Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާ ޓަރމިނަލް

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

އެ ޓަރމިނަލް ނިމޭނެ ކަމަށް އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވަނީ 12 އެޕްރިލް 2025 އަށް ކަމަށް އަމީރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ޖުލައި 2025 | ބުރާސްފަތި 17:48
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބުރާސްފަތި ދުވަހުގެ ރޭ ހަރުގޭގައި ވާހަކަ ދައްކަވަނީ

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބުރާސްފަތި ދުވަހުގެ ރޭ ހަރުގޭގައި ވާހަކަ ދައްކަވަނީ

އާ ޓަރމިނަލް އާއި މެދު ޕީޕީއެމް އާއި ޕީއެންސީން ދައްކަމުންދާ ވާހަކަތަކަކީ ސްކޭމް އެއް ކަމަށާއި އެ ފަރާތްތަކުން ދައްކަނީ ބުހުތާން ދޮގު ވާހަކަ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވީއައިއޭ ޓަމިނަލް މަސައްކަތަށް ކުރީ ސަރުކާރުން އިތުރުކުރި 300 މިލިއަން ޑޮލަރަކީ ޚިޔާނާތް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އެ ވާހަކަތަކަށް އަމީރު ވަނީ ރައްދު ދެއްވާފައެވެ.

ވެރިކަން ބަދަލުވުމަށް ފަހު 3 އެމެންޑްމެންޓާއި އެކު އެގްރީމެންޓްތަކެއް ހެދުމަށް ފަހު ކުރިން ހުރި ކޮންޓެއިނަރ ޓަރމިނަލް ބަަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް އެ ޓަރމިނަލް ބަދަލުކުރީ ވެސް ނިމިދިޔަ ސަރުކާރުގައި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އެ މަސައްކަތް އަވަސް ކުރަން ފެށީ ވެސް ނިމިދިޔަ ސަރުކާރުން ކަމަށެވެ. އިތުރަށް ސޮއިކުރި އެގްރީމެންޓްތަކުގައި 183 މިލިއަން ޑޮލަރު އިތުރުވެގެން ދިޔަ އިރު އޭގެ ތެރެއިން ބޮޑު ބަޔަކީ ޕްރޮޖެކްޓް ލަސްވުމުން ކޮންޓްރެކްޓަށް ޕްރޮޖެކްޓް ލަސްވުމުން ދޭން ޖެހުނު ފައިސާ ކަަމަށް އަމިރު ވިދާޅުވިއެވެ.

"300 މިލިއަން ޑޮލަރޭ ކިޔާފަ ކޮން މޮޅު ވާހަކަ އެއް ދައްކާކަށް. ޕީޕީއެމް ވެސް ޕީއެންސީ ވެސް މިއީ ސްކޭމް. ހުސް ދޮގު ވާހަކަ ދައްކަނީ."އަމީރު ވިދާޅުވިއެވެ.

އެމްއޭސީއެލްެގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުލަވާލި އިރު އެއީ 357 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް އަމީރު ވިދާޅުވިއެވެ. 22 ޖުލައި 2016 ވަނަ އަހަރު އެ ޓަރމިނަލްގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް 2018އިގައި ވެރިކަން ބަދަލުވި އިރު ވެސް އެތަނުގެ އެއްވެސް ތަނބެއް މައްޗަށް އަރާފައިވާ މަންޒަރު ނުފެންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ. ދެ އަހަރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރެވުނީ ކޮން ކަމެއްތޯ އަމީރު ސުވާލު އުފެއްދެވިއެވެ.

" އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އޭރުވެސް ބޭނުންވެފައި އޮތީ ޓެންޑަރ އެހެން ބަޔަކާއި ހަވާލު ކުރަން ބޭނުން ވެފައި އޮތީ ލިބޭ ލާރިކޮޅު މަދުވެގެން. ޗައިނާގެ ކުންފުންޏަކަށް ހަވާލުކުރަން މަސައްކަތް ކުރީ. ކުރީމަ ފަންޑިން އެޖެންސީތަކާއި ސަރުކާރާއި މައްސަލަތަކެއް ހައްލު ނުވެގެން ޕްރޮޖެކްޓް އޮތީ ހުއްޓިފައި." އަމީރު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަކީ މި ސަރުކާރުން ބޮޑު ބައި ނިންމި މަޝްރޫޢު އެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އަމީރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރު ނިމުނު އިރު ގާތްގަނޑަކަށް 71% މަސައްކަތް ވާނީ ނިމިފައެވެ.

އެ ކަން އެމްއޭސީއެލް އިން ނެރޭ މަންތްލީ ޕްރޮގްރެސް ރިޕޯޓުން ފެންނަން ހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ޓަރމިނަލްގެ ކޮންކްރީޓުގެ މަސައްކަތުގެ 100% ނިމިފައިވާކަން އެ ރިޕޯޓުން އެނގޭނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. ހަމައެހެންމެ ބްލޮކް ވޯލްގެ ގާތްގަނޑަކަށް 60% ނިމިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު އެ މަސައްކަތްތައް ބަޔަކާއި ހަވާލު ނުކޮށް ހުރި ކަމަށް ބުނެ ސަރުކާރުން ހަދަމުންދަނީ ދޮގު ކަމަށް އަމީރު ވިދާޅުވިއެވެ. ގިނަ މަސައްކަތްތައް ކޮންޓްރެކްޓް ކުރީ ނިމިދިޔަ ސަރުކާރުން ކަން އޭރު ޝާއިއުކޮށްފައިވާ ރިޕޯޓްތަކުން ފެންނަން ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" ޓަރމިނަލްގެ މަސައްކަތް އަވަސް ކުރި ނަމަ މިދިޔަ އަހަރު ތެރޭގައި ހުޅުވޭނެތާ. އޭރު ވެސް އެ ބޭފުޅުން ވެރިކަމާއި ހަވާލުވެގެން މިދިޔަ އަހަރު އޮކްޓޯބަރގައި ހުޅުވާނަމޭ ބުނީމަ އަޅުގަނޑުމެން ބުނިން އެކަމެއް އެހެނެއް ނުވާނެއޭ." އަމީރު ވިދާޅުވިއެވެ.

އެ ޓަރމިނަލް ނިމޭނެ ކަމަށް އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވަނީ 12 އެޕްރިލް 2025 އަށް ކަމަށް އަމީރު ވިދާޅުވިއެވެ. މިހާރު ވެސް މަައްކަތްތައް ނިމުނީ އެ ޓައިމްލައިން އަށް ކަމަށް ވުމުން މި ސަރުކާރުން މަސައްކަތްތައް އަވަސްކުރި ކަމަށް ބުނެވެން ނެތް ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ މި ވެރިކަމުގައި ޓަރމިނަލްގެ މަސައްކަތް އަވަސްކޮށްފައިވާ ކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އާ ޓަރމިނަލްޕީޕީއެމްޕީއެންސީއިބްރާހިމް މުހައްމަދު ސާލިހުއިބްރާހިމް އަމީރުވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްމެލޭޝިއާއަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު