Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19، އޮސްޓްރިއާގެ ހާލަތު

ކޮވިޑްގެ އައު ސަރޖާއެކު އޮސްޓްރިއާ ހަތަރު ވަނަ ލޮކްޑައުންއަކަށް

22 ނޮވެމްބަރު 2021 | ހޯމަ 14:17

ސަރުކާރުން ބުނެފައިވަނީ ލޮކްޑައުން ކުރީ އައު ސަރޖް އައުމާއެކު ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ނޮވެމްބަރު 2021 | ހޯމަ 14:17
ކޮވިޑްގެ އައު ސަރޖާއެކު އޮސްޓްރިއާ ލޮކްޑައުންކޮށްފައިވާއިރު ރެސްޓޯރެންޓްތައް ވަނީ ބަންދުކޮށްފައި

ކޮވިޑްގެ އައު ސަރޖާއެކު އޮސްޓްރިއާ ލޮކްޑައުންކޮށްފައިވާއިރު ރެސްޓޯރެންޓްތައް ވަނީ ބަންދުކޮށްފައި

ކޮވިޑް-19ގެ އައު ސަރޖާއެކު އޮސްޓްރިއާ ލޮކްޑައުންކޮށްފިއެވެ.

ހަތަރު ވަނަ ފަހަރަށް އޮސްޓްރިއާ ލޮކްޑައުންކުރިއިރު ސަރުކާރުން ބުނެފައިވަނީ އެންމެ ފުރަތަމަ ލޮކްޑައުންކުރަނީ 10 ދުވަހަށް ކަމަށެވެ. ނަމަވެސް 20 ދުވަސްވެސް ނަގާފާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޮސްޓްރިއާ ލޮކްޑައުންކޮށްފައިވާއިރު, މިއީ ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މިފަހަރު ލޮކްޑައުންކުރި ފުރަތަމަ ގައުމެވެ.

މިލޮކްޑައުންއާއެކު، މީހުން ގިނައިން އެއްވެ އުޅޭ ރެސްޓޯރެންޓްތަކާއި ބާރތައް ފަދަ ތަންތަން ބަންދުވާނެއެވެ. ކްރިސްމަސް މާރކެޓްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެތަންތަން ހުޅުވާލާފައިވަނީ ކުޑަދުވަސްކޮޅެއްކުރިންނެވެ. ނަމަވެސް ފަހުވަގުތު ވަނީ ވެކްސިން ޖަހާފައިވާ މީހުންނަށް އެމާރކެޓްތައް ހުޅުވާލާފައެވެ. ނަމަވެސް ހޮޓާތައް ވަނީ ލޮކްޑައުން ފެށުމާއެކު ޓޫރިސްޓުންނަށްވެސް ބަންދުކޮށްފައެވެ.

ލޮކްޑައުންއާއެކު އެތައް ބަޔެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން ކަނާތު ފިޔައިގެ ފްރީޑަމް ޕާޓީން ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ވެކްސިން ޖެހުމުން އާންމު ހާލަތަށް ރުޖޫއަވެވޭނެކަމަށް ސަރުކާރުން ކުރިން ބުނިނަމަވެސް ވެކްސިން ޖަހާފައިވާ މީހުންނަށްވެސް ލުއި ލިބިފައިނުވާތީ އާންމުން ވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުންވެފައެވެ.

އޮސްޓްރިއާގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ ތެރެއިން ދެ ޑޯޒް ޖަހާފައިވަނީ 66 އިންސައްތަ މީހުންނެވެ. އޮސްޓްރިއާއަކީ ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ މަދުން ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އޮސްޓްރިއާގައި ވެކްސިން ޖަހާފައިވާ މީހުން މަދުވެފައިވަނީ މީހުންގެ މެދުގައި ވެކްސިން ޖެހުމާމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ. ވަކިން ޚާއްސަކޮށް ފްރީޑަމް ޕާޓީން ދިޔައީ ވެކްސިން ނުޖެހުމަށް ބާރުއަޅަމުންނެވެ.

އޮސްޓްރިއާ ސަރުކާރުން އެންމެ ފުރަތަމަ ލޮކްޑައުންގެ ފިޔަވަޅުތައް އެޅީ ވެކްސިން ނުޖަހާ މީހުންނަށެވެ. ނަމަވެސް މިދިޔަ އަހަރު ޕީކުގައި ހުރިއިރަށްވުރެ މައްޗަށް ކޭސްތައް ގޮސް، އައިސީޔޫ އެނދުތައް ފުރެން ފެށުމުން ސަރުކާރުން ވަނީ ލޮކްޑައުންއަކަށް ދާނެކަން ހުކުރު ދުވަހު އިއުލާންކޮށްފައެވެ.

ހުކުރު ދުވަހު އޮސްޓްރިއާ ސަރުކާރުން ބުނެފައިވަނީ އަލުން އޮސްޓްރިއާ ލޮކްޑައުން އަކަށްދާއިރު، ފެބްރުއަރީ މަހުގެ 1ގެ ކުރިން ވެކްސިން ޖެހުން އެންމެންގެ މައްޗަށް މަޖުބޫރުކަމަށެވެ.

ލޮކްޑައުންއާއެކު މީހުންނަށް ބޭރަށް ނިކުމެ އުޅެވޭނީ މަސައްކަތް ކުރުމަށާއި ކޮންމެހެން ގަންނަންޖެހޭ ތަކެތި ގަތުމަށެވެ. މީގެއިތުރުން ކަސްރަތު ކުރުމުގެ ބޭނުމަށް ހިނގާލަން ކޮންމެ ގަޑިއެއްގައިވެސް ކޮންމެ ހިސާބަކަށްވެސް ދިޔުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކޮވިޑް-19އޮސްޓްރިއާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
04 ޖުލައި 2024

ނަތީޖާ ޤަބޫލު ކުރަން ރަންގްނިކް އަށް އުނދަގޫވެފައި!

04 ޖުލައި 2024
ނަތީޖާ ޤަބޫލު ކުރަން ރަންގްނިކް އަށް އުނދަގޫވެފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް