Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޔާމީނުގެ ތަސައްވަރުގެ ވާހަކަތައް

2023ށް ތައްޔާރުނޫން ކަމަށް ވިދާޅުވެ ޔާމީނު ދެއްކެވީ އެނޫން ވެރިއެއް ނެތްކަމުގެ ވާހަކަތައް

4 ޑިސެމްބަރު 2021 | ހޮނިހިރު 09:53

އެމަނިކުފާނުގެ ކިބައިން އެދިވަޑައިގަންނަވާ ކަންތައްތަކުގެ ބޮޑުކަމުން އެކަމާ ވާހަކަ ދެއްކެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޑިސެމްބަރު 2021 | ހޮނިހިރު 09:53
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ދެ އަހަރު ދުވަހު ތަންފީޒުކުރެއްވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިނިވަންވެވަޑައިގެންފައެވެ. މިއާއެކު ސިޔާސީ އެހެން ބޭފުޅުން ގޮތަށް ސިޔާސީ މަސައްކަތް ކުރެއްވުމުގެ ފުރުސަތު ފަހިވެގެން ދިޔައީއެވެ. ދެ އަހަރު ދުވަހު ޖަލުގަޔާއި ގޭގައި ބަންދުގައި ރައްޔިތުންނާ ވަކިން ހުންނެވުމަށްފަހު ފުރަތަމަ ފަހަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ޖޯޝުން ފުރިފައިވާ ވާހަކަތަކުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އިންތިޚާބުން ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ އާއެކު ދެއްކެވި ވާހަކަތައް ހަނދާނަށް ގެނުވައެވެ. ގަޑިއިރަކަށްވުރެ ގިނައިރުވަންދެން ވާހަކަދެއްކެވި އިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ލީޑަރުންނަށް ބަހުގެ ހަމަލާތައް ދެއްވިއެވެ.

ވާހަކައިގެ ފުރަތަމަ 11 މިނެޓަށް ބަލާއިރު އެމަނިކުފާނުގެ މައްޗަށް ހިންގުނު ޝަރީއަތާ ގުޅިގެން ޖުޑީޝަރީ އާއި ފަނޑިޔާރުންނަށް ފާޑުވިދާޅުވިއެވެ. އެއަށްފަހު ޔާމީނަށް ސަޕޯޓްކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ރައްޔިތުން އެމަނިކުފާނަށް ކުރަމުން ގެންދާ އިތުބާރަށް ޝުކުރު އަދާކުރެއްވިއެވެ. ރައްޔިތުން އެމަނިކުފާނުގެ ކިބައިން އެދިވަޑައިގަންނަވާ ކަންތައްތަކުގެ ބޮޑުކަމުން އެކަމާ ވާހަކަ ދެއްކެވިއެވެ. "ހާދަ ގިނަ ކަމެކޭ. ހާދަބޮޑު ޒިންމާއެކޭ އަދިވެސް ތި އެދިވަޑައިގަންނަވަނީ އަޅުގަނޑު ފުށުން. ހާދަބޮޑު އިތުބާރެކޭ އަދިވެސް ތިކުރައްވަނީ." ޔާމީން ވިދާޅުވިއެވެ.

އެއަށްފަހު ރާއްޖޭގައި ހުރި މައްސަލަތަކަކީ އެންމެ މީހެއްގެ ކޮނޑުގައި އެޅޭ ވަރަށްވުރެ މާބޮޑު މަސްއޫލިއްޔަތެއްކަމަށް ވިދާޅުވެ ރާއްޖޭގައި ހުރި ކޮންމެ މައްސަލައަކަށް ހައްލު ގެނެސްދިނުމަށް އެމަނިކުފާނަކީ ހަކީމެއް ނޫންކަމަށާއި ބޭސް ގުޅައެއް ނޫންކަމަށް ވިދާޅުވިއެވެ. ޖަލްސާގެ ތެރެއިން 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓްވެސް ކަށަވަރުކޮށްދެއްވައިފިކަމަށް ވިދާޅުވެ ރައްޔިތުންނަށް ނޫނެކޭ ނުދަންނަވާނެ ކަމަށް ވިދާޅުވިއެވެ. އެހެން ވިދާޅުވެ ދެން ވިދާޅުވީ "އެހެންނަމަވެސް އަދިއެއް އަޅުގަނޑު ތައްޔާރުވެ ހުރި ވާހަކައެއް ނޫން މިއީކީ. އެހެންވީމާ ތިކުރައްވާ އިތުބާރާއެކީ ދަންނަވަން ބޭނުންވަނީ 2013 ގައި ވެރިކަމަށް ކުރިމަތިލީއިރު އަޅުގަނޑުގެ ހިތްވަރާއި އަޒުމާއި ކުރިޔަށް ދިޔުމުގެ ރޫހު އަޅުގަނޑުގެ ހުރި. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސް ކަން ކުރުމަކީ މިހާ އަނިޔާވެރި ވާންޖެހޭނެކަމެއް ކަމަކަށް. އެހެންވީމާ ގަބޫލުކުރައްވާ އަޅުގަނޑަކީވެސް ހަމަ އިންސާނެއް. އެހެންވީމާ ޝައުގުވެރިކަން އެގޮތަށް ދަމަހައްޓަން ކިހާ މަސައްކަތެއްތޯ ކުރާނީ." ޔާމީން 2023އާ މެދު ގެންގުޅުއްވާ ވިސްނުންފުޅު މިމޭރުމުން ހާމަކުރެއްވިއެވެ.

ވެރިކަން ކުރުމަކީ މާތްﷲ ދެއްވާ ހާދަ ބޮޑު އަމާނާތެއްކަމަށް ވިދާޅުވެ ދެން އެމަނިކުފާނުގެ ވާހަކަފުޅު މިސްރާބު ޖެއްސެވީ 2023އާ ދިމާލަށެވެ. މިސަރުކާރުން ކުރާ ކަމަކީ ރިބަން ފަށް ކެނޑުން ކަމަށް ވިދާޅުވެ ފެއްޓެވި ގޮތަށް ދެން ދެއްކެވީ މުޅިންވެސް މިސަރުކާރުން ކަންކަމުގައި ގެންގުޅޭ "ދޯހަޅި" ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭކަންކަމުގެ ވާހަކައެވެ. ބައެއް ފަހަރު އެމަނިކުފާނަށް 2018 ވަނަ އަހަރު ރައްޔިތުން އާނ އެކޭ ނުބުނީމާ ތިތިބީ ބޯން އުޅުނު ބޮނޑި ބޮވިފައޭ ވިދާޅުވާ ކަހަލައެވެ. ޔާމީންގެ ނަޒަރުގައި މިސަރުކާރަށް ހިންގުމުގެ އަދި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ހަމަ އަލިފު ބާވެސް ނޭނގެއެވެ. ގައުމުގައި ހުރި މައްސަލަތަކަށް އެއްވެސް ހައްލެއް ގެނެސްދޭކަށްވެސް ނޭނގެއެވެ. އަދި އެފަދަ ތަސައްވަރެއްވެސް މިސަރުކާރުގައި ނެތެވެ.

ނަމަވެސް ހަނދާން ކުރަން ޖެހޭ ކަމަކީ 2018 ވަނަ އަހަރު ރައްޔިތުން މިސަރުކާރަށް އާނއެކޭ ބުނީ މިސަރުކާރުން ނެރެ ދެއްކި މެނިފެސްޓޯ ކަމުގޮސްގެންނެވެ. އެމަނިކުފާނުގެ ތަސައްވުރަށް ރައްޔިތުން އޭރު ނޫނެކޭ ބުނި ސަބަބަކަށް ގެންގުޅުއްވި ތަސައްވަރު ކަމުނުދިޔުންވެސް ހިމެނެއެވެ. މިސަރުކާރުގެ މެނިފެސްޓޯގައި ހުރިކަންތައްތަކުގެ ވާހަކަ ރައްޔިތުން އަބަދާ އަބަދު ސަރުކާރަށް ހަނދާންކޮށްދެމުން ދަނީ މިސަރުކާރުގެ ތަސައްވުރެއް އޮތީމަތާއެވެ.

މިސަރުކާރުން ކުރިޔަށް ގެންދަނީ ތަންތަނުގެ ނަން ބަދަލުކޮށްލާ އިމާރާތެއްގެ ލިފްޓު ހުޅުވުން ކަހަލަ ކުދިކުދި ކަންކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވަމުން ދެން ދެއްކެވި ވާހަކަތަކަކީ އިގްތިސާދީ ވާހަކަތަކެވެ. ރައީސް ޔާމީނަކީ އިކޮނޮމިސްޓެކެވެ. އެހެންކަމުން އިކޮނޮމިސްޓުން އިގްތިސާދީ ވާހަކަތައް ނުދައްކާ އެއްވެސް ޕޯޑިޔަމަކުން ފައިބާނެކަމަށް ބަލައިގެން ނުވާނެއެވެ. ވަކިން ޚާއްސަކޮށް ޔާމީނަކީ އަބަދުވެސް އިގްތިސާދީ އެކި ވާހަކަތައް ދައްކަވާ ބޭފުޅެކެވެ. އިގްތިސާދީ ވާހަކަތައް ދައްކަވަމުން ވިދާޅުވީ މިސަރުކާރުން ލޯނު ނަގަން ޖެހިލުންވާ ވާހަކައެވެ. މާދަމާވެސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ނަންގަވާނެ ލޯނުތަކުގެ އަދަދުތަކަށް ދަންދެން ވިދާޅުވިއެވެ.

އެއަށްފަހު މިސަރުކާރުން ދަރަނި ރީ ސްޓްރަކްޗަރ ކުރުމަށް ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވެ އޭގެ ސަބަބުން ދަރަނި އެތައް ޖީލަކަށް ދެމިގެންދަނީކަމަށް ވިދާޅުވެ އޭރަށް ދަރަނި ދައްކަން މިސަރުކާރަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ. މިސަރުކާރުގެ ދަރަނި ބޮޑުކަމުގެ ވާހަކަ ވިދާޅުވެ ވާހަކަ ދެއްކެވިއިރު އެމަނިކުފާނު ނެންގެވި ލޯނުތައް މިސަރުކާރުން ދައްކަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ޚަރަދުތައް ފޫބައްދަން ކޮވިޑްގެ މިހާލަތުގައި ދަތިތައް ދިމާވަމުންދާކަމެއް އެމަނިކުފާނުގެ އިގްތިސާދީ ލެންސަށް ފެނިވަޑައިނުގަތީކަމެއް ނުވަތަ 2023ށް ކުރައްވާ ކެމްޕެއިން ފެށުމުގެ ގޮތުން އެވާހަކަ ދައްކަވަން ބޭނުންފުޅު ނުވީކަމެއް ސާފެއް ނޫނެވެ.

ޔާމީންގެ ވާހަކައިގެ ފަހު 15 މިނެޓް 2023ށް ތައްޔާރުނޫން ކަމަށް ވިދާޅުވެ ޚާއްސަކުރެވީ ސީދާ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ހުރި މައްސަލަތައް ހައްލުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކަށެވެ. ޒުވާނުންނަށް އުންމީދީ ވާހަކަތަކެއް ވިދާޅުވެ ގޯތިގެދޮރުގެ މައްސަލަައަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ނޫނެކޭ ބުނުމުގެ ސަބަބުން ނުފުއްދުނު ކުރަހާފައިވާ ސިޔާސަތުގެ ހަނދާން އައު ކޮށްދެއްވަމުންނެވެ. މާލޭގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ގޯތިގެދޮރުގެ ވާހަކަކަމަށް ވިދާޅުވީ އެމަނިކުފާނަށް އެކަނި އެކަމަށް ހައްލު ހޯދައިދެވޭނެ ފޯމިޔުލާ އެނގިވަޑައިގަންނަވާ މޭރުމުންނެވެ. އަނެއްކާވެސް މާލެ ސަރަހައްދަށް ގެންނަވާނެ ތަރައްގީގެ ވާހަކަތައް ދެއްކެވިއިރު ކުރިއެކޭ އެއްގޮތަށް އަތޮޅުތެރެ ތަރައްގީ ކުރުމުގެ ސިޔާސަތެއް އެމަނިކުފާނުގެ ނެތްފަދައެވެ.

މިއީދެން ކެމްޕެއިނު ޖަލްސާއެއްގައިވެސް ސިޔާސީ ފަރާތްތަކުން ދައްކާ ޒާތުގެ ވާހަކަތަކެވެ. ސިޔާސީ ޕާޓީއެއް ކަމުގައިވަނީނަމަ އެންމެ ބޮޑަށް ކުރަން އޮންނާނެ މަސައްކަތަކީ ވެރިކަމަށް އައުމުގެ މަސައްކަތެވެ. އެއަށްފަހު ވެރިކަން ކުރުމެވެ. އެކަމުން ރައީސް ޔާމީން އާއި ޕީޕީއެމްވެސް ވަކި އިސްތިސްނާއެއް ނުވެއެވެ. 2023ށް ތައްޔާރު ނޫންކަމަށް ފާޅުގައި ވިދާޅުވެ 2023ގެ ސިޔާސަތުތައް ތިޔަ ހާމަކުރެއްވީ ދެންފަހެ އެނޫން ކޮން ބޭނުމެއްގައި ހެއްޔެވެ؟ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ "އަޅުގަނޑުމެންގެ މެނިފެސްޓޯގެ ބައެއް ވާހަކަތައް މިދަންނަވާލެވުނީ" ކަމަށެވެ.

ރައީސް ޔާމީން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
24 ޑިސެމްބަރު 2023

ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!

24 ޑިސެމްބަރު 2023
ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!
22 ނޮވެމްބަރު 2023

ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ

22 ނޮވެމްބަރު 2023
ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ
06 އޮކްޓޯބަރު 2023

އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި

06 އޮކްޓޯބަރު 2023
އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް