Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވާގްނަރ ގްރޫޕް

ވާގްނަރ ގްރޫޕުގެ ހަނގުރާމަވެރިން ބެލަރޫސްގެ އަސްކަރިއްޔާއަށް ތަމްރީނު ދެނީ

ވާގްނަރ ގްރޫޕްގެ މެނޭޖްމަންޓާއެކު އަސްކަރީ ތަމްރީނުތައް ހިންގާނެ ގޮތާއި އަސްކަރިއްޔާގެ އެކި ޔުނިޓްތަކުގެ ތަޖުރިބާ ހިއްސާކުރުމާއި ގުޅޭ ރޯޑްމެޕެއް ވަނީ އެކުލަވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޖުލައި 2023 | ހޮނިހިރު 01:44
ވާގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ރަޝިޔާގެ ރޮސްޓޮވް ގައި

ވާގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ރަޝިޔާގެ ރޮސްޓޮވް ގައި

ރަޝިޔާގެ ކުލީ ސިފައިންގެ ގްރޫޕް ވާގްނަރ ގްރޫޕުން ބެލަރޫސްގެ ސިފައިންނަށް އަސްކަރީ ތަމްރީނު ދިނުމަށް އެ ގްރޫޕާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަމަށް ބެލަރޫސް އިން ބުނެފިއެވެ.

ރަޝިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ވާގްނަރ ގްރޫޕުން ހިންގި ނާކާމިޔާބު އަސްކަރީ ހަރަކާތަށްފަހު ބެލަރޫސް އަށް ވާގްނަރ ގްރޫޕު ދިޔުމަށް އޮތީ އެއްބަސްވެފައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ވާގްނަރ ގްރޫޕުގެ ހަނގުރާމަވެރިންނާއި އެގްރޫޕުގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން ވީތަނެއް ސާފެއް ނޫނެވެ.

ބެލަރޫސްގެ ޑިފެންސް މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވާގްނަރ ގްރޫޕްގެ މެނޭޖްމަންޓާއެކު ކައިރި މުސްތަގުބަލެއްގެ ތެރޭގައި އަސްކަރީ ތަމްރީނުތައް ހިންގާނެ ގޮތާއި އަސްކަރިއްޔާގެ އެކި ޔުނިޓްތަކުގެ ތަޖުރިބާ ހިއްސާކުރުމާއި ގުޅޭ ރޯޑްމެޕެއް އެކުލަވާލެވިފައިވާކަމަށެވެ.

ބެލަރޫސްގެ ޑިފެންސް މިނިސްޓްރީން ބެލަރޫސްގައި ތިބީ ވާގްނަރ ގްރޫޕްގެ ކިހާ އަދަދެއްގެ ހަނގުރާމަވެރިންނެއް ކަމެއް ސާފެއް ނުކޮށްދެއެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ހަނގުރާމަވެރިން އަންނާނެކަމެއްވެސް ނުބުނެއެވެ. ނަމަވެސް ކުރިޔަށް ރޭވިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ދެމުންދާނެކަމަށް ވަނީ ބުނެފައެވެ.

ބެލަރޫސްގެ ޑިފެންސް މިނިސްޓްރީން ވަނީ ވާގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ބެލަރޫސްގެ ސިފައިންނަށް ތަމްރީނު ދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމިކޮށްފައެވެ.

ވާގްނަރ ގްރޫޕަކީ 17 މަސްދުވަސްވީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ގްރޫޕެކެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު