Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 މެލޭޝިޔާގެ ހާލަތު

ދެކުނު އެފްރިކާއިން އައި މެލޭޝިޔާ މީހަކު އޮމިކްރޯނަށް ޕޮޒިޓިވް

ކަރަންޓީނުން އޭނާ ދޫކޮށްލީ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޑިސެމްބަރު 2021 | ހޮނިހިރު 01:27
މެލޭޝިޔާގެ ސިއްހީ މަސައްކަތްތެރިން ކޮވިޑަށް ޓެސްޓްކުރަނީ

މެލޭޝިޔާގެ ސިއްހީ މަސައްކަތްތެރިން ކޮވިޑަށް ޓެސްޓްކުރަނީ

ދެކުނު އެފްރިކާއިން އައިސް ކަރަންޓީނު ފުރިހަމަކޮށްފައިވާ މީހަކު މެލޭޝިޔާގައި އޮމިކްރޯން އަށް ޕޮޒިޓިވްވެއްޖެއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވީ މިމީހާ މެލޭޝިޔާ އަށް އައިސްފައިވަނީ ދެ ހަފްތާ ކުރިންކަމަށެވެ. ހެލްތު މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮމިކްރޯން ވޭރިއަންޓަކީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައެޅުމާއެކު އޭގެފަހުން ހުރިހާ ސާމްޕަލްތަކެއް އަލުން ޓެސްޓުކުރަމުންދާކަމަށެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ އުމުރުން 19 އަހަރުގެ މިމީހާއަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހެއްކަމަށެވެ. އަދި އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މެލޭޝިޔާއަށް އައިފަހުން ކަމަށާއި އޭނާ މެލޭޝިޔާ އަށް އައީ ސިންގަޕޯރު މަގުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށްފައިވާއިރު ކަރަންޓީނުން އޭނާ ދޫކޮށްލީ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ކަރަންޓީނުވުމަށް އޭނާ އައި ވެހިކަލްގައި ފަސް މީހަކު އައިކަމަށާއި އެއެންމެންވެސް ކޮވިޑް-19ށް ނެގެޓިވްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭނާގެ އެންމެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ތިބި 8 މީހުން އިތުރަށް ޓެސްޓްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮމިކްރޯން ވޭރިއަންޓް ފެންނަ މިންވަރު އިތުރުވެފައިވާއިރު އެކަމަށް ސަމާލުވުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބުރާސްފަތި ދުވަހު ސިންގަޕޯރުން ވަނީ އޮމިކްރޯން ވޭރިއަންޓްގެ ދެ ކޭސް ފެނިފައެވެ. މިދިޔަ ހަފްތާގައި މެލޭޝިޔާއިން ވަނީ އެފްރިކާގެ 8 ގައުމަކުން ދަތުރުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާއެކު މިހާރު ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން ސިންގަޕޯރުން އަންނަ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އިތުރު ޓެސްޓެއް ހަދަންޖެހޭގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19މެލޭޝިއާ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު