Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ފަންޑް

އައްޑޫ އިކޯ ޓުއަރިޒަމް ޕްރޮޖެކްޓަށް އިންޑިއާއިންދޭ އެހީގެ 3 ވަނަ އިންސްޓޯލްމަންޓް ހަވާލުކޮށްފި

14 ޑިސެމްބަރު 2021 | އަންގާރަ 11:26

މިމަޝްރޫއުގެ ދަށުން މީގެ ކުރިންވަނީ 2 ފަހަރު ފައިސާ ހަވާލުކޮށްފަ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 14 ޑިސެމްބަރު 2021 | އަންގާރަ 11:26
ސިޓީ ސްކޮޔަރ- އައްޑޫސިޓީ ހިތަދޫ

ސިޓީ ސްކޮޔަރ- އައްޑޫސިޓީ ހިތަދޫ

އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ހިންގާ އީކޯ ޓުއަރިޒަމް ޕްރޮޖެކްޓަށް އެ ގައުމުން ދޭ ފައިސާގެ އެހީގެ 3 ވަނަ އިންސްޓޯލްމަންޓް ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

ހޯމަ ދުވަހު ހަވާލު ކުރި ފައިސާގެ ޖުމްލަ އަދަދަކީ 11.4 މިލިއަން ދިވެހި ރުފިޔާއެވެ. މިފައިސާއަކީ އިކޯ ޓުއަރިޒަމްގެ 5 މަޝްރޫއެއް ހިންގަން އިންޑިއާއާއެކު, 2020 ފެބްރުއަރީ 2 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެވޭ އެހީއެކެވެ. މިމަޝްރޫއުގެ ދަށުން އިތުރު 2 އިންސްޓޯލްމެންޓެއްގެ ފައިސާ މީގެ ކުރިން އިންޑިއާއިންވަނީ ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްފައެވެ. އެގޮތުން ޖުލައި 2020 އަދި މާރޗް 2021ގައި 11,496,095.75 ދިވެހި ރުފިޔާ ވަނީ ސަރުކާރާ ހަވާލުކުރެވިފައެވެ. މި މަޝްރޫއަށް މުޅިއެކު 49.2 މިލިއަން އެމެރިކާ ޑޮލަރު، އިންޑިއާގެ އެހީގެ ގޮތުގައި ހަމަޖައްސާފައިވެއެވެ.

Advertisement - newsAdvertisement

އިކޯ ޓޫރިޒަމް މަޝްރޫއުތައް ހިންގަނީ އައްޑޫގެ ފޭދު، މަރަދޫ، ހިތަދޫ އަދި ހުޅުދޫގައެވެ.

މި ޕްރޮޖެކްޓުގެ ދަށުން އައްޑޫގެ 5 ސަރަހައްދެއްގެ މަގުތަކާއި ބީޗު ރީތިކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން، އެސަރަހައްދުތަކުން ދޫކޮށްފައިވާ 63 ބިމުގައި އަޅާ ސިޓީ ހޮޓަލާއި ގެސްޓްހައުސްގެ މަސައްކަތް ފަށަންވާއިރަށް އެ ސަރަހައްދުތަކުގެ މަގުތަކާއި ބީޗުތައް ހަދާނެކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ. ސިޓީ ހޮޓާ އެޅުމަށް ބިން ހަވާލުކޮށް، އަދި އެސަރަހައްދުގެ މަގުހެދުމުގެ މަސައްކަތް، ނިމިގެންދިޔަ ކައުންސިލް ދައުރުގައިވަނީ ބަޔަކާ ހަވާލުކޮށްގެން ފަށާފައެވެ.  

އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ އިކޯޓޫރިޒަމް ޕްރޮޖެކްޓުގެ އިތުރުން އައްޑޫގައި ދަނީ އިންޑިއާގެ އެހީގައި ގޭދޮށު މަސްޕްލާންޓްވެސް ގާއިމް ކުރަމުންނެވެ. އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް (އެޗްއައިސީޑީޕީ)އިން ހިންގާ މި މަޝްރޫއުގެ ދަށުން، އައްޑޫގައި ގޭދޮށު މަސްޕްލާންޓްތައް ގާއިމުކުރަން ހަމަޖެހިފައިވަނީ ހިތަދޫއާއި ހުޅުމީދޫއާއި މަރަދޫގައެވެ. ގޭދޮށު މަސްޕްލާންޓްތަކުގެ މަސައްކަތްވަނީ ކޮންޓްރެކްޓް އުސޫލުން ކުންފުނިތަކާ ހަވާލުވެސްކޮށްފައެވެ. އައްޑޫ ހުޅުމީދޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ "މެކޯ ޕްރައިވެޓް ލިމިޓެޑާ"އެވެ. މަރަދޫ ޕްލާންޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ "ޓްރައިންޑް ޕްރައިވެޓް ލިމިޓެޑާ"އެވެ. އަދި ހިތަދޫގައި މަސް ޕްލާންޓް ހެދުމަށް ހަވާލުވެފައިވަނީ "އެލްނާތު މޯލްޑިވްސް"އާއެވެ.

ހައި އިމްޕެކްޓް މަޝްރޫތައް ހިންގުމަށް އިންޑިއާގެ ސަރުކާރުން 2019ގައި ވަނީ ރާއްޖެއަށް 85 މިލިއަން ރުފިޔާގެ އެހީ ދީފައެވެ. އޭގެ ފަހުން އެ އަދަދުވަނީ 155 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެމްއޯޔޫގެ ދަށުން މިހާރު ވެސް 12 މަޝްރޫއެއް ރާއްޖޭގައި ކުރިއަށް ގެންދެއެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި ހުޅުދޫއާއި، ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމަށް ހިންގާ މަޝްރޫއުތަކާއި، އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ޓޫރިޒަމްގެ ޒޯނުތައް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުތަކާއި، ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއާއި ހަނިމާދޫގައި ގާއިމްކުރެވިފައިވާ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރގައި ސޮއިލް ޓެސްޓިންގ ލެބްއެއް ގާއިމްކުރުމާއި، އައްޑޫ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ އިތުރުން، ހއ. ހޯރަފުށީގައި ހަދާ، ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓްގެ މަސައްކަތެވެ.

"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް" މަޝްރޫއުތަކަކީ އަވަށްޓެރި ގައުމުތަކާއި އިންޑިއާއާ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، އިންޑިއާގެ ތަޖުރިބާ ހިއްސާކުރުމުގެ މަގްސަދުގައި ހިންގޭ މަޝްރޫއުތަކެކެވެ. މިގޮތުން، ނެއިބަރހުޑް ޕޮލިސީގެ ދަށުން މިފަދަ ކަންކަމުގައި ރާއްޖެއަށް އެހީ ފޯރުކޮށްދީ ތަޖުރިބާ ހިއްސާ ކުރުމަކީ އިންޑިއާއަށް ލިބިގެންދާ އުފަލެއްކަމަށް އެގައުމުން ދެކެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް