Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަލިނަރީ އިންސްޓިޓިއުޝަން

އެންމެ މޮޅު ކަލިނަރީ އިންސްޓިޓިއުޝަނަކަށް އެމްއެންޔޫގެ އެފްއެޗްޓީއެސް

3 ޑިސެމްބަރު 2021 | ހުކުރު 02:52

އެފްއެޗްޓީއެސްގައި މިހާރުވެސް 600ށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 3 ޑިސެމްބަރު 2021 | ހުކުރު 02:52
'ވޯރލްޑް ކަލިނަރީ އެވޯރޑްސް'ގެ 'އިންޑިއަން އޯޝަން' ކެޓެގަރީގެ އެންމެ މޮޅު ކަލިނަރީ އިންސްޓިޓިއުޝަނަކަށް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ހޮވުން

'ވޯރލްޑް ކަލިނަރީ އެވޯރޑްސް'ގެ 'އިންޑިއަން އޯޝަން' ކެޓެގަރީގެ އެންމެ މޮޅު ކަލިނަރީ އިންސްޓިޓިއުޝަނަކަށް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ހޮވުން

'ވޯރލްޑް ކަލިނަރީ އެވޯރޑްސް'ގެ 'އިންޑިއަން އޯޝަން' ކެޓެގަރީގެ އެންމެ މޮޅު ކަލިނަރީ އިންސްޓިޓިއުޝަނަކަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ހޮވިއްޖެއެވެ.

އެފްއެޗްޓީއެސްގެ އިތުރުން މި އެވޯޑަށް ނޮމިނޭޓްވެފައި ވަނީ ސީޝެލްސް އާއި މޮރިޝަސް އިން މިދާއިރާއަށް މީހުން ތަމްރީނުކުރާ ދެ އިންސްޓިޓިއުޝަނެކެވެ. މީގެ ތެރޭގައި ހިމެނޭ މޮރިޝަސްގެ އޮލިވަރ ކަލިނަރީ ސްކޫލަކީ 2020 ވަނަ އަހަރު މި އެވޯޑު ކާމިޔާބުކުރި އިންސްޓިޓިއުޝަނެވެ.

Advertisement - newsAdvertisement

މި އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތައް މިއަހަރުގެ މެއި މަހު އިއުލާނުކޮށްފައި ވާއިރު، މި އެވޯރޑަށް ހުށަހެޅުނު ފަރާތްތަކަށް ވޯޓު ދިނުން ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 17 އާއި ހަމައަށެވެ. ވޯރލްޑް ކަލިނަރީ އެވޯރޑްސްގެ ވެބްސައިޓްގައި އެފްއެޗްޓީއެސްއަށް މި އެވޯޑު ލިބުނުކަން އިއުލާނުކޮށްފައި ވަނީ މިއަހަރުގެ ނޮވެމްބަރ 30 ވަނަ ދުވަހުއެވެ.

މި އެވޯޑަށް އިންސްޓިޓިއުޝަންތައް ނޮމިނޭޓު ކުރުމުގައި ކެއްކުމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރާ މަސައްކަތާއި، އެދާއިރާއިން ހޯދާފައިވާ ކާމިޔާބީއާއި ކުރިއެރުންތަކުގެ އިތުރުން، ކެއްކުމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގުމާއި، ދުނިޔޭގެ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ބޭއްވޭ ތަފާތު ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ މިންވަރު ވަޒަންކޮށްފައިވެއެވެ.

1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯރލްޑް ޓްރެވަލް އެވޯރޑްސް ސިލްސިލާގެ ބައެއް ކަމުގައިވާ ވޯރލްޑް ކަލިނަރީ އެވޯރޑްސް ދޭން ފަށާފައިވަނީ 2020 އަހަރުން ފެށިގެންނެވެ. ވޯރލްޑް ކަލިނަރީ އެވޯރޑަކީ ކެއްކުމުގެ ދާއިރާގެ ކުރިއެރުންތަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯރޑެކެވެ. މިއެވޯރޑްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެކިއެކި ޤައުމުތަކާއި ސަރަޙައްދުތަކުން ހޮވާލެވޭ "ބެސްޓް ރޫފްޓޮޕް ރެސްޓޯރަންޓް"، "ބެސްޓް ކަލިނަރީ ފެސްޓިވަލް" އަދި "ބެސްޓް ފައިން ޑައިނިންގ ހޮޓެލް ރެސްޓޯރަންޓް" ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް 1987 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ އެފްއެޗްޓީއެސްއަކީ ރާއްޖޭގައި މިދާއިރާއިން މީހުން ތަމްރީނުކުރާ އެންމެ ދުވަސްވީ މުއައްސަސާއެވެ. ގާތްގަނޑަކަށް 600 ދަރިވަރުން މިހާރުވެސް ކިޔަވަމުން އަންނަ އެފްއެޗްޓީއެސްއިން ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ހައުސްކީޕިންގ، ފްރަންޓް އޮފީސް، ޕެޓިސެރީ، ކަލިނަރީ އާރޓްސް، ޓުއަރ ގައިޑިންގ، އަދި ޓޫރިޒަމް އާއި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ހިމެނެއެވެ. އަދި މިދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އަކުން ފެށިގެން، އެޑްވާންސް ސެޓްފިކެޓް، ބެޗެލަރ ޑިގްރީ، އަދި މާސްޓަރ ޑިގްރީއާއި ހަމައަށް ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް