Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުހަބާ ރައީސް ޔާމީން ޖަލްސާ

ޔާމީން މިނިވަންވުމަށްފަހު ދެއްކެވި ގަޑިއިރަކަށްވުރެ ދިގު ވާހަކަފުޅުގައި ސަރުކާރު ކޯލިޝަނުގެ ހުރިހާ ވެރިންނަށް ބަހުގެ ހަމަލާތަކެއް

ވަކިވަކިން ކޮންމެ ލީޑަރަކަށް ބަހުގެ ހަމަލާތަކެއް ދެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޑިސެމްބަރު 2021 | ހޮނިހިރު 08:03
ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރ ވާހަކަފުޅު ދައްކަވަނީ

ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރ ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމަށް ފަހު ފުރަތަމަ ފަހަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ގަޑިއިރަކަށްވުރެ ގިނައިރުވީ ވާހަކަފުޅުގައި 2018 ވަނަ އަހަރުގެ އިންތިޚާބުގައި އެމަނިކުފާނާ ދެކޮޅަށް ނިކުންނެވި މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހުރިހާ ލީޑަރުންނަށް ފާޑުވިދާޅުވެ ވާހަކަދައްކަވައިފިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ވަކިވަކިން ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ހަތަރު ޕާޓީގެ ލީޑަރުންގެ އިތުރުން ނާއިބު ރައީސަށްވެސް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. މައިގަނޑު ގޮތެއްގައި މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ކުރެއްވުނު ކަންކަން ދިފާއުކުރައްވާ ވާހަކަދައްކަވާފައިވާއިރު ޖުޑީޝަރީ އަށް ވަކިން ޚާއްސަކޮށް ފަނޑިޔާރުންނަށްވެސް ވަނީ ފާޑުވިދާޅުވެފައެވެ.

Advertisement - newsAdvertisement

އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރަށް އަމާޒުކުރައްވާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޖަލުގައި ޔާމީން ހުންނެވިއިރު މިނިސްޓަރ އިމްރާން ޖަލަށް ވަޑައިގެން ވިދާޅުވަނީ ރައީސް ޔާމީން ހުންނެވީ ރަނގަޅަށް ކައިގެންކަމަށެވެ. ޖަލު ބަންދުގައި ހުންނަ މީހާއަށްވެސް ހައްގުތަކެއް ކަށަވަރުވާން ޖެހޭކަމަށާއި އެމަނިކުފާނަށް އިމްތިޔާޒުތަކެއް ލިބިވަޑައިގަންނަވަންޖެހޭކަމަށް ޔާމީން ވިދާޅުވިއެވެ. ޖަލު ބަންދުގައި ތިބޭ މީހުން އެންމެ ބޭނުންވާ އެއްޗަކީ ކުކުޅު ބިރިޔާނީތޯ ސުވާލުކުރެއްވިއެވެ.

ޔާމީން ވިދާޅުވީ ގައިދީންނަށް ރިސަރޗް ކުރުމުގެ ފުރުސަތު ދީ އެމީހަކަށް ލިބޭ އިލްމަކުން އެމީހެއްގެ މައްޗަށް އުފުލިފައިވާ ދައުވާއަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބެންވާނެކަމަށެވެ. ޔާމީން ވިދާޅުވީ ވެރިކަންކޮށްފައި ހުރި މީހަކަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީ ވާނީ ހަމައެކަނި ލޯޔަރުން ނޫންކަމަށެވެ. އެމީހަކަށް އެއީ ކުށްވެރިއެއް ނޫންކަމަށް ބުނެވޭވަރުގެ ކެރުންތެރިކަން ހުންނަންވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް އިޝާރާތްކުރައްވާ ޔާމީން ވިދާޅުވީ ލީޑަރުންގެ ސިފައަކީ ހުކުމެއް ކުރާއިރަށް އަނބުރައިގަނެގެން ވެއްޓުން ނޫންކަމަށެވެ.

މިސަރުކާރުގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރ އަދި ޔާމީންގެ ބޭބޭފުޅަށް އަމާޒުކުރައްވާ ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ކުރިމަތިވި ނޮވެމްބަރ 3 މިހާރު އެއީ ހަނދާންކުރަން ޖެހޭ ކަމަކަށްނުވާކަމަށެވެ. ރައީސް މައުމޫނަށް އެއީ ކަމަކަށްނުވާކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ނިސްބަތްކުރައްވާ ޔާމީން ވަނީ ރައީސަކަށް ހުންނަ މީހެއްގެ މައްޗަށް ބޮޑު ޚިޔާނާތުގެ ތުހުމަތެއް ކުރެވިއްޖެނަމަ އެކަމެއް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭކަމަށް ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ޅިޔަނު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެގެން ރަނގަޅު ތަހުގީގެއް ނުހިނގާނެކަމަށެވެ.

ޔާމީން ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ރިބަން މިސަރުކާރުން ކަނޑަނީކަމަށް ވިދާޅުވެ ޔާމީން ވަނީ މިސަރުކާރުގެ ނާއިބު ރައީސް ފައިސަލް ނަސީމް ކުރައްވަނީ ކޮންކަމެއްތޯ ސުވާލުކުރައްވާފައެވެ. ވަރަށް ބުރަކޮށް ނާއިބު ރައީސް ކުރައްވާކަމަކީ އިމާރާތަކަށް ވަޑައިގެން ލިފްޓެއް ހުޅުއްވައިދެއްވުންކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ އިންތިޚާބުތަކުގައި ކޯލިޝަންތައް އުފެދި އެކި ނަންނަމުގައި ފެންނަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު