Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެލަރޫސްގެ ހާލަތު

ބެލަރޫސްގެ އިދިކޮޅު ލީޑަރުގެ ފިރިކަލުން 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

މިޖަލު ހުކުމަކީ ބެލަރޫސްގައި ފަހުގެ ތާރީޚެއްގައި މީހަކަށް އިއްވި އެންމެ ބޮޑު ޖަލު ހުކުމް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޑިސެމްބަރު 2021 | އަންގާރަ 18:30
އިދިކޮޅު ލީޑަރުގެ ފިރިކަލުން ސަޔާހޭ، ކޯޓުގައި

އިދިކޮޅު ލީޑަރުގެ ފިރިކަލުން ސަޔާހޭ، ކޯޓުގައި

ބެލަރޫސްގެ އިދިކޮޅު ލީޑަރުގެ ފިރިކަލުން 18 އަހަރު ދުވަހަށް ޖަލަށްލާން އެގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ.

އިދިކޮޅު ލީޑަރުގެ ފިރިކަލުން ހައްޔަރުކޮށްފައިވަނީ، މިހާރުގެ ރައީސް އާ ދެކޮޅަށް އިންތިޚާބުގައި ވާދަކުރައްވަން ނިކުންނެވުމުންނެވެ. ކޯޓުން ސަޔާހޭއަށް ޖަލު ހުކުމް އިއްވާފައިވަނީ ސޯޝަލް މީޑިޔާގައި ރުޅިވެރިކަން އުފެއްދުމާއި ގިނަ ބަޔަކު މުޒާހަރާކުރުމަށް ހިތްވަރު ދިނުމުގެ ކުށުގައެވެ. 43 އަހަރުގެ ސަޔާހޭއަކީ ވީޑިއޯ ބްލޮގަރއެކެވެ. ސަޔާހޭއަށް އިއްވި ޖަލު ހުކުމަކީ ބެލަރޫސްގައި ފަހުގެ ތާރީޚެއްގައި މީހަކަށް އިއްވި އެންމެ ބޮޑު ޖަލު ހުކުމެވެ.

މިއާއެކު ސަޔާހޭގެ ސަޕޯޓަރުން ބުނެފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ހަދާފައިވާ، ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާތަކެއްކަމަށެވެ. އިދިކޮޅު ލީޑަރ ސްވިއަތުލާނާގެ ފިރިކަލުން ސަޔާހޭ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ސަޔާހޭ ހައްޔަރުކުރުމުން އެފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާފައިވަނީ ސްވިއަތުލާނާއެވެ.

ސަޔާހޭ ހައްޔަރުކުރުމާއި ގުޅިގެން ބެލަރޫސްގައި ވަނީ އެކަމާއި ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއްވެސް ކޮށްފައެވެ.

ސަޔާހޭއަށް އިއްވި ޖަލު ހުކުމާ ގުޅިގެން ސްވިއަތުލާނާ ވިދާޅުވީ އެއީ އިދިކޮޅު ލީޑަރުންގެ ކިބައިން ބަދަލު ހިފުމަށް ސަރުކާރުން ކުރަމުން އަންނަ ކަމެއްކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
08 ޖޫން 2017

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު