Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ރާއްޖެއިން ފެނުނު އޮމިކްރޯން ކޭހަކީ ނޮވެމްބަރ 21ގައި ދެކުނު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއެއް

ރާއްޖެ ހިމެނޭހެން، 46 ގައުމަކުން މިވޭރިއަންޓް ފެނިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޑިސެމްބަރު 2021 | ހޯމަ 13:53
ރެންޑަމް ސާމްޕަލް ނެގުން

ރެންޑަމް ސާމްޕަލް ނެގުން

ރާއްޖެއިން ފެނިފައިވާ އޮމިކްރޯން ކޭހަކީ ދެކުނު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21ގައި ޒިޔާރަތްކޮށްފައިވާ ފަތުރުވެރިއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިކޭހުގެ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުންނެވެ. ޖިނޯމިކް ސިކުއެންސިންގ ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓުކުރަމުންނެވެ. އެޗްޕީއޭން ބުނީ ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހަދާފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓް ކަމަށެވެ.

ޑަބްލިޔުއެޗްއޯއިން، އޮމިކްރޯން ވޭރިއަންޓަކީ "ވޭރިއަންޓް އޮފް ކޮންސަރން"ގެ ގޮތުގައި ކަނޑައަޅާފައިވަނީ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ. މިވޭރިއަންޓް ފެނިގެން ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރ މަހުގެ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައެޅުމުން، ރާއްޖެއިން ފިޔަވަޅު އަޅާފައިވަނީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުގެ މެންދަމު 12:00ން ފެށިގެންނެވެ. އެގޮތުން ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާބްވޭ އަދި އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން (ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ނުހިމެނޭ ގޮތަށް) އެތެރެވުން ހުއްޓައިލުމާއި، ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި، 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާބުވޭ އަދި އެސްވަޓީނީގައި އުޅެފައިވާ (12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ހިމެނޭގޮތަށް) ރާއްޖެ އަންނަ ދިވެހިންނާއި ވަރކް ވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެއެވެ. އަދި މިފަދަ ފަރާތްތައް ކަރަންޓީނުން ރިލީޒްކުރެވޭނީ 14 ދުވަސް ހަމަވުމުން، ކޮވިޑު-19އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށާއި، މި އިއުލާނަށް އަމަލުކުރަން ފަށާއިރު، ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާވޭ، އަދި އެސްވަޓީނީން ދިވެހިރާއްޖެއަށް ދަތުރު ފަށާފައިވާ ފަރާތްތަކުންނާއި، ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި މި ގައުމުތަކުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ މީހުން މިވަގުތު ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ 14 ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން، 14 ދުވަސް ފުރިހަމަ ވުމުން އިތުރު ޕީ.ސީ.އާރް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަ ކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީސީއާރް ޓެސްޓެއް ވެސް ހަދަން ޖެހޭނެ ކަމަށެވެ.

ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނުމާގުޅިގެން އެޗްޕީއޭއިން ވަނީ، ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ބަލި ފެތުރުން ކޮންޓްރޯލުކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް އެޗްޕީއޭން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އައު ވޭރިއަންޓެއްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެތުރުން އިތުރުވެކޮވިޑް-19ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށް އެޗްޕީއޭން ބުނެއެވެ. އަދި ބަލިން ރައްކާތެރިވުމަށާއި ބަލި ޖެހިއްޖެނަމަ ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

- މާސްކް އެޅުން، ގައިދުރުކަން ބެހެއްޓުން، އަތް ސާފުކުރުން

- ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫ ކްލިނިކަށް ދައްކައި ޓެސްޓުކުރުން، އަދި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަހެރިވުމާއި، ކޮންޓެކްޓުން ރަނގަޅުގޮތުގައި ކަރަންޓީނުވުން

- ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސަރވެއިލަންސަށް ސާމްޕަލް ދިނުމުގައި އެއްބާރުލުން ދިނުން

- އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާ އަތް ޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން

- ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކަށް އަމަލުކުރުން

- އެކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން

- ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތައް ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމާއި، ބޫސްޓަރ ޑޯޒްޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތައް ބޫސްޓަރ ޑޯޒް ޖެހުން

އެޗްޕީއޭން ބުނީ، ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

މީގެއިތުރުން މި ވޭރިއަންޓާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭ މައުލޫމާތު އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުން ދާއިރު، މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގައި ބަލި ފެތުރުން އިތުރުވަމުންދާ ކަމުގައިވެސް މައުލޫމާތު ލިބެމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. މިހާތަނަށް ރާއްޖެއާއެކު 46 ގައުމަކުން މިވޭރިއަންޓް ފެނިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
16 އެޕްރީލު 2017

ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން

16 އެޕްރީލު 2017
ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު