Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އޮމިކްރޯން ވޭރިއަންޓް

އޮމިކްރޯން ވޭރިއަންޓް ދެކުނު އެފްރިކާގެ ސައިންސްވެރިން ދެނެގަތީ ކިހިނެއް؟ "ޕޭޝަންޓް ޒީރޯ" އަކީ ކާކު؟

ހަތަރު ކޮންޓިނެންޓެއްގެ 30 ގައުމަކުން މިހާތަނަށް އައިއިރު އޮމިކްރޯން ވޭރިއަންޓް ފެނިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2021 | ހުކުރު 02:59
ދެކުނު އެފްރިކާގެ ޕްރެޓޯރިއާގައި ހުންނަ ލެންސެޓް ލެބޯޓްރީ ބޭރުގައި މީހުން ކޮވިޑަށް ޓެސްޓްކުރަން ކިޔު ހަދައިގެން

ދެކުނު އެފްރިކާގެ ޕްރެޓޯރިއާގައި ހުންނަ ލެންސެޓް ލެބޯޓްރީ ބޭރުގައި މީހުން ކޮވިޑަށް ޓެސްޓްކުރަން ކިޔު ހަދައިގެން

ދެކުނު އެފްރިކާގެ ޕްރެޓޯރިއާގައި ހުންނަ ލެންސެޓް ލެބޯޓްރީތަކުގައި މަސައްކަތްކުރާ ލެބޯޓްރީ ޓެކްނީޝަނުންނަށް ނޮވެމްބަރ މަހުގެ ކުރީކޮޅު ކޮވިޑް-19ށް ޓެސްޓްކުރަމުންދިޔަ ސާމްޕަލްތަކުން އާދަޔާ ޚިލާފު ކަމެއް ފާހަގަވަމުންދިޔައެވެ. ހަދަމުންދިޔަ ޓެސްޓްތަކުން ވައިރަސްގެ ޖެނޯމް ޕްރޮފައިލުން މުހިންމު ޖީނެއް ގެއްލެންފެށިއެވެ. އެހެން ގޮތަކަށް ބުނާނަމަ ޓެސްޓްތަކަށް އެޖީނެއް ނުފެނެއެވެ. ޕީސީއާރު ޓެސްޓްތަކުން ހޯދަންބޭނުންވާ ބައެއް ކަންކަން ނުހޯދެއެވެ. މާނައަކީ ވައިރަސްއަށް ބަދަލުތަކެއް އައިސްފިއެވެ. ވައިރަސްގެ އަސްލަށް ބަދަލުތަކެއް ގެނުވައިފިއެވެ.

އޭގެ ކުޑަދުވަސްކޮޅެއް ފަހުން ޖެހުނަސްބާގު ގައި ހުންނަ ލެންސެޓްގެ މޮލިކިޔުލަރ ޕެތޮލޮޖީ ޑިޕާޓްްމަންޓުންވެސް ހަމަ އެޒާތުގެ ކަމެއް ރިޕޯޓްކުރިއެވެ. ލެންސެޓް އާއެކު މަސައްކަތްކުރައްވާ ޕެތޮލޮޖިސްޓެއް ކަމުގައިވާ ޑރ އެލިސަން ގްލާސް ވިދާޅުވީ މިހޯދުންތަކާ ދެކުނު އެފްރިކާގައި ކޮވިޑް-19ގެ ކޭސްތައް އެދުވަސްވަރު އިތުރުވަމުން ދިޔަދިޔުމާ ގުޅުވާލެވުނުކަމަށެވެ.

ޖެހުނަސްބާގު ހިމެނޭ ޕްރޮވިންސް ކަމުގައިވާ ގޮޓެންގ ގައި ނޮވެމްބަރ މަސް ފެށުނުއިރު ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 1 އިންސައްތައިގައެވެ. އޭގެ 14 ދުވަސްފަހުން ޕޮޒިޓިވްވާ ރޭޓް 6 އިންސައްތައަށް އިތުރުވިއެވެ. ސީއެންއެންއާ ވާހަކަދައްކަމުން ގްލާސް ވިދާޅުވީ އެހިސާބުން މިއީ އައު ސަރޖެއް އައުންކަން ދެނެގަނެވި އެކަމާއި ކަންބޮޑުވާން ފަށައިފިކަމަށެވެ. އަދި މިއާއެކު ކްރިސްމަސް ޗުއްޓީވެސް މިދިޔައީކަން އެނގިއްޖެކަމަށެވެ.

ނޮވެމްބަރ މަހުގެ ތިން ވަނަ ހަފްތާގައި ދެކުނު އެފްރިކާގެ ސައިންސްވެރިން އެގައުމުން އައު ވޭރިއަންޓެއް ފެނިއްޖެކަން މުޅި ދުނިޔެއަށް އިއުލާންކުރިއެވެ. އެވޭރިއަންޓަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ދިން ނަމަކީ އޮމިކްރޯން އެވެ.

ގޮޓެންގ ޕްރޮވިންސްގައި ކޭސްތައް އިތުރުވަމުންދިޔަ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދެކުނު އެފްރިކާގައި ހުންނަ ނެޓްވޯރކް ފޮރ ޖެނޯމިކްސް ސަރވިއަލަންސްގެ ޑިރެކްޓަރ ޓޫލިއޯ ޑެ އޮލިވިއެރާ ވިދާޅުވީ އެކަން ފާހަގަނުވެ ނުދިޔަކަމަށެވެ. އެހެންކަމުން އެކަމާއި ގުޅޭގޮތުން ބައްދަލުވުމެއް ބޭއްވުމަށް ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ޓޫލިއޯ އެދިވަޑައިގެންނެވިއެވެ.

ޓޫލިއޯ ވިދާޅުވީ އެނެޓޯވޯރކްގެ މެމްބަރެއްގެ ފަރާތުން މައުލޫމާތު ލިބިވަޑައިގަތީ ޕްރައިވެޓް ލެބޯޓްރީއެއް ކަމުގައިވާ ލެންސެޓް ލެބޯޓްރީތަކުން ވަރަށް ބޮޑަށް މިޔުޓޭޓްވެފައިވާ ވައިރަސްގެ ހަ ޖެނޯމް އެއް ޓެސްޓްކުރަން ފޮނުވާފައިވާކަން ކަމަށެވެ. އަދި އެޖެނޯމްސްތަކަށް ބެލުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަންތައްތަކެއް ފާހަގަވި ކަމަށް ޓޫލިއޯ ވިދާޅުވިއެވެ. އެގޮތުން ބައެއް ޕީސީއާރު ޓެސްޓްތަކުން މިވޭރިއަންޓް ދެނެނުގަނެވޭކަން އެނގިގެން ދިޔަކަމަށް ޓޫލިއޯ ވިދާޅުވިއެވެ.

އެހެންކަމުން ޓެސްޓްކުރެވޭ މިންވަރު އިތުރުކުރަން ފެށިއެވެ. އެއާއެކު ގޮޓެންގ ހިމެނޭ ސަރަހައްދުން އާންމުކޮށް ފެންނަ ވޭރިއަންޓަކަށް އޮމިކްރޯން ވޭރިއަންޓް ވެގެންދިޔައެވެ. ޓޯލިއޯ ވިދާޅުވީ ދެ ހަފްތާތެރޭގައި އޮމިކްރޯން ވޭރިއަންޓް ދެކުނު އެފްރިކާގައި ފެންނަ އެންމެ އާންމު ވޭރިއަންޓަށް ވެގެން ގޮސްފިކަމަށެވެ.

އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ ކޮންއިރަކު ކޮންތާކުން ކަމެއް އަދިވެސް ސާފެއް ނުވެއެވެ. އެހެން ގޮތަކަށް ބުނާނަމަ "ޕޭޝެންޓް ޒީރޯ" އަކީ ކާކުކަމެއް ހޯދިފައެއްނުވެއެވެ. އެފްރިކާ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ގެ ޑިރެކްޓަރ ޖޯން ކެންގާސޮންގ ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިވޭރިއަންޓް އުފެދުނީ ކޮންތާކުންކަމެއް ދެނެގަނެވިފައިނުވާކަމަށެވެ.

ފުރަތަމަ ކޭސް ފެނިފައިވަނީ ބޮޓްސްވާނާއިންނެވެ. އަދި އޭގެ ފަހުން ދެކުނު އެފްރިކާގެ އެކި ހިސާބުތަކުންނެވެ. ފުރަތަމަ ކޭސް ދެނެގަނެވޭ ތަނަކީ އެވޭރިއަންޓެއް އުފެދިފައިވަނީ އެތަނަކުން ކަން ނިންމޭނެ ސަބަބެއް ނޫންކަމަށް ކެންގާސޮންގ ވިދާޅުވިއެވެ.

ޔުނިވަރސިޓީ އޮފް ސައުތްއެމްޕްޓޮންގެ ސީނިއަރ ރިސަރޗަރ މިޝެއިލް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓަކީ އެފްރިކާގެ ސަބް ސަހާރާ ސަރަހައްދުން އުފެދިފައިވާ ވޭރިއަންޓަކަށްވުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެހިސާބުގައި ޖެނޯމިކް ސަރވިއަލަންސް އެހާބޮޑަށް ކުރިޔަށްނުދާއިރު ވެކްސިން ޖަހާފައިވަނީވެސް މަދު އަދަދެއްގެ ބަޔެކެވެ. އެހެންކަމުން މިއީ އެހިސާބުން އައިސްފައިވާ ވޭރިއަންޓަކަށްވެސް ވެދާނެއެވެ.

އޮމިކްރޯން ވޭރިއަންޓް ފެތުރޭތާ ދުވަސްތަކެއް ވެފައިވާތީ އެވޭރިއަންޓްގެ އަސްލު ހޯދުމަކީވެސް ދެން ނާދިރުކަމެކެވެ. ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ ޕްރޮފެސަރެއްކަމުގައިވާ ޓްރެވަރ ބެޑްފޯރޑް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޓްސްވާނާ އާއި ދެކުނު އެފްރިކާ އިން ފެނިފައިވާ ކޭސްތަކުގެ ޖެނޯމިކް އެނަލިސިސް އަށް ބަލާއިރު މިވޭރިއަންޓް އުފެދިފައިވަނީ ވޭރިއަންޓް ދެނެގަތުމުގެ ކުރިންނެވެ. އޮކްޓޯބަރ މަހުގެ ކުރީކޮޅު ވޭރިއަންޓް އުފެދިފައިވާނެކަމަށް ގަބޫލުކުރެވޭކަމަށް ޓްރެވަރ ވިދާޅުވިއެވެ.

ކެލިފޯރނިއާގެ އެންޑަރސެން ލެބޯޓްރީގައި މަސައްކަތްކުރާ ވިރޮލޮޖިސްޓެއް ކަމުގައިވާ ކްރިސްޓިއަން ޖީ އެންޑަރސެންވެސް ވަނީ ހަމަމިމޭރުމުން ޓްވީޓް ކުރައްވާފައެވެ. އެގޮތުން މިވޭރިއަންޓް ފެނިފައިވާ ތަންތަނާއި ސާމްޕަލްގެ ޖެެނޯމް އަށް ބަލާއިރު މިވޭރިއަންޓް އެންމެ ފުރަތަމަ އުފެދިފައިވާނީ އޮކްޓޯބަރ މަހުގެ މެދުތެރޭގައިކަމަށް ކްރިސްޓިއަން ވިދާޅުވިއެވެ. އަދި އެންމެ ގިނައިން މިވޭރިއަންޓް ޖެހިފައިވާނީ ޒުވާނުންނަށްކަމަށް ބެލެވޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޮކްޓޯބަރ މަސް ނިމުމާއި ނޮވެމްބަރ މަސް ފެށުނު ހިސާބުގައި ޕްރެޓޯރިއާ ސަރަހައްދުގެ ވޭސްޓް ވޯޓަރ އިން ފެނިފައިވާ ވައިރަސް ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ.

ދެކުނު އެފްރިކާގެ އިންސްޓިޓިއުޓް ފޮރ ކޮމިޔުނިކޭބްލް ޑިޒީސް ގެ ފަރާތުން ވާހަކަދައްކަވަމުން މައިކެލް ގްރޫމް ވިދާޅުވީ ވޭސްޓް ވޯޓަރ ސަރވިއަލަންސްގެ އިން ލިބެމުންދިޔަ ޑާޓާތަކުގެ ސަބަބުންވެސް މިކޭސްތައް ފެނުމުގެ ކުރިން ވަނީ އެކަމަަށް އެލަރޓް ވެފައެވެ.

އެހެންނަމަވެސް ވިރޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި އަދި މިވޭރިއަންޓާ ގުޅޭގޮތުން ލިބެމުން އަންނަ މައުލޫމާތުތަކަކީ ވަރަށް ކުރީކޮޅުގެ މައުލޫމާތުތަކެއް ކަމަށެވެ. އެހެންކަމުން އޮމިކްރޯން ވޭރިއަންޓްގެ ސިފަތަކާއި މިޔުޓޭޓްވެ ބަދަލުވަމުން އަންނަ ގޮތް ދެނެގަތުމަށް އަދި ހުރީ ވަރަށް މަދު މައުލޫމާތުތަކެކެވެ.

ނޮވެމްބަރ މަހުގެ ކުރީކޮޅުން ފެށިގެން ކޭސްތައް އިތުރުވަމުން އަންނަތަން ފެނިގެން ގޮސްފައިވާއިރު މިހާރު އެހެން ހިސާބުތަކުން ފެންނަމުންދާ ކޭސްތަކަކީ އެކޭސްތަކުގެ ނަތީޖާކަމަށް ބެލެވެއެވެ. ދެކުނު އެފްރިކާ ނޫން އެހެން ހިސާބުތަކުން ފެންނަ ކޭސްތަކަށް ބަލާއިރު ގިނަ ކޭސްތަކަކީ ދެކުނު އެފްރިކާ ،މޮޒަމްބީގް، މަލާވީ، ބޮޓްސްވާނާ އަދި ނެމީބިއާ އަށް ދަތުރުކޮށްފައިވާ މީހުންގެ ފުށުން ފެންނަ ކޭސްތަކެވެ.

މިސާލަކަށް ބުނާނަމަ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ބޮޓްސްވާނާ އިން ފުރި ބޭރު ގައުމުތަކަށް ނިސްބަތްވާ 4 މީހުން ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. މިމީހުންނަށް ޖެހިފައިވަނީ އޮމިކްރޯން ވޭރިއަންޓް ކަމަށް ނޮވެމްނަރ މަހުގެ 24 ވަނަ ދުވަހު ބޮޓްސްވާނާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު އުމުރުން 36 އަހަރުގެ ހޮންގކޮންގ އަށް ނިސްބަތްވާ މީހަކު 20 ދުވަސް ދެކުނު އެފްރިކާގައި ހޭދަކުރުމަށްފަހު ގަތަރު މަގުން ހޮންގކޮންގ އަށް ދިޔައެވެ. ހޮންގކޮންގ އަށް ދިޔަތާ ދެ ދުވަސްފަހުން ކަރަންޓީނުގައި ހުއްޓާ އޭނާ ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި ފަހުން ހެދި ޖެނޯމް ސީކުޔެންސްތަކުން އޭނާ ޕޮޒިޓިވްވެފައިވަނީ އޮމިކްރޯން ވޭރިއަންޓަށްކަން އެނގުނެވެ.

މިހާތަނަށް ޔޫރަޕްގެ އެކި ގައުމުތަކުން އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ ދެކުނު އެފްރިކާ އަށް ދަތުރުކޮށްފައިވާ މީހުންނެވެ.

އެހެންނަމަވެސް ސީކުޔެންސް ކުރެވެނީ އަދި މަދު ކޭސްތަކެކެވެ. އެހެންކަމުން އަދި މިހާތަނަށް ފެނިފައިވާ ކޭސްތަކަށް ބަލާއިރު މިއަށްވުރެ ބޮޑަށް މިވޭރިއަންޓް ފެތުރިފައިވާނެކަމަށް ބެލެވެއެވެ.

ދެކުނު އެފްރިކާއިން އެހެން ހިސާބުތަކަށް ދަތުރުކުރި މީހުންގެ ފުށުން އޮމިކްރޯން ވޭރިއަންޓް ފެނިފައިވީނަމަވެސް ދެކުނު އެފްރިކާއަށް ދަތުރުނުކުރާ މީހުންގެ ފުށުންވެސް މިވޭރިއަންޓް ފެނިފައިވެއެވެ. މީގެ އެއް ކޭހަކީ ބެލްޖިއަމްގެ އަންހެނެކެވެ. އޭނާ ދަތުރުކުރީ ތުރުކީ މަގުން މިސްރަށެވެ. އޭނާ އަނބުރާ ބެލްޖިއަމަށް އައީ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އޭގެ 10 ދުވަސް ފަހުން އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވިއެވެ.

ކެނެޑާއިން ފެނިފައިވާ ގިނަ ކޭސްތަކަކީ ނައިޖިރިޔާ އަށް ދަތުރުކުރި މީހުންނެވެ. ސައުދީ އަރަބިއްޔާއިން ޑިސެމްބަރ މަހުގެ 1ވަނަ ދުވަހު ފެނުނު ކޭހަކީ އުތުރު އެފްރިކާއިން ދަތުރުކުރި މީހެކެވެ. އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވި އިސްރާއީލްގެ ޑޮކްޓަރަކީ ލަންޑަންގައި އޮތް ކޮންފެރެންސެއްގައި ބައިވެރިވި މީހެކެވެ. އޭނާ ދެކުނު އެފްރިކާއަކަށް ނުދެއެވެ.

ސްކޮޓްލެންޑުން ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ރިކޯޑް ކުރި 9 ކޭހުގައި ހިމެނޭ އެއްވެސް މީހަކީ އެއްވެސް ތާކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އެއެންމެންނަކީވެސް ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު އޮތް އިވެންޓަކަށް ދިޔަ މީހުންނެވެ. ސްކޮޓިޝްގެ ފަރސްޓް މިނިސްޓަރ ނިކޯލާ ސްޓަރޖިއެން ވިދާޅުވީ އޮމިކްރޯން ވޭރިއަންޓް ފެނުނު އެއްވެސް މީހަކީ އެހެން ތާކަށް ދަތުރުކޮށްފައިވާ މީހުންނަށް ނުވާތީ އޭގެ މާނައަކީ ސްކޮޓްލެންޑް ތެރޭގައި އޮމިކްރޯން ވޭރިއަންޓްގެ ކޮމިޔުނިޓީ ޓްރާންސްމިޝަން އެއް އުޅެއެވެ.

އަދި މިކޭސްތަކަކީ އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ސްކޮޓްލެންޑްގެ ގްލާސްގޯ ގައި ކުރިޔަށްދިޔަ ކޮޕް26 ބައްދަލުވުމާއި ގުޅިފައިވާ ކޭސްތަކެއް ކަމަށް ނުބެލެވޭކަމަށް ފަސްޓް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ބެލެވޭ ގޮތުގައި އޮމިކްރޯން ވޭރިއަންޓް ޔޫރަޕްގައި ނޮވެމްބަރ މަހުން ފެށިގެން އުޅޭނެއެވެ. ނެދަރލެންޑްސްގެ ހެލްތު އިންސްޓިޓިއުޓުން ބުނެފައިވަނީ އެންމެ ފުރަތަމަ އޮމިކްރޯން ވޭރިއަންޓް ފެނިފައިވަނީ ނޮވެމްބަރ މަހުގެ 19 އާއި 23 އާ ދެމެދު ނަގާފައިވާ ސާމްޕަލްތަކުންކަމަށެވެ. މިއީ ޖެހުނަސްބާރގުން އައި ފްލައިޓް އައުމުގެ އެއް ހަފްތާކުރިކަމަށްވެސް އެގައުމުން ބުނެފައިވެއެވެ. ނަމަވެސް އެމީހުން ދެކުނު އެފްރިކާއަށް ގޮސްފައިވާ ކަމެއް އަދި ސާފުނުވާކަމަށް އެގައުމުން ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އަދިވެސް ސާފުވާންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ވަކިން ޚާއްސަކޮށް އެވޭރިއަންޓް ފެތުރޭ ހަލުވިމިނާއި މިހާރު އުފައްދާފައި ހުރި ވެކްސިންތަކުގެ އަސަރު އެވޭރިއަންޓަށް ކުރޭތޯ އާއި ފެންނަ އަލާމާތްތަކަކީ އަބަދުވެސް އެހާ ބޮޑުވަރުނުވާ އަލާމާތްތަކެއްފަދަ ކަންކަމަކީ އަދިވެސް އިތުރަށް ދިރާސާކުރަން ޖެހޭ ކަންކަމެވެ.

ގްލޯބަލް ސީކުޔެންސް އަށް ބަލާއިރު މިވަގުތު ދުނިޔޭގައި އެންމެ އާންމު ވޭރިއަންޓެއްގެ ގޮތުގައި ފެންނަމުންދަނީ ޑެލްޓާ ވޭރިއަންޓެވެ. ޑެލްޓާ ވޭރިއަންޓް 99.8 އިންސައްތަ މުޅި ދުނިޔޭގައި ހަދާފައިވާ ސީކުޔެންސް ތަަކަށް ބަލާއިރު ހިއްސާކުރެއެވެ.

ފާއިތުވި ދެ ހަފްތާގައި ދެކުނު އެފްރިކާއިން ފެނިފައިވާ ކޭސްތައް ވަނީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ފެންނަ ކޭސްތައް 290ން 3800ށް މައްޗަށް ޖެހިލާފައެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ އަދިވެސް ޖަވާބު ނުލިބޭ ގިނަ ސުވާލިތަކެއް އެބަހުރިކަމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި މިސުވާލުތަކަށް އަންނަނީ ޖަވާބު ލިބެމުންނެވެ. މުޅި ދުނިޔެއަށް ބަލާއިރު ހަތަރު ކޮންޓިނެންޓެއްގެ 30 ގައުމަކުން މިހާތަނަށް އައިއިރު މިވޭރިއަންޓް ފެނިފައިވެއެވެ.

ކޮވިޑް-19އޮމިކްރޯން ވޭރިއަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު