Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާގައި ތިން ކުދިން ހޯދުމުގެ ހުއްދަ ދިނުން

ތިން ދަރިން ހޯދުމުގެ ހުއްދަ ދިނަސް ޗައިނާގެ ގިނަ ރައްޔިތުން އެގޮތް ބޭނުމެއްނުވޭ

އެންމެ ގިނަވެގެން ހޯދޭނީ 2 ދަރިން ކަމަށް ކަނޑައެޅީ 2016 ވަނަ އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 މެއި 2021 | ހޯމަ 20:35
ޗައިނާގެ ކުޑަކުދިންތަކެއް

ޗައިނާގެ ކުޑަކުދިންތަކެއް

ކޮންމެ ދެމަފިރިއަކަށްވެސް 3 ދަރިން ހޯދުމުގެ ހުއްދަ ޗައިނާ ސަރުކާރުން ދީފިއެވެ. މީގެ ކުރިން ޗައިނާގެ ކޮންމެ ދެމަފިރިއަކަށްވެސް ހުއްދަ ދީފައިވަނީ ގިނަވެގެން 2 ހޯދުމަށެވެ. މިގޮތަށް ކަނޑައަޅާފައި މިވަނީ، އުފަންވާ ރޭޓް މާބޮޑަށް ދަށަށްދާކަމަށް ފާހަގަކުރެވިގެން ކަމަށް ޗައިނާ ސަރުކާރުން ހާމަކުރެއެވެ.

ޗައިނާގެ އާބާދީ ކޮންޓްރޯލްނުވާ ވަރަށް މައްޗަށް ދާންފެށުމުން، އޭރު ކަނޑައެޅި ސިޔާސަތު ބުނާގޮތުން، ކޮންމެ ދެމަފިރިއަކަށްވެސް ހޯދޭނީ އެންމެ ދަރިއެކެވެ. އެސިޔާސަތު ބަދަލުކޮށް، 2 ދަރިން ހޯދޭގޮތަށް ބަދަލު ގެނައީ 2016 ވަނަ އަހަރުއެވެ. އެއީ ޒުވާނުންގެ އާބާދީ މަދުވެ އެގައުމުގެ އިގްތިޞާދަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެކަމަށް ބެލެވޭތީއެވެ. ނަމަވެސް ކުދިން ހޯދާ އެކުދިންގެ ކިޔެވުމާއި، ސިއްހީ ކަންކަމާއި، އަދި މިނޫންވެސް ކަންކަމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުކަމުން ގިނަ މީހުން ދެ ކުދިން ހޯދަންވެސް ބޭނުމެއް ނުވެއެވެ.

އެހެން އެކަން އޮއްވާ ތިން ކުދިން ހޯދުމުގެ ހުއްދަ ސަރުކާރުން ދިނުމާއެކު، ކުދިން ބޮޑެތި ކުރުމުގައި ކުރަންޖެހޭ ހޭދަތަކުގެ ވާހަކަތަކާއެކު އެކަމުގެ ކަންބޮޑުވުން އަނެއްކާވެސް ވަނީ ފާޅުކުރަން ފަށާފައެވެ.

އެކަމާއި ގުޅިގެން ޗައިނާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ސިޔާސަތަށް ބަދަލު ގެނައުމާއެކު ކުރިޔަށް އޮތްތަނުގައި ޗައިނާގެ އާބާދީ އަށް އަންނާނެ ބަދަލުތައް ދެނެގަނެ، މުސްކުޅިވަމުން އަންނަ އާބާދީއަށް އެހީތެރިކަން ދޭނެ ގޮތްތަކެއް އެކުލަވާލާނެކަމަށެވެ. އަދި މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނާނެކަމަށެވެ. އޭގެ ތެރޭގައި ތައުލީމަށް މިހާރު ހޭދަކުރަންޖެހޭ އަދަދު ދަށްކުރުމާއި، ޓެކްސް އާއި، ބޯހިޔާވަހިކަމަށް ހުރި ދަތިތައް ހަައްލުކުރުމާއި، އަދި ވަޒީފާ އަދާކުރާ އަންހެނުންނަށް ހުރި ގޮންޖެހުންތަކަށް ގާނޫނީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުން ހިމެނެއެވެ.

2020 ވަނަ އަހަރު ޗައިނާގައި އަލަށް ކުދިން އުފަންވާ ރޭޓް ހުރީ ކޮންމެ އަންހެނަކަށް 1.3 ކުޑަކުދިންނެވެ.

ޗައިނާގެ ސޯސިއޮލޮޖިސްޓެއް ކަމުގައިވާ ޔީފެއި ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނެފައިވަނީ މީހުން ކުދިން ނުހޯދާ ތިބެނީ ދެ ކުދިން އެކަނި ހޯދަން ޖެހިގެން ނޫންކަމަށެވެ. ނަމަވެސް ކުދިން ބެލުމުގައި ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުންނާއި، ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި، މިފަދަ ކަންކަމަށް ކުރަންޖެހޭ ހޭދަތައް އަތްނުފޯރާ ހިސާބުގައި ހުރުމުން ކަމަށެވެ.

ތިން ކުދިން ހޯދުމަށް ތައްޔާރުތޯ ބެލުމަށް، ޒިންހުއާއިން ނެގި ޕޯލެއްގެ ނަތީޖާ ދައްކާގޮތުގައި، ޕޯލުގައި ޖަވާބުދިން 31،000 މީހުންގެ ތެރެއިން 29،000 މީހުން ބުނެފައިވަނީ ތިން ކުދިން ހޯދުމަށް ދުވަހަކުވެސް ނުވިސްނާނެ ކަމަށެވެ.

އުމުުރުން 30 އަހަރުގެ ޒެންގ ޒީނިޔުގެ މިހާރު އެއް ކުއްޖަކު ހުރެއެވެ. ސިޔާސަތަށް ގެނައި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަމުން ޒީނިޔު ބުނީ ކުދިން ބޮޑެތި ކުރުމުގެ ހުރިހާ ޒިންމާތަކެއް ނަގަނީ އަންހެނުން ކަމަށެވެ. އަދި އަންހެނުންނަށް އެކަން ކުރުމުގެ މާބޮޑު އެހީތެރިކަމެއް މުޖުތަމައުގެ ތެރެއިން ނުލިބޭ ކަމަށް ޒީނިޔު ބުންޏެވެ.

އެއް ކުއްޖަކު ބަލަމުން އަންނަ އުމުރުން 30 އަހަރުގެ ގެން ޔުއަންގ ބުނީ މިހާރު ޒުވާނުން ދިރިއުޅުމަށްޓަކައި ޖެހެނީ ގެ ގަންނަން ކަމަށެވެ. އެއާއެކު ދަރިއެއް ލިބުމަށްފަހު އެކުދިންގެ ކިޔެވުމާއި އެހެނިހެން ކަންތައްތަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑު ކަމުން އެ ޕްރެޝަރު ނަގަން ބޭނުންނުވާކަމަށް އޭނާ ބުންޏެވެ.

ޔުނިވަރސިޓީ އޮފް ހޮންގ ކޮންގ ގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޖޭން ޕީއަރް ބުނީ، ތިން ކުދިން ހޯދާ ދެމަފިރިންނަށް ޚާއްސަ އެލަވަންސެއް ފަދަ އެއްޗެއް ސަރުކާރުން ނުދޭހާ ހިނދަކު އެކަން ވުމަކީ ނާދިރު ކަމެއްކަމަށެވެ.

ކޮމަރޒް ބޭނުންކުގައި މަސައްކަތްކުރާ ސީނިއަރ އެކޮނޮމިސްޓެއް ކަމުގައިވާ ހާއޮ ޒުއާގެ ވާހަކަވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. މިހާރު އަމަލު ކުރަމުން އަންނަ، ދެކުދިން ހޯދުމުގެ ސިޔާސަތަކީވެސް ކިހާ ކާމިޔާބު ސިޔާސަތެއްތޯ ބަލަންޖެހޭ ކަމަށް ހާއޮ ބުންޏެވެ.

އަނެއް ބަޔަކު ދެކޭގޮތުގައި އާބާދީ އިތުރުކުރުމަށްޓަކައި، ގިނަ ދަރިން ހޯދުމުގެ ހުއްދަ ދިން ނަމަވެސް އަސްލު މައްސަަލަތައް ހުރީއެވެ. ވަކިން ޚާއްސަކޮށް، ދަރިން ބެލެހެއްޓުމުގެ ޚަރަދުތައް ބޮޑުކަމާއި، ދަރިން ތިބޭ އަންހެނުންނަށް ވަޒީފާ ދިނުމުގައި ގެންގުޅޭ ބޮޑެތި ތަފާތުކުރުންތަކެވެ. މިކަންކަމަށް ހައްލު ނާންނަނީސް އާބާދީ އިތުރުވެގެން ނުދާނެކަމަށް އެމީހުން ދެކެއެވެ.

އަދި ރަށްފުށުގެ ހިސާބުގައި އުޅޭ މީހުންނަށް ތިން ކުދިން ހޯދުމުގެ ފުރުސަތު އެބައޮތްކަމަށް ކަމަށްވެސް އެމީހުން ދެކެއެވެ.

ކޮންމެ ދިހަ އަހަރަކުން އެއް އަހަރު ޗައިނާގައި ކުރިޔަށް ގެންދާ ބޯހިމެނުމަށް ބަލާއިރު 1950 ގެ ފަހުން ޗައިނާގެ އާބާދީ އެންމެ ލަހުން ކުރިއަރާފައިވަނީ ފާއިތުވި ދިހަ އަހަރުއެވެ. އަނެއްކޮޅުން، ބޮޑު އާބާދީއެއް މުސްކުޅި ވަމުން އައުމާއި، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް މަތިވަމުން އަންނައިރު، އާބާދީ އިތުރުކުރުމުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ފެށީ މާލަހުން ކަމަށް އެކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އިކޮނޮމިސްޓެއް ކަމުގައިވާ ޝުއަންގ ޑިން ވިދާޅުވީ މި ސިޔާސަތަށް ބަދަލު ގެންނަންޖެހޭނީ މީގެ ފަސް އަހަރު ކުރިންކަމަށެވެ. ނަމަވެސް ދުވަހަކު އެކަން ނުވުމަށްވުރެ، ލަހުން ނަމަވެސް މި ސިޔާސަތަށް ބަދަލު އައުމަކީ ރަނގަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުވެސް ތިން ވަނަ ކުއްޖަކު ހޯދައިގެން، ޗައިނާގައި 20،440 ޑޮލަރުން ޖޫރިމަނާކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން އެނގެން އެބަހުއްޓެވެ.

ޗައިނާއިން ބުނެފައިވަނީ ރިޓަޔަރ ކުރެވޭ އުމުރަށްވެސް ބަދަލު ގެންނާނެކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

ޗައިނާގެ އާބާދީ ކޮންޓްރޯލުން ނައްޓައިގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައި، އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތު ގެންގުޅެން ފެށީ 1979 ވަނަ އަހަރުއެވެ. އެ ސިޔާސަތުގެ ދަށުން އާބާދީ ކޮންޓްރޯލް ކުުރުމުގައި ޗައިނާއިން ކާމިޔާބީ ތަކެއް ހާސިލްކުރިއެވެ. ނަމަވެސް ގިނަ ބަޔަކު ބޭނުންވީ ފިރިހެން ކުދިންނެވެ. އެކަމުގެ ސަބަބުން އަންހެނުންނާއި ފިރިހެނުންގެ އާބާދީގައި ބޮޑެތި ފަރަގުތަކެއް އައެވެ.

ތިން ކުދިން ހޯދުމުގެ ހުއްދަ ދިނުމާއެކު މުއްސަނދިންނަށް އިތުރު ކުދިން ހޯދުމުގެ ފުރުސަތު ފަހިވެގެން ގޮސްފިކަަމަށް އެމީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު