Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލަސީމިއާ ސެންޓަރު

ބޮޑު ހަފްލާ އެއް ބާއްވާފައި ހުޅުވި ތެލެސީމިއާ ސެންޓަރަށް އެއްކޮށް ކަރަންޓު ދެވޭވަރަށް ބެކަޕެއް ނެތް!

9 އޯގަސްޓު 2025 | ހޮނިހިރު 08:45

ސަރުކާރުން ބޮޑު ހަފްލާއެއް ބާއްވައި ހުޅުވި ތެލެސީމިއާ ސެންޓަރަށް އެއްކޮށް ކަރަންޓު ދެވޭވަރަށް ބެކަޕެއް ނެތްކަން އެނގުނީ ހޮނިހިރު ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 އޯގަސްޓު 2025 | ހޮނިހިރު 08:45
ހުޅުމާލެ އޮރެންޖް ހިޔާގެ ބައެއް މަންޒަރުތައް، ވޯޑުގައި ހުރި ބައެއް އެނދުތައް

ހުޅުމާލެ އޮރެންޖް ހިޔާގެ ބައެއް މަންޒަރުތައް، ވޯޑުގައި ހުރި ބައެއް އެނދުތައް

މި ސަރުކާރުން ބޮޑު ހަފްލާ އެއް ބާއްވާފައި ހުޅުވި ތެލެސީމިއާ ސެންޓަރަށް އެއްކޮށް ކަރަންޓު ދެވޭވަރަށް ބެކަޕެއް ނެތްކަން ހާމަވެއްޖެއެވެ.

ހޮނިހިރު ދުވަހު މާލެ ސަރަހައްދުގެ ބޮޑުބަޔަކުން ކަރަންޓު ކެނޑުނު އިރު، ތެލެސީމިއާ ސެންޓަރގައި ކަރަންޓުގެ ބެކްއަޕް އެއް ހަމަޖައްސާފަ ނެތުމުން ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ އެޅުން ވަނީ މެދުކެނޑިފައެވެ. ލޭ އެޅުމުގެ ޚިދުމަތް މެދުކެނޑުނީ ބައެއް މީހުން އެ ޚިދުމަޔް ހޯދުމަށް ސެންޓަރަށް ގޮސް ތިއްބާ ކަން ފާހަގަކޮށްލެވެއެވެ.

Advertisement - newsAdvertisement

ޚިދުމަތް މެދުކެނޑުނު ވަގުތު އެތަނުގައި ހުރި މީހެއްގެ އާއިލާ މީހަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ގޮތުގައި 09:30 ހާއިރު މުޅި މާލެ ސަރަހައްދުން ކަރަންޓު ދިޔަ އިރު އެތަނުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އަދި 10:20 ހާއިރު އަލުން އެތަނަށް ކަރަންޓު ދިން ނަމަވެސް ލޭ އެޅުމުގެ ޚިދުމަތް އެ ވަގުތު ވެސް ނުފެށޭ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އެހެންނަމަވެސް އެތަނުގައި ތިބި މީހުންނަށް ތެލެސީމިއާ ސެންޓަރުން ވަނީ ކަރަންޓް ދިއުމާއި އެކު ބެކަޕް ޖެއްސި ކަމަށް އަންގާފައެވެ. އެހެންނަމަވެސް ބެކަޕުން މުޅި ސެންޓްރަށް ކަރަންޓު ނުދެވޭކަން ހޮނިހިރު ދުވަހު ހިނގި ކަރަންޓް ހިނގުމުގެ ހާދިސާ އާއި އެކު ވަނީ ހާމަވެފައެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ވަނީ ކަރަންޓު ކެނޑުމުން ތެލެސީމިއާ ސެންޓަރުގެ ބެކަޕް ޖެނެރޭޓަރު ޖައްސާފައިވާ ކަމަށާއި ރައްކާކުރާ ލޭގެ ކޮލިޓީ ރަނގަޅަށް ބެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

ކަރަންޓް ކެނޑުނު ވަގުތު ލޭއެޅުން މެދުކެނޑުނުކަން އެ ވަގުތު އެތަނަށް ޚިދުމަތް ހޯދަން ގޮސް ތިބި އާއްމުން ޔަޤީންކޮށްދިން ނަމަވެސް ސަރުކާރުން ދަނީ އެކަން ދޮގުކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ވަނީ ލޭއެޅުމުގެ ޚިދުމަތް މެދު ނުކެނޑޭ ކަމަށް ވިދާޅުވެފައެވެ. ރައްޒާގް ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑުނު ވަގުތު ކްރޮސް މެޗު ހެދުން މެދުކެނޑުނީ 5 ވަރަކަށް މިނިޓަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާހު ކުރީ މޭއި މަހުގެ 26 ވަނަ ދުވަހުއެވެ. ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށްފައި މިވަނީ ތެލެސީމިއާ ސެންޓަރު ހިންގަމުންދިޔަ ދަމަނަވެށި ވަރަށް ބޮޑަށް ބައުވެ، އެތަނުގައި ޚިދުމަތްތައް ނުދެވި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އާއްމު ރައްޔިތުން މުޒާހަރާ ކުރުމާ ގުޅިގެންނެވެ. އަދި އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ސަރުކާރުން ބުނިގޮތުގައި މި ސެންޓަރުގެ ޚިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގަ ތަނަވަސްވެ، ޚިދުމަތް ފޯރުކޮށްދެއްވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެހެންކަމުން އެތަނުގައި ފުލް ބެކަޕް ސިސްޓަމެއް ނެތުމުން އާއްމުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް