Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެގްނަރ ގްރޫޕު

ވެގްނަރ ގްރޫޕު ބެލަރޫސްގައި ތިބުމަކީ ސަރަހައްދަށް އޮތް ނުރައްކަލެއް: ނޭޓޯ

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގު ވިދާޅުވީ މިފަދަ ނުރައްކަލަކުން ސަލާމަތްވުމަށް ނޭޓޯ އޮތީ ތައްޔާރަށް ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޖޫން 2023 | ބުރާސްފަތި 02:02
ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގު ވާހަކަދައްކަވަނީ

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގު ވާހަކަދައްކަވަނީ

ރަޝިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ކުލީ ސިފައިން ކަމުގައިވާ ވެގްނަރ ގްރޫޕުން ހިންގި ނާކާމިޔާބު އަސްކަރީ ހަރަކާތަށްފަހު ވެގްނަރ ގްރޫޕް ބެލަރޫސްގައި ގާއިމުވެ ތިބުމަކީ ސަރަހައްދުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ނޭޓޯގައި ހިމެނޭ އިރުމަތީ ޔޫރަޕްގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެކަމުގެ ސަބަބުން ސަރަހައްދުގެ ދެމިއޮތުމަށް އަސަރުކުރާނެކަމަށް ބުނެ އެގައުމުތަކުން ކަންބޮޑުވުން ފާޅުކުރިނަމަވެސް ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގު ވިދާޅުވީ މިފަދަ ނުރައްކަލަކުން ސަލާމަތްވުމަށް ނޭޓޯ އޮތީ ތައްޔާރަށްކަމަށެވެ.

ދަ ހޭގް ގައި ނޭޓޯގެ ސެކެޓްރީ ޖެނެރަލާއި މެމްބަރު ހަ ގައުމެއްގެ ލީޑަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ކަންބޮޑުވުންފާޅުކުރައްވަމުން ލިތުއޭނިއާގެ ރައީސް ވިދާޅުވީ ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ބެލަރޫސްގައި ގާއިމުވެއްޖެނަމަ އެސަރަހައްދުގެ ހުރިހާ ގައުމަކަށްވެސް އެކަމުގެ ނުރައްކާ އެބައޮތްކަމަށާއި ސަރަހައްދުގެ ސަލާމަތަށް އެކަމުގެ އަސަރުކުރާނެކަމަށެވެ.

ޕޮލެންޑްގެ ރައީސްވެސް އެމޭރުމުން ވާހަކަދައްކަވަމުން ވިދާޅުވީ މިއީ ވަރަށް ސީރިއަސް އަދި ކަންބޮޑުވާކަމެއްކަމަށެވެ. އަދި ދެން ނިންމަންޖެހޭނީ ވަރަށް ވަރުގަދަ ނިންމުންތަކެއްކަމަށާއި އެނިންމުންތައް ވެގެންދާނީ ނޭޓޯއަށް ވަރަށް އުނދަގޫ ކަމެއްކަމަށެވެ.

ރަޝިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ހިންގި ނާކާމިޔާބު އަސްކަރީ ހަރަކާތަށްފަހު ވެގްނަރ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން އަންގާރަ ދުވަހު ވަނީ ބެލަރޫސް އަށް އައިސްފައެވެ. އެއީ ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކްޝެންކޯ މެދުވެރިއެއްގެ ރޯލު އަދާކުރައްވައިގެން ހެއްދެވި ޑީލުގެ ތެރެއިންނެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވިދާޅުވެފައިވަނީ ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިންނަށް ބެލަރޫސްގައި ގާއިމުވެގެން އެމީހުންގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގެ ފުރުސަތުދޭނެކަމަށެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ މިކަމުގެ ސަބަބުން ނޭޓޯއަށް ކުރާނެ އަސަރާއި ގުޅޭގޮތުން އަދި އެއްޗެއް ބުނަން މާއަވަސްކަމަށެވެ. ރަޝިޔާ އަށާއި ބެލަރޫސް އަށް ވަރަށް ސާފު މެސެޖެއްފޮނުވާފައިވާނެ ކަމަށާއި އެމެސެޖަކީ ނޭޓޯގެ މެމްބަރު ކޮންމެ ގައުމެއްގެ ދިފާއުގައި ނޭޓޯ އަބަދުވެސް އޮންނާނެކަމަށާއި ނޭޓޯގެ ސަރަހައްދުގެ ކޮންމެ އިންޗިއެއްގެ ދިފާއުގައިވެސް ނޭޓޯ އޮންނާނެކަންކަމަށެވެ.

މީގެއިތުރުން މިހާރުވެސް އިރުމަތީ ސަރަހައްދުގައި ނޭޓޯގެ އަސްކަރިއްޔާ ގެ ފައުޖުތައް އިތުރުކޮށްފައިވާނެކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި ގެންނަންޖެހޭ ބަދަލުތައް ނޭޓޯގެ ގައުމުތައް ގުޅިގެން ގެންނާނެކަމަށް ސެކެޓްރީ ޖެނެރަލް ވިދާޅުވިއެވެ.

ސެކެޓްރީ ޖެނެރަލް އިތުރަށް ވިދާޅުވީ ޕުޓިން ޔޫކްރެއިން އާ ދެކޮޅަށް ކުރިޔަށްގެންދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާގައި ބައިބައިވުން އުފެދި އެކަން އިތުރަށް ބޮޑުވަމުންދާކަމަށެވެ. ނަމަވެސް ރަޝިޔާގެ ބާރާމެދު އެއްވެސް ހާލެއްގައި ސުވާލު އުފައްދައިގެންނުވާނެކަމަށާއި ޔޫކްރެއިން އަށް ދެމުން އަންނަ ތާއީދާއި އެހީތެރިކަން ދޮނުންމަތީ އަބަދުވެސް ދެމި ތިބެންޖެހޭނެކަމަށް ވިދާޅުވިއެވެ.

ނޭޓޯގައި 31 ގައުމު ހިމެނޭއިރު ޖުލައި މަހުގެ 11ން 12ށް ނޭޓޯގެ ސަމިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބެލަރޫސްވެގްނަރ ގްރޫއްޕުނޭޓޯ

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2025

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
03 ސެޕްޓެމްބަރު 2025

ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
12 ޖުލައި 2025

ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

12 ޖުލައި 2025
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
26 ޖޫން 2024

ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑުވަޒީރު މާކް ރަޓާ

26 ޖޫން 2024
ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑުވަޒީރު މާކް ރަޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު