Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަފާސްހިސާބުގެ ގައުމީ ނިޒާމު

ތަރައްގީއަށް ބޭނުންވާ މައުލޫމާތު އެންމެނަށް ލިބެން ޖެހޭނެ: މިނިސްޓަރ އަސްލަމް

ތަރައްގީއަށް ބޭނުންވާ މައުލޫމާތު އެންމެނަށް ފެންނަން ހުރުމަކީ މުހިންމުކަމެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2021 | ބުދަ 08:44
ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް

ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް

ހަލުވިކަމާއެކު ރާއްޖެ ތަރައްގީވަމުން އަންނައިރު އެބަދަލުތަކުގެ މައުލޫމާތަކީ ހުރިހާ ފަރާތަކަށް ލިބޭނެގޮތަށް ހާމައަށް ހުންނަންޖެހޭ މައުލޫމާތުތަކެއް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރުރާސްތާ ތަސައްވުރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަކީ ކުރިމަގުގައި ގައުމު ތަރައްގީ ކުރުމަށް ވަރަށް މުހިންމު މައުލޫމާތަކަށް ވާނެ ކަމަށެވެ. އެހެންކަމުން ވަކި ބައެއްގެ އަތުގައި މައުލޫމާތު ފޮރުވާފައި ބެހެއްޓުމުގެ ބަދަލުގައި ހުރިހާ ފަރާތަކަށް ލިބޭނެގޮތަށް ހާމައަށް ހުންނަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ކަންކުރަމުން އަންނަ އުސޫލަށް ބަލާނަމަ ވަކިވަކި މައުލޫމާތުތައް ހުންނަނީ އެކި ފަރާތްތަކުގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފައި ކަމަށެވެ. އަދި އެހެން ފަރާތަކުން އެމައުލޫމާތު ބޭނުންވެއްޖެ ނަމަ ބޮޑު އަގު ދީފައި އެމައުލޫމާތު ގަންނަންޖެހޭ ހާލަތްތައްވެސް މެދުވެރިވެފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އެންމެނަށް ފެންނާނެ ގޮތަށް އެމައުލޫމާތު ހުންނަންޖެހޭނެ ކަމަށާއި، އޭގެ ސަބަބުން ގައުމު ތަރައްގީ ކުރުމަށް ވަރަށް ބޮޑުތަނުން ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ތަރައްގީ ގެނައުމުގެ މަސައްކަތް ބައްޓަންކުރުމަށް ބޭނުންވާ ތަފާސްހިސާބު ރާއްޖޭގައި އެއްކުރެވިފައި ނެތް ކަމަށާއި، އެއީ ތަރައްގީއަށް އެޅިފައިވާ ބޮޑު ހުރަހެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މައުލޫމާތު އެކަށިގެންވާ ގޮތެއްގައި ލިބެން ހުރި ނަމަ މާޒީގައި ކަންހިނގާފައިވާ ގޮތަށް ބަލައި ކުރިމަގުގައި ރަނގަޅު ނިންމުންތައް ނިންމުމަށް ވެސް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރުރާސްތާ ތަސައްވަރު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލްއެވެ. މިއީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ތަފާސްހިސާބު އެއްކުރުމަށް މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެވެ. މި ޕްލޭންގެ ދަށުން ސަރުކާރުގެ 17 މުއައްސަސާއަކާއި ގުޅިގެން މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވާއިރު، މިމައުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެހެން އިންތިޒާމު ހަމަޖެއްސުމަށްވެސްވަނީ ރާވާފައެވެ. އެގޮތުން މިއަންނަ އަހަރުގެ ތެރޭގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

23 އޮކްޓޯބަރު 2024
ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

10 މެއި 2023
ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023
މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް

މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް

02 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު