Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރާމޯސް އަނިޔާއިން ރަނގަޅުވުން

އަނިޔާއިން ރަނގަޅުވެ ރާމޯސް ޕީއެސްޖީގެ ސްކޮޑަށް

ރާމޯސްގެ އެއްބަސްވުން އުވާލަން މަޝްވަރާކުރި ކަމަށް ވަނީ ރިޕޯޓުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2021 | ބުދަ 04:51
ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް

ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ޕީއެސްޖީން ނެގި ސްކޮޑުގައި ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމަނައިފިއެވެ.

ރެއާލް މެޑްރިޑުގައި 16 އަހަރު ހޭދަކުރުމަށްފަހު އުމުރުން 35 އަހަރުގެ ރާމޯސް ޕީއެސްޖީއަށް ބަދަލުވީ މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެކަމަކު އަދި މިހާތަނަށްވެސް ރާމޯސް ޕީއެސްޖީއަށް މެޗެއް ކުޅެދީފައެއް ނުވެއެވެ. އެގޮތުން ޕީއެސްޖީއާ ގުޅުނު ފަހުން ކުޑަކަޅުވާއަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ރާމޯސް މިހާތަނަށް ހުރީ ކުޅުމާ ދުރުގައެވެ.

އެކަމަކު އެ އަނިޔާއިން ރަނގަޅުވެ މިދިޔަ ހުކުރު ދުވަހު ރާމޯސް ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނުކުތްއިރު، ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ޕީއެސްޖީން އެކުލަވާލި ސްކޮޑުގައި ރާމޯސް ވަނީ ހިމަނާފައެވެ. އަދި މި މެޗުގައި ރާމޯސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނިޔާއިން ރަނގަޅުވެ ރާމޯސް އެނބުރި އައިރު، މީގެ ކުރިން ރާމޯސްގެ ފިޓްނަސް އެކަށީގެންވާ ފެންވަރެއްގައި ނެތް ކަމަށް ބުނެ، އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ޕީއެސްޖީން މަޝްވަރާކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެއާއެކު ޕީއެސްޖީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މީގެ ކުރިން ރެއާލާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ރާމޯސް ޕީއެސްޖީއާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރާމޯސްއަކީ ރެއާލުގެ ތާރީޚުގައި އެންމެ ކާމިޔާބު ކެޕްޓަނެވެ. އެގޮތުން ރެއާލަށް ކުޅެދިން 671 މެޗުގައި ރާމޯސް ވަނީ އެ ޓީމަށް 101 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ވަނީ ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލީގު ފަސް ފަހަރު، ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ޕީއެސްޖީން ސިޓީއާ ދެކޮޅަށް ނުކުންނައިރު، ގްރޫޕް އޭގެ އެއްވަނައިގައި މި ވަގުތު ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ދެވަނައިގައި ޕީއެސްޖީ އޮތީ ހަތަރު މެޗުން އަށް ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ބްރޫޖަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ލައިޕްޒީގަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޗެމްޕިއަންސް ލީގުގައި ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

ސާޖިއޯ ރާމޯސްޕީއެސްޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު