Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ނަތީޖާ ޤަބޫލު ކުރަން ރަންގްނިކް އަށް އުނދަގޫވެފައި!

ރަންގްނިކް ފާހަގަ ކުރި ގޮތުގައި، އޮސްޓްރިއާ އިން ޤަބޫލުކޮށްގެން ތިބީ މުބާރާތުގައި ކުރަމުން އައި ދަތުރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2024 | ބުރާސްފަތި 04:09
އޮސްޓްރިއާ ޤައުމީ ޓީމުގެ ކޯޗު ރަންގްނިކް

އޮސްޓްރިއާ ޤައުމީ ޓީމުގެ ކޯޗު ރަންގްނިކް

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އޮސްޓްރިއާ އަށް ލިބުނު ނަތީޖާ ޤަބޫލު ކުރަން ދަތި ކަމަށް، އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އޮސްޓްރިއާ ނިކުތީ ތުރުކީއާ ދެކޮޅަށެވެ. ޔޫރޯގެ ކުރިން އަދި ޔޫރޯގައި އޮސްޓްރިއާ އިން ދައްކަމުން އައި ކުޅުމުގެ ސަބަބުން، ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ ގަދަ 16 ވަނަ ބުރުގެ މެޗު އޮސްޓްރިއާ އިން ކާމިޔާބު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ތުރުކީ އަތުން 2-1 އިން ބަލިވެ، އޮސްޓްރީ އަށް ވަނީ މުބާރާތް ނިމިފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރަންގްނިކް ބުނީ ދެ ލަނޑުގެ ތަފާތަކުން އިދިކޮޅު ޓީމު ކުރީގައި އޮއްވާ، އެ ނަތީޖާ އަނބުރާލުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އެހެން ނަމަވެސް އޮސްޓްރިއާގެ ކުޅުންތެރިން މެޗުގެ ނަތީޖާ އަނބުރާލުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި، އެ މަސައްކަތުން ލަނޑެއް ވެސް ޖެހި ކަމަށް ރަންގްނިކް ބުންޏެވެ. އެ ލަނޑަށްފަހު، ދެ ވަނަ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމުގައި ރަންގްނިކް ވަނީ ބުނެފަ އެވެ.

އިތުރަށް ރަންގްނިކް ބުނީ، އޮސްޓްރިއާ އަށް ގެއްލުނީ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން ގަދަ 16 ވަނަ ބުރުގެ މެޗުން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލަށް ދިޔުމުގެ ފުރުސަތު އެ ޓީމަށް އޮތް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، މުބާރާތުން އޮސްޓްރިއާ ވަކިވާން ޖެހިއްޖެ ކަމަށާއި، މުބާރާތުން ކަޓައި އެނބުރި ޤައުމަށް ދާން ޖެހޭކަން ޤަބޫލު ކުރަން ވެސް އުނދަގޫ ކަމަށް އޭނާ ބުންޏެވެ. ރަންގްނިކް ފާހަގަ ކުރި ގޮތުގައި، އޮސްޓްރިއާ އިން ޤަބޫލުކޮށްގެން ތިބީ މުބާރާތުގައި ކުރަމުން އައި ދަތުރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން ރަންގްނިކް ބުނީ، މިހާރު އޮސްޓްރިއާ އޮތީ މީގެ ކުރިން ޙާސިލު ނުކުރެވޭ ކަންކަން ޙާސިލު ކުރުމުގެ މަގު މަތީގައި ކަމަށެވެ. އެގޮތުން މިހާރު އެ ޓީމު އޮތީ ފުރަތަމަ މަރުޙަލާގައި ކަމަށާއި، އެ މަރުޙަލާގައި ދެމި އޮންނަން ޖެހޭނެ ކަމަށް ވެސް ރަންގްނިކް ބުންޏެވެ. އެ މަސައްކަތް ކުރުމުގައި ދެމި ތިބެއްޖެ ނަމަ، ގިނަ އަހަރުތަކަކަށްފަހު ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ރަންގްނިކް ބުންޏެވެ.

އޮސްޓްރިއާ ޤައުމީ ޓީމުގެ ކޯޗަކަށް ރަންގްނިކް ހަމަޖެއްސީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭނާ ހަވާލުވީ ފަހުން އޮސްޓްރިއާގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އޮސްޓްރިއާ އިން ވަނީ މިހާތަނަށް 27 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 16 މެޗުން މޮޅުވެ، ހަތަރު މެޗުން އެއްވަރުވެފަ އެވެ. ހަތް މެޗެއް ނިމުނީ އެއްވަރުވެގެންނެވެ.

ޔޫރޯ 2024 (ޖަރުމަނު)އޮސްޓްރިއާރަލްފް ރަންގްނިކް

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު