Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ޑިމޮކްރަސީ

މިހާރު ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަންފެނޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

ބާރުތައް ފުރޮޅާލުމުގައި ސުލްހަވެރިކަމާއި ގައުމުގެ މަސްލަހަތު އިސްކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޮކްޓޯބަރު 2023 | ހުކުރު 08:44
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު

މިހާރު ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަން ފެންނަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ޓަކައި "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް"، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގާއިމު ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ފެނިގެން މިދަނީ ދިވެހިރާއްޖެގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަން ކަމަށާއި، ބާރުތައް ފުރޮޅާލުމުގައި ސުލްހަވެރިކަމާއި ގައުމުގެ މަސްލަހަތު އިސްކުރާ ކަމަށެވެ. އެއީ ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަންނަ މަންޒަރު ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވެފައިވާއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވެއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ނެރުނު މި ދެންނެވުމުގައި ވާގޮތުން، ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަގުލުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާބެހޭ މުހިންމު މައުލޫމާތު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރުމަށް ވަނީ އަންގަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަންވާނީ "ގަވަރންމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައި ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.

ޑިމޮކްރަސީކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ރާއްޖޭގައި ކުރާ މުޒާހަރާތަކާއި ހައްޔަރު ކުރި މީހުންގެ ރިޕޯޓުތަށް ވަރަށް ގާތުން ބަލަމުންދާކަމަށް ކޮމަންވެލްތުން ބުނެފި

05 އޮކްޓޯބަރު 2025
ރާއްޖޭގައި ކުރާ މުޒާހަރާތަކާއި ހައްޔަރު ކުރި މީހުންގެ ރިޕޯޓުތަށް ވަރަށް ގާތުން ބަލަމުންދާކަމަށް ކޮމަންވެލްތުން ބުނެފި
18 ސެޕްޓެމްބަރު 2025

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"

18 ސެޕްޓެމްބަރު 2025
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"
16 ސެޕްޓެމްބަރު 2025

ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާއިން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާއިން ގޮވާލައިފި
15 ސެޕްޓެމްބަރު 2025

ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް އިދިކޮޅު ސިޔާސީ ލީޑަރުން ގޮވާލައިފި

15 ސެޕްޓެމްބަރު 2025
ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް އިދިކޮޅު ސިޔާސީ ލީޑަރުން ގޮވާލައިފި
14 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުއެވެ، ގޮތް ދޫކުރުމަކީ ލަދުކަމެއް ނޫނެވެ.

14 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުއެވެ، ގޮތް ދޫކުރުމަކީ ލަދުކަމެއް ނޫނެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު