި ތިބި ޑޮކްޓަރުންގެ ލަގަބާއި ސިއްހީ ޚިދުމަތްތެރިންގެ ލަގަބު އަޅުވައިގެން ތިބި ބައެއްގެ ފަރާތުންނެވެ. އެމީހުންގެ ހިއްސާ އޮންނަ ކްލިނިކްތަކާއި ސެންޓަރުތައް މެދުވެރިކޮށެވެ. ލަދުގެ ކަންފުޅެއް ހަޔާތެއް ވެސް ނެތެވެ. ލާރީގެ ދަހިވެތިކަމުގެ ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކުރަނީއެވެ.

މި ސުވާލު އެޗްޕީއޭއާއި ކުރެވުނެވެ. ފުރަތަމަ ކުރީ ދޮގެވެ. ދެން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މައްސަލަ ބެލުމުގެ މަރުހަލާގައި އޮތުމުން އެކަމުގެ މައުލޫމާތެއް ދޭން އަދި ނެތީ ކަމަށެވެ. ނަމަވެސް ފޭކް ވެކްސިން ކާޑް ލިބިފައި ތިބި މީހުންނާއި އެ އޮފަރތައް ލިބުނު މީހުން އެ ވާހަކަ ދައްކައެވެ.

ވެކްސިން ޖަހަން ފެށުމާއެކު ދިނީ ކަރުދާސް ކާޑެކެވެ. ދެން އެ ކާޑު ޑިޖިޓަލް ކުރެވުނެވެ. އެހިސާބުން ކަރުދާސް ކާޑު އޮތަސް ނެތަސް އޮންލައިންކޮށް ޖެނެރޭޓް ކުރެވޭ ވެކްސިން ކާޑު ދައްކައިގެން ބޭރަށް ދިއުމާއި ރަށްރަށަށް ދިއުމާއި މި ހުރިހާ ކަމެއް ކުރެވެއެވެ. މިހާ ހިސާބުން އެޗްޕީއޭގެ ތެރެއިން ޓިޕްސް ނަގައިގެން މިކަން ކުރަން ފެށިއެވެ. ބޮޑު އާމްދަނީއެއްގެ ގޮތަށް މިކަން ކުރެވެން ފަށައިފިއެވެ.

ފައިސާކޮޅެއް ދިނުމުން ޑިޖިޓަލް ކާޑުން ވެކްސިން ޖެހިކަން ދައްކައިދެއެވެ. އަދި އެ މައުލޫމާތަކީ އެޗްޕީއޭގެ ޑޭޓާބޭސްގެ ތެރެއިން ނޫނީ ނުކުރެވޭނެ ކަމެކެވެ. އެހެންކަމުން މިކަން ވެސް އެތާގެ ތެރެއިން ގައްދާރުވެގެން ބަޔަކު ކުރަމުން އެބަދެއެވެ. މިވާހަކަ އެނގޭ ބަޔަކުވެސް ދަންނަ ބަޔަކު ވެސް އެތަނުގައި ނެތެވެ. މުސްކުޅިން ބުނެ އުޅޭހެން އަތުގައި ހޭކުނިއްޔާ ދަތުގައި ވެސް ހޭކޭނެއެވެ. އެހެންވީމާ ފައިސާކޮޅަކަށްޓަކައި އެނގޭ ކަންކަން ނޭނގޭ ކަންކަމަށް ވެސް ވެދެއެވެ.

ވެކްސިން ނުޖަހާ ބަޔަކު ވެކްސިން ޖެހި ކަމަށް ދައްކަން އެ މީހުންގެ މައުލޫމާތު ޑޭޓާބޭސްއަށް އެންޓާކުރި ކަމުގެ ޝަކުވާ މިހާތަށް ލިބިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ނަމަވެސް މީޑިއާތަކުގައި މިވާހަކަ ވައިގައި ހިއްޕާލާފައިވެއެވެ. އެކަމަކުވެސް އެވެރިންނަކަށް ހަމަ ނޭގެއެވެ. 50 ޑޮލަރަށް ޕޮޒިޓިވް ނަތީޖާއެއް ވިއްކި އިރު ވެސް ވީ މިހެންނެވެ. ޝަކުވާއެއް ނުލިބޭކަމަށް ބުނެ އެކަން ނިންމާލީއެވެ. ނަމަވެސް މިފަހަރު އެތަނުން ބުނީ ފޭކު ކާޑުތަކެއް ހަދައިގެން އުޅޭކަން އެނގޭ ކަމަށެވެ. ނަމަވެސް ބެލޭނެ އިންތިޒާމެއް ވެސް އެޅުނު ފިޔަވަޅެއް ވެސް ނެތެވެ.

ބަލިމަޑުކަމުގެ ތެރެއިން މިކަންކަން ހައްލުވާނީ ކަންކަން ހަރުދަނާ ކުރެވިގެންނެވެ. ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގާ ބަޔަކު މިފަދަކަމެއް ކުރާކަމުގެ އަޑުތައް ފެތުރި އެކަން ކުރިކަން އެނގޭ ހިސާބުން އެމީހުން މަސްއޫލިއްޔަތުން އެކަހެރި ކުރަން ޖެހެއެވެ. ނޫނީ މިއީ ހައްލު ލިބެން އޮތް ކަމެއް ނޫނެނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

05 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

25 ޖެނުއަރީ 2018
ހުޅަނގުން މަލާލާގެ ވާހަކަ ދައްކާފައި، ޢަހަދުގެ ވާހަކަ ނުދައްކަނީ ކިއްވެ؟

ހުޅަނގުން މަލާލާގެ ވާހަކަ ދައްކާފައި، ޢަހަދުގެ ވާހަކަ ނުދައްކަނީ ކިއްވެ؟

02 ޖެނުއަރީ 2018
ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

20 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު