Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެޗްޕީއޭއިން ހުއްދަ ނުދިން މައްސަލަ

''ހުއްދަ އަށް އެދުނީ އުއްމީދު ކަނޑާލުމުން، ހުއްދަ ދިނީ ނިޔާވި ފަހުން''

އެޗްޕީއޭ އަށް ބޮޑެތި ތުހުމަތުތަކެއް ކުރޭ

ރާއްޖެ އެމްވީ | 6 ޖޫން 2020 | ހޮނިހިރު 13:09
މާލޭގެ މަގެއްގެ މަތީގައި އެމްބިއުލާންސެއް ހަރަކާތްތެރިވަނީ

މާލޭގެ މަގެއްގެ މަތީގައި އެމްބިއުލާންސެއް ހަރަކާތްތެރިވަނީ

އައްޑޫ ސިޓީ ހިތަދޫގައި, މަރުބަލީ ގައި އޮތް މަންމައެއް ގާތަށް ޒިޔާރަތް ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ އެދުމުން ހުއްދަ ދިނުން ލަސްވި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ނިންމައިފި އެވެ.

އައްޑޫ ސިޓީ ހުޅުދޫ އަށް ނިސްބަތްވާ މުހައްމަދު ރާމިޒްގެ މަންމަ އަކީ މީގެ ކުރިން ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އުމުރުން 88 އަހަރުގެ ރާމިޒްގެ މަންމަގެ ހާލު، ނިމިގެންދިޔަ ރޯދަ މަހުގެ ފަހު ދިހައިގެ ތެރޭގައި ގޯސްވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދިނެވެ. ވެންޓިލޭޓަރުން ނެގުމަށް ފަހު ވޯޑުގައި ފަރުވާދެމުން ދަނިކޮށް އަނެއްކާވެސް އޭނާގެ މަންމަގެ ހާލު ކުއްލި އަކަށް ގޯސްވެ ޑޮކްޓަރުން އުއްމީދު ކަނޑާލި އެވެ.

މާލޭގައި ދިރިއުޅެމުންދާ ރާމިޒް އޭނާގެ ކޮއްކޮ އާއި އެކު، މަންމަ ގާތަށް ޒިޔާރަތް ކުރަން އެދި ޖޫން މަހުގެ ތިން ވަނަ ދުވަހު އެޗްޕީއޭ އަށް މެއިލް އެއް ފޮނުވި އެވެ. ރާމިޒްގެ އުދާސްތައް ޓްވިޓަރ އަށް ބަންޑުންކޮށްލީ އެޗްޕީއޭއިން އިން އެ މެއިލް އަށް ދިން ޖަވާބާއި އެކު އެވެ.

ހަމަ އެ ދުވަހުގެ ހަވީރު އެޗްްޕީއޭގެ ލީގަލް ޓީމުން ފޮނުވާފައިވާ މެއިލް ގައި ބުނެފައިވަނީ މާލެއިން ކޮމިއުނިޓީ ސްޕްރެޑެއް ފެނި ކޮވިޑް-19 އިތުރަށް ފެތުރެމުންދާތީވެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި ދަތުރުކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

އެޗްޕީއޭއިން ދިން ޖަވާބުގައި އެންމެ ތަފްސީލުކޮށް މައުލޫމާތު ހިމަނާފައި ނުވާތީވެ ރާމިޒް ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް އެޑްރެސްކޮށް އިތުރު ސިޓީއެއް ފޮނުވާފަ އެވެ.

ސިޓީގެ ޖަވާބުގެ ބަދަލުގައި ރާމިޒް ބުނި ގޮތުގައި ގުޅުއްވީ އެޗްޕީއޭގެ ބޭފުޅެކެވެ. ލިޔުމަކުން ސަބަބު ބަޔާންކޮށްދިނުމަށް އެދުމުން އެ ބޭފުޅާ އެކަމަށް އުޒުރުވެރިވި ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ރާމިޒް ބުންޏެވެ.

މަަރުބަލީގައި އޮތް މަންމަ ދެކިލަން ނުދެވި ހުއްޓާ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި އޭނާގެ މަންމަ ވަނީ ނިޔާވެފަ އެވެ. ހުއްދަ ދެވުން ލަސްވި ކަމަށްޓަކައި މާފަށް އެދެމުން މަންމަގެ މޫނު ބަލަން އައްޑޫ އަށް ދިޔުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ މެއިލަކުން ދީފަ އެވެ.

ރާމިޒް ސިފަކުރާ ގޮތުން އެޗްޕީއޭއިން އަމަލުކޮށްފައިވަނީ ވަރަށް ރަހުމްކުޑަ ގޮތަކަށެވެ. އޭނާ ބުނީ، މަންމައާ އެކު އެއް ވޯޑެއްގައި އޮތް އެހެން މީހަކަށް ދިޔުމުގެ ފުރުސަތު ލިބުނުއިރުވެސް މާލޭގައި ތިބި ރާމިޒްގެ އާއިލާގެ މީހުންނަށް އެ ހުއްދަ އެއް ނުދިނެވެ.

މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީން ގުޅާލުމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވިދާޅުވީ، އެކަން ހިނގައި ދިޔަގޮތް ބެލުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ. ރާމިޒްގެ އާއިލާ އަށް ހުއްދަ ލިބުން ލަސްވި ސަބަބު ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ހޮނިހިރު ދުވަހު ހުށައަޅާނެ ކަމަށް އެ އާއިލާއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

09 މާރިޗު 2018
އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!

އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!

17 ފެބުރުއަރީ 2018
އެސްއީޒެޑް: ހަގީގަތަކަށް ނުވި ހޮޅި އުއްމީދު!

އެސްއީޒެޑް: ހަގީގަތަކަށް ނުވި ހޮޅި އުއްމީދު!

16 ނޮވެމްބަރު 2017
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު