Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖީން ސީކުއެންސިން

ހުއްދަ ލިބުމާއެކު ޖީން ސީކުއެންސިންއަށް މެޑިފްލެކްސް ތައްޔާރު!

10 ޑިސެމްބަރު 2021 | ހުކުރު 05:17

ފުރަތަމަ ބެޗްގައި 6 ލެބް ޓެކްނީޝަނުން މިކަމަށް ޚާއްސަކޮށް މިހާރު ތަމްރީނު ދީފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 ޑިސެމްބަރު 2021 | ހުކުރު 05:17
މެޑިފްލެކްސްގައި ޖީން ސީކުއެންސަށް ބޭނުންކުރާ މެޝިނެއް

މެޑިފްލެކްސްގައި ޖީން ސީކުއެންސަށް ބޭނުންކުރާ މެޝިނެއް

ސިއްޙީ ނިޒާމު ފުޅާކޮށް ބަލިތައް ދެނެގަތުމަށް ދުނިޔޭގެ ކުރިއަރާފައިވާގައުމުތަކާ ފައި ހަމަ ކުރުމަށް ރާއްޖެއިންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމު ތަކުގައި ދެމުން އަންނަ ފަރުވާތަކާއި، އެ ފަރުވާ ދިނުމުގެ ކުރިން ބަލި ދެނެގަތުމަށްޓަކައި ހަދަން ޖެހޭ ޓެސްޓްތައް ރާއްޖެއިން ހެދޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ސަރުކާރާއި، ސިއްޙީ ޚިދުމަތްދޭ އެހެން ފަރާތްތަކުންވެސް ކުރަމުން އަންނަ މަސައްކަތެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިން ރާއްޖެއިން ލިބެން ނެތް ޚިދުމަތްތައް ތައާރަފް ކުރެވި، އެ ޚިދުމަތައް ތައާރަފްކުރުމަށް މުޅި ސިއްޙީ ދާއިރާ އަތުކުރި އޮޅާލިއެވެ. އެ ބަލި ދެނެގަނެ އެއަށް ފަރުވާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ކުރިން އެއްވެސް ވަރަކަށް ރާއްޖޭގައި ނެތް އިރު އެ ހުރިހާ ވަސީލަތްތަކެއް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގާއިމް ކުރީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެންމެ އާދައިގެ ޕީސީއާރް ޓެސްޓުވެސް ފުރަތަމަ ހަދަން ފެށީ ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވައިގެންނެވެ. އެހެން ނަަވެސް މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ޓެސްޓްވެސް ހެދެއެވެ.

މި ބަލީގެ ވޭރިއަންޓްތައް ފެތުރެން ފެށުމާއެކު އެ ވޭރިއަންޓްތައް ރާއްޖޭގައި އުޅޭ މިންވަރު ދެނެގަތުމަށްޓަކައި ހަދާ ޖީނޯމިން ސީކުއެންސިން ހަދަމުން މިހާރުވެސް އަންނަނީ އިންޑިއާއަށް ސާމްޕަލްތައް ފޮނުވައިގެންނެވެ. މިކަމަށް ގިނަ ވަގުތުތަކަކާއި، ޚަރަދުތަކެއްވެސް ހިނގައެވެ. އެހެންނަަމަވެސް މިދިޔަ ހަފްތާގައި އިވިގެން ދިޔައީ، ރާއްޖެއިން މިހާރު މި ޓެސްޓް ހެދުމަށްވެސް ތައްޔާރުވި ވާހަކައެވެ. އަމިއްލަ ލެބޯޓްރީއެއް ކަމަށްވާ މެޑިފްލެކްސްއިން މިކަމަށްޓަކައި މިހާރުވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

ޖީނޯމިކް ސީކުއެންސިންގ ހެދުމަށްޓަކައި އެކަމަށް ޚާއްސަ ލެބޯޓްރީއެއް ގާއިމްކޮށް އެތަނަށް ބޭނުންވާ މެޝިންތައް ގެނެސް މިހާރުވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. ޖީނޯމިކް ސީކުއެންސިންއަށް ދުނިޔޭގައި އެއްވަނަ ބްރޭންޑް އިލުމިނާސްގެ މެޝިންތައް ގެނެސް އެ ކުންފުނީގެ ޓީމަކުން މިހާރުވަނީ މެޑިފްލެކްސްގެ ލެބޯޓްރީ ހުރީ އެކަމަށް ތައްޔާރަށް ކަމަށް ބުނެފައެވެ. މިހާރު ދެން އޮތީ ބޭނުންވާ ރަސްމީ ހުއްދަ ހެލްތް މިނިސްޓްރީން ލިބުމެވެ. އެ ހުއްދައަށް މެޑިފްލެކްސްއިންވަނީ ޑިސެމްބަރު މަހުގެ 4ވަނަ ދުވަހު އެދިފައެވެ.

މެޑިފްލެކްސް ލެބޯޓްރީގެ ސީނިއަރ ކޮންސަލްޓެންޓް އަދިލެބް ޑިރެކްޓަރ ޝަހީދު މުހައްމަދު ރާއްޖެއެމްވިއަށް ވިދާޅުވީ، އަލަށް ރާއްޖޭގައި މިކަން ފަށާއިރު، އޮގަސްޓް މަހުން ފެށިގެން މިކަމަށް ތައްޔާރުވަމުން އައި ކަމަށެވެ. މިދިޔަހަފްތާގައި މިކަަމަށް ބޭނުންވާ މުވައްޒަފުންވެސް ތަމްރީންކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބެޗްގައި 6 ލެބް ޓެކްނީޝަނުން މިކަމަށް ޚާއްސަކޮށް މިހާރު ތަމްރީނު ދީފައިވާ ކަމަށެވެ.

މެޑިފްލެސްއިން މި ޚިދުމަތް ދިނުމަށް ތައްޔާރުވާން ފެށީ، މިއީ ރާއްޖެއަށް މުހިއްމު ޚިދުމަތެއް ކަމަށް ފެންނާތި ކަމަށް ޝަހީދު ވިދާޅުވިއެވެ. ޖީން ސީކުއެންސިންގެ ނަތީޖާ 48 ގަޑިއިރުތެރޭގައި ރާއްޖެއިން ލިބެންހުރުމަކީ މިކަމަށް މިހާރު ހޭދަކުރަންޖެހޭ ވަގުތު މަދުވެ، ކުރަންޖެހޭ ޚަރަދުވެސް ކުޑަވެގެންދާނެ ކަމެއް ކަމަށް ޝަހީދު ވިދާޅުވިއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާގައި މުޅިން އައު ހަރުފަތަކަށް އަރާއިރު، މެޑިފްލެކްސްއިން މިކަން ތައާރަފް ކުރެވުމަކީ އެކަމަށްޓައި އެ ޓީމުން ފަޚުރުވެރިވާ ކަަމެއް ކަމުގައި ޝަހީދު ފާހަގަކުރެއްވިއެވެ.

ޖީން ސީކުއެންސްއިން އެ މީހެއްގެ ގައިގައި ހުރި މުޅިން އައު ކަންކަން ފެނިގެންދާއިރު، މިއީ ކޮވިޑް ނޫން ބަލިތަކަށްވެސް މުހިއްމު ޓެސްޓެކެވެ. ބަލީގެ އަލާމާތްތައް ބޭރު ފުށުން ފެނުމުގެ ކުރިން ބަލި ދެނެގަނެ އެއަށް ފަރުވާ ދިނުމަށް ފެށިގެންދާނެއެވެ. އަދި ކުއްޖާ އުފަން ވުމުގެ ކުރިންވެސް ކުއްޖާގެ ހުރި ބަލިތައް ދެނެގަނެވޭނެއެެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 މެއި 2021

ތިން ދަރިން ހޯދުމުގެ ހުއްދަ ދިނަސް ޗައިނާގެ ގިނަ ރައްޔިތުން އެގޮތް ބޭނުމެއްނުވޭ

31 މެއި 2021
ތިން ދަރިން ހޯދުމުގެ ހުއްދަ ދިނަސް ޗައިނާގެ ގިނަ ރައްޔިތުން އެގޮތް ބޭނުމެއްނުވޭ
20 މާރިޗު 2021

ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

20 މާރިޗު 2021
ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!
06 ޖޫން 2020

''ހުއްދަ އަށް އެދުނީ އުއްމީދު ކަނޑާލުމުން، ހުއްދަ ދިނީ ނިޔާވި ފަހުން''

06 ޖޫން 2020
''ހުއްދަ އަށް އެދުނީ އުއްމީދު ކަނޑާލުމުން، ހުއްދަ ދިނީ ނިޔާވި ފަހުން''
29 އެޕްރީލު 2020

އަބްދުﷲ ރިޔާޒް ހެއްދެވީ ދޮގު! މާލެ ވަޑައިގަތީކީ އެޗްޕީއޭގެ ހުއްދައާއި ނުލައި!

29 އެޕްރީލު 2020
އަބްދުﷲ ރިޔާޒް ހެއްދެވީ ދޮގު! މާލެ ވަޑައިގަތީކީ އެޗްޕީއޭގެ ހުއްދައާއި ނުލައި!
30 މާރިޗު 2020

ލުބްނާނުގެ ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު ހީވެފައި

30 މާރިޗު 2020
ލުބްނާނުގެ ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު ހީވެފައި
14 މާރިޗު 2020

ގެދޮރު ގެއްލިފައިވާ ރެފިއުޖީންގެ ހާލު ބަލާލަނީ ކާކު؟

14 މާރިޗު 2020
ގެދޮރު ގެއްލިފައިވާ ރެފިއުޖީންގެ ހާލު ބަލާލަނީ ކާކު؟
19 ޖޫން 2018

ވާރލްޑް ކަޕު ބެލުމަށް އަނބިމީހާ ހުއްދަ ނުދިނުމުން މެކްސިކޯގެ ރައްޔިތަކު މެޗް ބެލިގޮތް ވަރަށް ތަފާތު!

19 ޖޫން 2018
ވާރލްޑް ކަޕު ބެލުމަށް އަނބިމީހާ ހުއްދަ ނުދިނުމުން މެކްސިކޯގެ ރައްޔިތަކު މެޗް ބެލިގޮތް ވަރަށް ތަފާތު!
26 އޮކްޓޯބަރު 2017

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!
29 ސެޕްޓެމްބަރު 2017

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!
12 ޖޫން 2017

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް