Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔާމީނުގެ ވަކީލުން

ޔާމީނުގެ ވަކީލުންވެސް ޔާމީނަށް ދޯކާ؟

ވަކީލުންނަށް ވުރެ ޔާމީންގެ ވާހަކަތައް ވަރުގަދަ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 ނޮވެމްބަރު 2021 | ހޯމަ 10:36
ރައީސް ޔާމީނުގެ ވަކީލުން

ރައީސް ޔާމީނުގެ ވަކީލުން

މާދަމާއަކީ ބޮޑު ދުވަހެކެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސްއަހަރުގެ ޖަލުހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޙުކުމާމެދު އެންމެމަތީ  ކޯޓުން ގޮތެއް ނިންމާ ދުވަހެވެ. ސުޕްރީމް ކޯޓުން ނިޔާ ކަނޑައަޅާ ދުވަހެވެ.

ސުޕްރީމް ކޯޓުން ޔާމީނަށް ހުކުމް ކުރުން ބޯމަތިވަމުން އައިއިރު މިފަދަ ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން ސުޕްރީމް ކޯޓުން ގޮތް ނިންމުން ކައިރިވަމުން އަންނަ ވަރަކަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް މިފަހަރަކު ނުއިވެއެވެ. މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި އެފަދަ ހުކުމެއް އަންނަން އުޅޭއިރު، ގާތްގަޑަކަށް އަންނާނެ ހުކުމް ޕީޕީއެމްގެ އިސްވެރިންނަށް އޮންނަނީ ވިދާޅުވެވިފައެވެ. ސީދާ ހުކުމޭ ނުބުންޏަސް ނިމޭނެގޮތް އޮންނަނީ ހާމަވެފައެވެ. އެހެން މީހުން ކޮށް އުޅެނީ އެންމެ ސުވާލެކެވެ. މިކޮޅަށްތިބީ ކިތައް ފަނޑިޔާރުންތޯ އާއި އެކޮޅަށް ތިބީ ކިތައް ފަނޑިޔާރުންތޯއެވެ.

އެކަމަކު މިފަހަރު މިހާރު މިއޮތް ސަރުކާރުން އެއްޗެއް ބުނިއަޑެއް އެފަދަ ޓްވީޓެއް އަދި މަންޒަރެއް ނުފެނެއެވެ. އަމުދުން އެކަމާ ގުޅޭ އެއްވެސް އެއްޗެކޭ ސަރުކާރަކުން އަދި ސަރުކާރުގެ މަތިފަޑީގައި ހިމެނޭ މީހަކުވެސް ނުބުނެއެވެ. ނަމަވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ހުކުމާ ގުޅޭގޮތުން ބައެއް ވާހަކަތައް ދައްކަވާފައި އެބަހުއްޓެވެ. އެކަމަކު ސީދާ ހުކުމް އަންނާނެ ގޮތަކާ ދޭތެރޭއެއް ނޫނެވެ. އެވެރިންވެސް ވިދާޅުވަނީ ސުޕްރީމް ކޯޓުން އިންސާފް ލިބޭނެ ކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކުރާނެ ކަމުގެ އުއްމީދު އޮތްކަމަށް ބުނެއެވެ. ތެދުތެދަށް ބުނާނަމަ މިހާރު މިއޮތް ސުޕްރީމް ކޯޓާމެދު ސަރުކާރުވެސް އަދި އިދިކޮޅުގެވެސް އިތުބާރު އެބައޮތެވެ. އިންސާފްވެރިވާނެކަމުގެ އިހްސާސް މިވަގުތު ކުރެވެއެވެ. ހުކުމަށްފަހު ދެން ކިޔާފާނެ އެއްޗަކާ ކަންވެދާނެ ގޮތެއް އަދި ނޭނގެއެވެ.

މިކަންކަމަށްވުރެ މިމައްސަލައިގާ މާބޮޑު އެހެންކަމެއް މިހާރު ވަނީ ސާފުވެފައެވެ. ނޫންނަމަ ބޮޑުކަމެއްވަނީ ފަޅާއަރާފައެވެ. އެއީ ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ގޮތުގައި ތިއްބެވި ޤާނޫނީ ވަކީލުންގެ ވާހަކައެވެ. ސުޕްރީމް ކޯޓުގައި ލައިވްކޮށް ކުރިއަށް ގެންދެވި ޝަރީއަތްތަކުގައި ފެނިގެން ދިޔައީ ރައީސް ޔާމީންގެ ވަކީލުންގެ ގޮތުގައި ތިއްބެވި ފުންނާބު "އުސް" ޤާނޫނީ ވަކީލުންނަށް މާބޮޑުވަރެއް ނުދެއްކުނުތަނެވެ. ތައްޔާރުވުން ކުޑަވެފައި ދިފާއީ ވާހަކަތަކުގެ އޮށްޓަރު ނުވަތަ ހުށަހެޅުން ދަށްކަމެވެ.

އެކަމުގެ އެންމެބޮޑު އެއް ހަޤީގަތަކީ ދައުލަތުގެ ވަކީލުންގެ ވާހަކަތަކަށް ފުރިހަމަ ރައްދެއް ނުދެވުމުން ޚުދު ރައީސް ޔާމީން ބަސްވިދާޅުވުމެވެ. އެމަނިކުފާނުގެ ވާހަކަތައް ވަކީލުންނަށްވުރެ ވަރުގަދައެވެ. މިއީކީ ތޯތޯ ވާހަކައެއް ނޫނެވެ. ޚުދު އެމަނިކުފާނުގެ ލޯޔަރުންނާއި ޕީޕީއެމް މީހުންވެސް ޤަބޫލު ކުރާނެ ހަޤީގަތެކެވެ. މިހެން މިކަންވުމުން ހަމަގައިމުވެސް އުފެދޭނެ ސުވާލުތަކެއް އެބަހުއްޓެވެ. ޕީޕީއެމްގެ ތެރެއިން ހާމަނުވިއަސް އަދި ސީދާ ރައީސް ޔާމީން ވިދާޅުވިއަޑު އަދި ބޭރުނުވިއަސް ވަރިހަމައެވެ. ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނާމެދު ޝައްކު އުފެދެއެވެ. ހަމައެކަނި އެންމެ މިސާލަކުން އެވާހަކަ ނިންމާލާނަމެވެ.

ރައީސް ޔާމީނަށް ހުކުމްކުރުމާ ހަމައަށް އައިރު ސުޕްރީމް ކޯޓަށް ފާހަގަވި ޗެކުގެ ނަންބަރު ދިމާނުވި ވާހަކަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވިދާޅުވުމުގެ ކުރިން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނަށް ރޭކާވެސް ނުލިއެވެ. އެފަދަ ވާހަކައެއްވެސް ނުދައްކަވައެވެ. ނަތީޖާއެއްގެ ގޮތުން ދިފާއުގައި އެވަކީލުން އޭގެ ނަންވެސް ނުގަނެއެވެ. އަދި އެކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ނެންގެވުމުން ދައުލަތުން ދެއްވި ރައްދާ އެކަން ވެފައި އޮތްގޮތް ސާފުކޮށްދެއްވިއިރު ރައީސް ޔާމީނުގެ ލޯޔަރުންނަކަށް އެއަކަށް ރައްދެއް ނުދެވުނެވެ. މިއީކީ ކޮންމެހެން އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ޝަރީއަތަށް ދިޔަ އަދި ޓީވީން ބެލި ރައީސް ޔާމީންގެ ސަޕޯޓަރުންނަށާއި ޕީޕީއެމް މީހުންނަށް ފެންނާނެ މަންޒަރެކެވެ. އެނގޭނެ ޙަޤީގަތެކެވެ.

ކޮންމެއަކަސް ކަން އެއޮތީ ނިމިފައެވެ. ދެން ހޯދޭނެ މާގިނަ އެއްޗެއް ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ. ފަހުވަގުތު ޖެހުނީއެވެ. މާދަމާ ހުކުމް ކުރާނެއެވެ. ސުޕްރީމް ކޯޓުން ގޮތް ނިންމަވާނެއެވެ. އުފެދޭ ސުވާލަކީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނަށް ހަމަ ނޭނގުނީ ހެއްޔެވެ. ނޫނީ އެވަރުގެ ތަޖުރިބާއެއް ނެތީ ހެއްޔެވެ. ނޫންނަމަ ރައީސް ޔާމީނުގެ ނާއިބުރައީސް ކަމުގައި ހުންނަވަނިކޮށް ވަރަށް އިހާނެތި ގޮތަކަށް މަޤާމުން ދުރުކުރެވުނު ޑރ މުހައްމަދު ޖަމީލް ހިމެނޭ ޤާނޫނީ ޓީމުން ގަސްދުގައި ކުރެއްވި ކަމެއް ހެއްޔެވެ. ހަޤީގަތް ދެނެވޮޑިގެންވާނީ ޚާލިޤުވަންތަ މާތް ﷲ އެވެ. މަށަކުވާ އެއްޗެއް ބުނާކަށް ނެތީމެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
16 އޯގަސްޓު 2017

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
19 ޖުލައި 2017

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް
24 މެއި 2017

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
23 އެޕްރީލު 2017

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު