Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެގްނަރ ގްރޫޕްގެ ލީޑަރު

ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން ހުރީ ރަޝިޔާގައި: ބެލަރޫސްގެ ރައީސް

ލުކްޝެންކޯ ވަނީ ޕުޓިން ޔެވްގެނީ މަރާލާފައިވެދާނެ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 ޖުލައި 2023 | ހުކުރު 02:37
ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކްޝެންކޯ

ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކްޝެންކޯ

ރަޝިޔާގެ ކުލީ ސިފައިންގެ ގްރޫޕް ކަމުގައިވާ ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން ހުރީ ރަޝިޔާގައި ކަމަށާއި ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިންވެސް ތިބީ ރަޝިޔާގައި ކަމަށް ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކްޝެންކޯ ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު ވެގްނަރ ގްރޫޕުން ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހިންގި ނާކާމިޔާބު އަސްކަރީ ހަރަކާތް ނިމުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރެއްވީ ލުކްޝެންކޯއެވެ. ވެގްނަރ ގްރޫޕުން ރަޝިޔާގެ ވެރިރަށް މޮސްކޯއާ ދިމާލަށް ޖަހާފައިވާ މިސްރާބު ބަދަލުކޮށްލީ ލޭއޮހޮރުވުމަކަށް ނުދާން ކަމަށް ބުނެއެވެ. އެއީ ބަދަލެއްގެ ގޮތުން ބެލަރޫސް އިން ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިންނާއި ގްރޫޕްގެ ލީޑަރު ޔެވްގެނީ އަށް ހިމާޔަތް ދިނުމެވެ.

ބެލަރޫސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލުކްޝެންކޯ ވަނީ ޕުޓިން ޔެވްގެނީ މަރާލާފައިވެދާނެ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފައެވެ. ހެދި ޑީލާ ގުޅޭގޮތުން ސުވާލުކުރުމުން ލުކްޝެންކޯ ވިދާޅުވީ ޔެވްގެނީ އާއި ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ތިބީ ރަޝިޔާގައި ކަމަށާއި އެމީހުން ބެލަރޫސް އަށް ނައުމަކީވެސް އެކަށީގެންވާކަމެއް ކަމަށެވެ. ނަމަވެސް ބެލަރޫސް އޮތީ ވެގްނަރ ގްރޫޕަށް މަރުހަބާ ކިޔުމަށް ތައްޔާރަށްކަމަށް ލުކްޝެންކޯ ވިދާޅުވިއެވެ.

ލުކްޝެންކޯ ވިދާޅުވީ ޔެވްގެނީ ހުރީ ބެލަރޫސްގެ ސަރަހައްދުގެ ތެރޭގައި ނޫންކަމަށެވެ. ޔެވްގެނީ ހުރީ އޭނާގެ އުފަން ސިޓީ ޕީޓާސްބާރގް ކަމަށާއި ފަހަރެއްގައި ބުރާސްފަތި ދުވަހުގެ ހެނދުނު މޮސްކޯ އަށް އޭނާ ގޮސްދާނެކަމަށް ލުކްޝެންކޯ ވިދާޅުވިއެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން އަންނަނީ ވަރަށް ކައިރިން ޔެވްގެނީގެ ހަރަކާތްތައް ބަލަމުން ކަމަށް ލުކްޝެންކޯ ވިދާޅުވިއެވެ.

ވެގްނަރ ގްރޫޕްގެ އިދިކޮޅު ހަރަކާތް ކުރިޔަށްދިޔައިރު ޕުޓިން އާ ފޯނުން ދެއްކެވި ވާހަކަފުޅުގެ ތެރެއިން ޕުޓިން ޔެވްގެނީ ނައްތާލަން ބޭނުންވާކަމަށް އޭރު ވިދާޅުވިކަމަށް ލުކްޝެންކޯ ވަނީ ވިދާޅުވެފައެވެ. އެފަދަ ގޮތަކަށް ޕުޓިން އަމަލުކުރައްވަފާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ލުކްޝެންކޯ ވިދާޅުވީ އެގޮތަށް އަމަލުކުރުމަށް ބޭނުންވާ މީހުން ކްރެމްލިންގައި ތިބޭނެކަމަށެވެ. ނަމަވެސް އެއާއެކު ރަޝިޔާގެ ތެރޭގައި ދާޚިލީ ހަނގުރާމައެއް ފެށިގެންދާނެކަމަށް ލުކްޝެންކޯ ވިދާޅުވިއެވެ. ލުކްޝެންކޯ ވިދާޅުވީ އެފަދަ ގޮތަކަށް ޕުޓިން އަމަލުނުކުރައްވާނެކަމަށެވެ.

ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ތިބި ތަނަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ލުކްޝެންކޯ ވިދާޅުވީ ހަނގުރާމަވެރިން ތިބީ އެމީހުންގެ ދާއިމީ ކޭމްޕްތަކުގައި ކަމަށެވެ. ވެގްނަރ ގްރޫޕްގެ މައި ކޭމްޕް އޮންނަނީ ރަޝިޔާގެ ދެކުނުގައި ކްރެސްނޮޑާރް ކައިރީގައެވެ.

ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހިންގި ނާކާމިޔާބު ހަރަކާތަށްފަހު ޔެވްގެނީ ދިން 11 މިނެޓްގެ އޯޑިއޯ މެސެޖުގައި ބުނެފައިވަނީ އޭނާގެ ހަރަކާތަކީ ޕުޓިންގެ ވެރިކަން ވައްޓާލުމަށް ހިންގި ހަރަކާތެއް ނޫންކަމަށެވެ. އަދި އެއީ ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގޫ އާއި ޗީފް އޮފް ޖެނެރަލް ސްޓާފް ވެލެރީ ގެރާސިމޮވް އާ ދެކޮޅަށް ހިންގި ހަރަކާތެއްކަމަށެވެ. އެ އޯޑިއޯ މެސެޖަށްފަހު ޔެވްގެނީގެ ބަހެއް އިވިފައެއް ނުވެއެވެ.

ވެގްނަރ ގްރޫޕްގެ މި ހަރަކާތާއެކު ޕުޓިންގެ ބާރު ދަށްވެއްޖެތޯ ކުރެވުނު ސުވާލަށް ލުކްޝެންކޯ ޖަވާބު ދެއްވަން ބޭނުންފުޅެއް ނުވިއެވެ. އަދި ވެގްނަރ ގްރޫޕުން ހިންގި ހަރަކާތުގެ ބޭނުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަން ބޭނުންފުޅުނުވާކަމަށް ލުކްޝެންކޯ ވިދާޅުވިއެވެ. ލުކްޝެންކޯ ވިދާޅުވީ ހާލަތު ދިޔައީ ވަރަށް ބޮޑަށް ސީރިއަސް ވެގެންކަމަށާއި އެހެންކަމުން ވަކި ހިސާބަކުން ބެލަރޫސްގެ ސްޕެޝަލް ފޯރސްވެސް މޮސްކޯ ދިފާއުކުރުމަށް ދާން ތައްޔާރުވިކަމަށެވެ.

ޔެވްގެނީ އާއި ގާތްގުޅުމެއް އޮންނަ ލުކްޝެންކޯ ވިދާޅުވީ ޔެވްގެނީ ގާތު ޕުޓިން އާއި ލުކްޝެންކޯ މޮސްކޯ ދިފާއުކުރައްވާނެކަމަށް ވިދާޅުވިކަމަށެވެ.

ލުކްޝެންކޯ އިތުރަށް ވިދާޅުވީ ޕުޓިން އާއި ޔެވްގެނީ އެކަކު އަނެކަކު ދަންނަތާ 30 އަހަރު ވެއްޖެކަމަށެވެ. އަދި ވެގްނަރ ގްރޫޕަކީ ރަޝިޔާގެ ޖީއާރުޔޫ މިލިޓަރީ އިންޓެލިގެންސް ސަރވިސް އިން އުފެއްދި ގްރޫޕެއްކަމަށާއި އަދި އެއީ ރަޝިޔާގެ އެންމެ ރަނގަޅަށް ހަނގުރާމަ ކުރާ ފައުޖުކަމަށެވެ.

ވެގްނަރ ގްރޫޕް ބެލަރޫސް އަށް ބަދަލުކުރުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ލުކްޝެންކޯ ވިދާޅުވީ އެކަން ނިންމާނީ ކްރެމްލިން އާއި ވެގްނަރ ގްރޫޕުންކަމަށެވެ. އަދި ބުދަ ދުވަހު ޔެވްގެނީ އާއި ފޯނުން ވާހަކަދެއްކެވި ކަމަށާއި ޕުޓިން ވިދާޅުވި ބަސްފުޅުގައި ހިފަހައްޓަވާކަމަށް ޔެވްގެނީ ބުނިކަމަށް ލުކްޝެންކޯ ވިދާޅުވިއެވެ.

ލުކްޝެންކޯ އިތުރަށް ވިދާޅުވީ ވެގްނަރ ގްރޫޕާއި ޔެވްގެނީ ބޭނުންވަނީ އަދިވެސް ރަޝިޔާއަށް މަސައްކަތްކުރުމަށްކަމަށާއި އެމީހުންނަށް ހެދުނު ގޯސް ރަނގަޅުކުރުމަށް ޔޫކްރެއިންގެ އެންމެ އުނދަގޫ ހިސާބުތަކުގެ ކުރީ ސަފުގައި ހަނގުރާމަކުރުމަށް އެމީހުން ބޭނުންވާކަމަށެވެ.

ރަޝިޔާގެ ސްޓޭޓް ޓީވީން ބުދަ ދުވަހު ބުނެފައިވަނީ ޔެވްގެނީ އާ ގުޅޭ ތަހުގީގުކުރިޔަށްދާކަމަށެވެ. ޔެވްގެނީ އާއި ގުޅުންހުރި ބިޒްނަސް ޖެޓެއް ބުދަ ދުވަހު ޕީޓާސްބާރގުން މޮސްކޯ އަށް ދަތުރުކޮށްފައިވެއެވެ. އަދި ބުރާސްފަތި ދުވަހު ރަޝިޔާގެ ދެކުނަށް އެޖެޓް ދަތުރުކޮށްފައިވެއެވެ. ފްލައިޓް ޓްރެކިންގ ޑާޓާ އިން މި ޖެޓް ފަހުން އުތުރަށް ދަތުރުކުރަނިކޮށް ވަނީ ފާހަގަވެފައެވެ.

ޔެވްގެނީ ރަޝިޔާއަށް ހިމާޔަތާއެކު އަނބުރާ އައިސްފިނަމަ ޕުޓިންގެ ބާރުތަކާމެދު ސުވާލު އުފެދެއެވެ. ޕުޓިން ވަނީ އޭޝިޔާގެ ގައުމުތަކުގެ ލީޑަރުން އަރިހު ވެގްނަރ ގްރޫޕްގެ އަސްކަރީ ހަރަކާތާއެކު ރަޝިޔާގެ ރައްޔިތުން މިއިން ދުވަހަކުވެސް އެއްބައިނުވާ މިންވަރަށް އެއްބައިވެފައިވާކަމަށް ވިދާޅުވެފައެވެ.

އަނެއްކޮޅުން ޔެވްގެނީ ހުރިތަނަކާ ގުޅޭގޮތުން އެއްޗެއް ބުނަން ކްރެމްލިން އިން އަންނަނީ ދެކޮޅު ހަދަމުންނެވެ. ޕުޓިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ބުރާސްފަތި ދުވަހު ވިދާޅުވީ ޔެވްގެނީ އުޅޭނޫޅޭ ގޮތް ބަލަމުންނުދާކަމަށާއި އެކަމުގެ ގާބިލުކަމެއްވެސް ނެތްކަމަށާއި އެކަން ކުރަންވެސް ބޭނުންނުވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮން ކޮންގްގެ އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގެންފި

ހޮން ކޮންގްގެ އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގެންފި

01 ޖުލައި 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ބޮޑު ބަލަ ސޭނާ ގްރޫޕްގެ އިސްމީހަކު ލަންކާ ފުލުހުން ހައްޔަރު ކޮށްފި

ބޮޑު ބަލަ ސޭނާ ގްރޫޕްގެ އިސްމީހަކު ލަންކާ ފުލުހުން ހައްޔަރު ކޮށްފި

11 ޖޫން 2017
އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

11 ޖޫން 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު