Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮމިކްރޯން ވޭރިއަންޓްގެ ނުރައްކާ

އޮމިކްރޯން ވޭރިއަންޓް ރާއްޖޭގައި މިހާރުވެސް އުޅުމުގެ ފުރުސަތު ބޮޑު: ޑރ ނަޒްލާ

5 ޑިސެމްބަރު 2021 | އާދީއްތަ 04:06

މި ވޭރިއެންޓް ހުރިތޯ ޓެސްޓް ކުރުމަށް ޖީން ސިކުއެންސް ވަނީ ފޮނުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޑިސެމްބަރު 2021 | އާދީއްތަ 04:06
ޑރ ނަޒްލާ މުސްތަފާ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ޑރ ނަޒްލާ މުސްތަފާ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރާއްޖެއަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމަކަށްވާއިރު، އޮމިކްރޯން ވޭރިއަންޓް ރާއްޖެ އައުމުގެ ނުރައްކާ އެބައޮތްކަމަށާއި މިހާރުވެސް ރާއްޖޭގައި މިވޭރިއަންޓް އުޅުމުގެ ފުރުސަތު އޮންނާނެކަމަށް އައިޖީއެމްއެޗްގެ އިންފެކްޝަސް ޑިޒީސް އެކްސްޕާޓް، ކޮންސަލްޓެންޓް ޑރ ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާ އޮތް މިންވަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ ރާއްޖޭގައި މިވޭރިއަންޓް އުޅޭތޯ ބެލުމަށް ޓެސްޓްތައް ހަދައިގެން އިތުރަށް ބެލޭނެކަމަށެވެ. އޮމިކްރޯން ވޭރިއެންޓާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގައި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ވޭރިއެންޓް ރާއްޖެއަށް އައުން ހުއްޓުވުމަކީ ނާދިރުކަމަކަށް ވެދާނެ ކަމަށެވެ. ނަމަވެސް ކުރިއާލައި އެކަށީގެންވާ ފިޔަވަޅުތައް އެޅިއްޖެނަމަ މި ވޭރިއެންޓް ޖެހޭ މީހުންގެ އަދަދު މަދުކުރެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

މި ވޭރިއެންޓުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުން އަންނަކަން ފާހަގަކުރައްވައި ޑރ ނަޒްލާ ރަފީގު އެދުވަހު ވިދާޅުވީ ބަލި ފެނިފައިވާ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން މިހާރު މަނާކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ މި ވޭރިއެންޓް ހުރިތޯ ޓެސްޓް ކުރުމަށް ޖީން ސިކުއެންސް ފޮނުވާނެކަމަށް ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގެ ސީކުއެންސް ސާމްޕަލްތައް ކޮންމެ ހަފްތާއަކު އެއްފަހަރު އަންނަނީ ޓެސްޓު ކުރަން ފޮނުވަމުންނެވެ. އޮމިކްރޯން ވޭރިއެންޓް ރާއްޖޭގައި އުޅޭތޯ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ކޮންމެ ފަހަރަކު ސީކުއެންސްތައް ބޭރަށް ފޮނުވައިގެން ނަތީޖާ ލިބުމަށް ދެތިން ހަފުތާގެ މުއްދަތެއް ނަގާކަން ފާހަގަކުރައްވައި ޑރ ނަޒްލާ ވިދާޅުވީ ރާއްޖޭގައި މި ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ޓެސްޓުތައް ކުރުމަށް ބޭނުންވާ މެޝިންތައް މިހާރު ރާއްޖެ ގެނެވިފައިވާކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް މަސައްކަތްތައް ފެށޭނީ މިކަމަށް ބޭނުންވާ ތަމްރީނުތައް މީހުންނަށް ދިނުމުގެ އިތުރުން ފުރިހަމަ ކުރަންޖެހޭ ބައެއް މަސައްކަތްތައް ނިންމާފައި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ރަފީގު ވިދާޅުވިއެވެ.

ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ މިވޭރިއަންޓުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮވިޑުން ރައްކާތެރިވުމަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް ކަމަށެވެ. އަދި މިހާތަނަށް އައިއިރު މިވޭރިއަންޓާ ގުޅޭގޮތުން އެނގިފައިވާ މައުލޫމާތަކީ އެއީ ފަސޭހައިން ފެތުރޭ ވޭރިއަންޓެއްކަން އެކަނި ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ވޭރިއަންޓު ޖެހުމުން ބޮޑުވަރުވާކަން އަދި ހޯދިފައިނުވާކަމަށާއި ވެކްސިންގެ އަސަރުކުރާ މިންވަރުވެސް އަދި ދެނެގަނެވިފައިނުވާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ވެކްސިން ޖެހުމުން ބަލީގެ ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓް ވަނީ ދުނިޔޭގެ 38 ގައުމަކުން ފެނިފައެވެ. އޭގެތެރޭގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ އިންޑިޔާ އަދި ސްރީލަންކާވެސް ހިމެނެއެވެ. މީގެއިތުރުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކޮވިޑް-19އޮމިކްރޯން ވޭރިއަންޓް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް