Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ

ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިންގެ ދަށުން، ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި މުބާރާތަކީ އާންމުނަށް ހުޅުވާލައިގެން، 16 ދުވަހުގެ ކެމްޕެއިންގެ މަގުސަދަށް ބިނާކޮށް، ގެވެށި އަނިޔާއާގުޅޭ 5 ޝިއާރެއްގެ ދަށުން ކުރު ފިލްމް ތައްޔާރުކުރުމަށް ބާއްވާ މުބާރާތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ނޮވެމްބަރު 2021 | ހޯމަ 16:42
ގެެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ހަރުކޮށްފައިވާ ޕޯސްޓަރެއް

ގެެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ހަރުކޮށްފައިވާ ޕޯސްޓަރެއް

ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިންގެ ދަށުން، ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގެ މަގުސަދަކީ، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިންގެ ތެރެއިން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ، އަދި ގެވެށި އަނިޔާާއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް މި ފަދަ މައުލޫމާތު ފިލްމުގެ ޒަރިއްޔާއިން ދައްކައިދިނުމެވެ.

މި މުބާރާތަކީ އާންމުނަށް ހުޅުވާލައިގެން، 16 ދުވަހުގެ ކެމްޕެއިންގެ މަގުސަދަށް ބިނާކޮށް، ގެވެށި އަނިޔާއާއި ގުޅޭ 5 ޝިއާރެއްގެ ދަށުން ކުރު ފިލްމް ތައްޔާރުކުރުމަށް ބާއްވާ މުބާރާތެކެވެ.

މި އަހަރުގެ 16 ދުވަހުގެ ކެމްޕެއިންގެ ޝިއާރުގެ ގޮތުގައި ހަމަޖައްސާފައިވަނީ “އޮރެންޖް ދަ ވޯރލްޑް: އެންޑް ވަޔަލަންސް އެގެއިންސްޓް ވިމެން ނައު”

މުބާރާތުގައި ބައިވެރިވުމަށް 30 ފަރާތެއް ހޮވިގެންދާނެއެވެ. އަދި ހޮވޭ 30 ފަރާތްތަކަށް 5 ޝިއާރުގެ ތެރެއިން އެއް ޝިއާރަށް ފިލްމު ހެދުމުގެ ފުރުސަތު ދެވޭނެއެވެ. ފިލުމްތަކުގެ ދިގު މިނަކީ 15 މިނެޓާ 30 މިނެޓާ ދޭތެރެއެވެ. މުބާރާތުގެ ބައިވެރިން ތައްޔާރުކުރުމަށްޓަކައި އެ ފަރާތްތަކަށް އަމާޒުކޮށްގެން 2 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.

އެންމެ މޮޅު ފިލްމަކަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު، ދެވަނައަށް ހޮވޭ ފިލްމަކަށް 7،500 ރުފިޔާ، އަދި ތިންވަނަ އަށް ހޮވޭ ފިލްމަކަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި އެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 02 ޑިސެމްބަރު 2021ގެ 15:00ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީ ކުރަން ވާނެއެވެ.

ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ކެމްޕެއިންނަކީ، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނިސްބަތުން އަންހެނުންނަށް ގިނައިން ލިބި، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލައެއް ކަމުގައި ދެނެގަނެ، އެކަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން 1991 ވަނަ އަހަރު އުފައްދާފައިވާ ކެމްޕެއިނެކެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު