Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުރުން ބޭރުގައި ޖަލްސާ ބާއްވަނީ

އޭސީސީ މެމްބަރުން ވަކިކުރުމަށް ނިންމައި، ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް އެމްޑީޕީ ޕީޖީން ހުށަހަޅަނީ

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް ނިންމައި، އެކަން މަޖިލީހުގެ ސެކެޓްރޭޓިއަޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޑިސެމްބަރު 2021 | އަންގާރަ 16:38
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޭސީސީގެ މެމްބަރުން ވަކިކުރުމަށާއި ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އެދޭނެކަމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރ, މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމާއި، އޭސީސީ މެމްބަރުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އަންގާރަ ދުވަހުގެ ރޭ ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މިބައްދަލުވުމަށްފަހު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް ނިންމައި އެކަން މަޖިލީހުގެ ސެކެޓްރޭޓިއަޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ރ ގައި ބުނެފައިވަނީ، ދައުރުން ބޭރުގައި ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެހުށަހެޅުމެއް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނެ ގޮތް ހަމަޖައްސައި، އެޖަލްސާއެއް ނުވަތަ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެއެވެ. 14 ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރިޔަށްދަނީ ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައިވަނީ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. އެދުވަހުގެ ބައްދަލުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެޖެންޑާކޮށްފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތައްޔާރުކޮށްފައިވާ, އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޕަރފޯމެންސް އޮޑިޓް ހުށަހެޅުމެވެ. މި ބައްދަލުވުމުގެ އެއްބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ކޮމިޓީ ބައްދަލުވުމަށްފަހު މަޖިލީހުގެ މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ކޮމިޓީން މެމްބަރުން ވަކިކުރަން ނިންމާފައިވާއިރު, އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ, އޭސީސީއަށް ނަތީޖާ ނެރެވޭނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ކަމަށެވެ. އަދި ހަރުދަނާ ރަނގަޅު ގޮތުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮމިޝަން މިނިވަން ތަނެއްގެ ގޮތުގައި ބާއްވަން ޖެހޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އެހެން ބަޔަކު މެމްބަރުކަމާ ހަވާލުވި ނަމަވެސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތްކުރާނެ ޖާގަ ލިބުމާއެކު، ވަސީލަތްތަކާއި، ނިޒާމީ ބަދަލުތައް ގެނެސްގެން ކަމަށެވެ. މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ޝިއުނާ ވިދާޅުވީ, މަސައްކަތްތައް ކުރަމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު