Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލްގެ ބޮޑުވަޒީރު ޔޫއޭއީއަށް

އިސްރާއީލްގެ ބޮޑުވަޒީރު ޔޫއޭއީގެ ވަލީއަހުދާ ބައްދަލުކުރައްވައިފި

14 ޑިސެމްބަރު 2021 | އަންގާރަ 14:34

މިއީ ޔޫއޭއީގެ އެންމެ އިސްވެރިއަކާ އިސްރާއީލްގެ ލީޑަރަކު އާންމުތަނެއްގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޑިސެމްބަރު 2021 | އަންގާރަ 14:34
ޔޫއޭއީގެ ވަލީއަހުދާއި އިސްރާއީލްގެ ބޮޑުވަޒީރު ބައްދަލުކުރެއްވުން

ޔޫއޭއީގެ ވަލީއަހުދާއި އިސްރާއީލްގެ ބޮޑުވަޒީރު ބައްދަލުކުރެއްވުން

އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫއޭއީގެ ވަލީއަހުދު ޝައިޚް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާ ބައްދަލުކުރައްވައިފިއެވެ.

މިއީ ތާރީޚުގައިވެސް، ޔޫއޭއީގެ އެންމެ އިސްވެރިއަކާ އިސްރާއީލްގެ ލީޑަރަކު އާންމުތަނެއްގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ބެނެޓް އަބޫދާބީގެ ވަލީއަހުދާ ބައްދަލުކުރައްވާފައިވަނީ ވަލީއަހުދުގެ އަމިއްލަ ޕެލަސްގައެވެ. ބެނެޓް ޔޫއޭއީއަށް ވަޑައިގެންނެވީ އާދިއްތަ ދުވަހުއެވެ.

ބެނެޓް ގަލްފު ގައުމުތަކަށް ކުރައްވާ މިދަތުރުފުޅު ފައްޓަވާފައި މިވަނީ, އިރާނުގެ ނިޔުކުލިއަރ ޕްރޮގްރާމާ ގުޅިގެން އީރާނާއި ޔޫރަޕްގެ ބޮޑު 3 ބާރުގެ މެދުގައި ވިއެނާގައި ވާހަކަތައް ކުރިޔަށްދަނިކޮށެވެ. ބެނެޓްގެ އޮފީހުން ބުނެފައިވަނީ، ބެނެޓާއީ ވަލީ އަހުދުގެ މި ބައްދަލުކުރެއްވުން ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔަކަމަށެވެ.

ބައްދަލުކުރެއްވުމަށްފަހު ދެގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ގިނަ ދާއިރާތަކެއްގެ މައްޗަށް ދެގައުމުން މަޝްވަރާކޮށްފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މަޝްވަރާކުރި ދާއިރާތަކުގެ ތެރޭގައި ޓެކްނޮލޮޖީ، ތިމާވެށި، ފަތުރުވެރިކަން، އަދި ދެގައުމު ގުޅިގެން ރިސަރޗް އަދި ޑިވެލޮޕްމަންޓް ފަންޑެއް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ދެގައުމުން މިހާރުވެސް ވަނީ ވިޔަފާރީގެ ދާއިރާއިން ގުޅުން ގާއިމުކޮށްފައެވެ.

ނަމަވެސް ބަޔާނުގައި އެންމެ ހައްސާސް ދެ މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ހިމަނާފައެއްނުވެއެވެ. އެގޮތުން އިސްރާއީލާއި ފަލަސްތީނުގެ ގުޅުމާއި، އިރާނުގެ ނިޔުކުލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ބަޔާނުގައި ބުނެފައެއްނުވެއެވެ.

ޔޫއޭއީން ފުރާވަޑައިގަތުމުގެ ކުރިން ބެނެޓް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ސަރަހައްދީ އެކި ކަންކަމާ ގުޅޭގޮތުން ދެގައުމުގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި ސީދާގޮތެއްގައި ވާހަކަތަކެއް ދެކެވިފައިވާކަމަށެވެ. އަދި އިސްރާއީލަށް އެނބުރި ވަޑައިގަންނަވަނީ މެދުއިރު މައްޗަށް ސުލްހަ ގެނައުމުގައި އިސްރާއީލާއި ޔޫއޭއީ ގުޅިގެން ކަންތައްތަކެއް ކުރެވޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ބެނެޓް ވިދާޅުވިއެވެ.

މީގެއިތުރުން ބެނެޓް ވަނީ، އިސްރާއީލަށް ވަޑައިގަތުމަށް ވަލީއަހުދަށް ދައުވަތު ދެއްވާފައެވެ. ވަލީއަހުދު ވަނީ މިދައުވަތު ގަބޫލުކުރައްވާފައެވެ. ނަމަވެސް ވަޑައިގަންނަވާނެ ތާރީޚެއް އަދި ހާމައެއް ނުކުރައްވައެވެ.

ބެނެޓްގެ މިދަތުރުފުޅަކީ އިސްރާއީލާއި ޔޫއޭއީގެ ގުޅުން ގާއިމުކުރިތާ އެއް އަހަރުފަހުން ކުރެއްވި ދަތުރުފުޅެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 ޖޫން 2017

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް