Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން

ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ 40 އަށްވުރެ ގިނަ މީހުން ދެނެގަނެވިއްޖެ: އިމްރާން

ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2021 | އަންގާރަ 04:19
އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ މީހުންގެ ގޮތުގައި 40 އަށްވުރެ ގިނަ މީހުން ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިމްރާން ވިދާޅުވީ މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން 48 މީހަކު ހައްޔަރުކުރެވިފައިވާކަމަށެވެ. މިގޮތަށް ހައްޔަރުކުރެވޭ މީހުން ޖަލުތެރޭގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ އިމްރާން ވަނީ މީގެ ކުރިންވެސް ފާހަގަކުރައްވާފައެވެ. އެފަދަ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އިމްރާން ވިދާޅުވީ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ 40 އަށްވުރެ ގިނަ މީހުން މިހާތަނަށް ދެނެގަނެވިފައިވާކަމަށެވެ.

އެފަދަ މީހުންނަށް އަމާޒުކޮށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާކަމަށާއި، އެމަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ފަށައިގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުގައި ހަރުކަށި ފިކުރު ފަތުރާ މީހުން ދެނެގަތުމަށް ޚާއްސަ އެސެސްމަންޓެއް ހަދަމުންދާކަމަށެވެ. ކަން ކުރަނީ ޖަލުގައި ތިބި މީހުންނާ އިންޓަރވިއުކޮށްގެން އަދި ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް ސީޕީ ވިދާޅުވިއެވެ. މި އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ޖަލުގައި ހަރުކަށި ފިކުރު ފަތުރާ މީހުން ދެނެގަނެ އެހެން މީހުންނާ އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި މަސައްކަތަށް ޚާއްސަ 100 މީހުންގެ ޖާގައިގެ ޔުނިޓެއް ގާއިމްކުރެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން އިސްތިއުފާ ދެއްވަނީ

ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން އިސްތިއުފާ ދެއްވަނީ

15 ނޮވެމްބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
މިހާރު ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަންފެނޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

މިހާރު ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަންފެނޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު