Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ކްރިކެޓް ލީގު

ޓީ20 ކްރިކެޓް ލީގު އަންނަ ހޮނިހިރު ދުވަހު ފަށަނީ

މި މުބާރާތުގައި ދެ ބުރެއް ކުޅެވިގެންދާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 22 ނޮވެމްބަރު 2021 | ހޯމަ 11:09
ޓީ20 ކްރިކެޓް ލީގުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޓީ20 ކްރިކެޓް ލީގުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ ކުލަބުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމާފައިވާ ޓީ20 ކްރިކެޓް ލީގު އަންނަ ހޮނިހިރު ދުވަހު ފަށަން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ނިންމައިފިއެވެ.

މޯލްޑިވްސް ޓީ20 ކްރިކެޓް ލީގުގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތުގައި އަށް ޓީމެއް ވާދަކުރާނެއެވެ. އާދީއްތަ ދުވަހު ހަވީރު ކްރިކެޓް ބޯޑުގެ ޖަމީލް މާލަންގައި ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި ކްރިކެޓް ބޯޑުގެ ނައިބު ރައީސް އަޙްމަދު ހުސެއިން އާއި އެ އެސޯސިއޭޝަނުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މުބާރާތުގައި ބައިވެރިވާ އަށް ޓީމަކީ މާލޭ ސްޕޯޓްސް ކުލަބާއި، މިލާން ކްރިކެޓް ކުލަބާއި، އޮއްފު އެފްސީ އާއި، ކޯމެޓްސް ކްރިކެޓް ކުލަބާއި، އައިޒީ ސްޕޯޓްސް އާއި، ނިއު ސްޓާ އާއި، ކުލަބު ވިޔަންސާ އަދި މާލޭ ވެޓެރަންސް ކުލަބެވެ.

މި މުބާރާތުގެ ފުރަތަމަ ކުޅޭ ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ވާދަކުރާނެއެވެ. އަދި އެ މެޗުތަކަށްފަހު ރޭންކިން އެއްވަނައަށް ދާ ޓީމަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނެވެ. އެއަށްފަހު ފައިނަލް ބުރުގައި ކުޅޭނީ މުބާރާތުގެ ރޭންކިންގެ ގަދަ ހަތަރު ޓީމެވެ.

ފައިނަލް ބުރު ކުޅޭނީ ދެ ސެމީ ސިސްޓަމަށެވެ. އެގޮތުން ފުރަތަމަ ސެމީގައި ރޭންކިން އެއްވަނަ ޓީމު ކުޅޭނީ ހަތަރުވަނަ ޓީމާ ދެކޮޅަށެވެ. އަދި ދެވަނަ ސެމީގައި ކުޅޭނީ ރޭންކިންގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. އެއަށްފަހު ދެ ސެމީން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރާއިރު، އެތަނުން މޮޅުވާ ޓީމަކީ ޓީ20 ޗެމްޕިއަނުންނެވެ.

ދެވަނަ ބުރުގައި ޕްރިމިއާ ލީގުގެ ރޭންކިންގެ ފަހަކުން ފެށިގެން އަށަކާ ދެމެދުގެ ޓީމުތައްވެސް ތިން މެޗެއް ކުޅޭނެއެވެ. އެއީ އޭސީސީ ޕޮއިންޓް އިތުރުކުރުމުގެ ވިސްނުމުގައި ހިމަނާފައިވާ މެޗުތަކެއް ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތުދެއެވެ.

ކްރިކެޓް ބޯޑުން ބުނީ ޓީ20 މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށްވެސް މާލީ އެހީތެރިކަމެއްގެ ގޮތުގައި 3،000 ރުފިޔާ ދޭން ނިންމައިފައިވާ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ޓީ20 ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި ހެދުނު އައިޒީ ނުކުންނާނީ ނިއުސްޓާއާ ދެކޮޅަށެެވެ. އަދި ދެވަނަ މެޗުގައި މާލެ ސްޕޯޓްސް ކުޅޭނީ ކޯމެޓާއެވެ. މުބާރާތުގެ މެޗުތައް ރާވާފައިވަނީ ހަފުތާ ބަންދުގައި ހުކުރު އަދި ހޮނިހިރު ދުވަހު ކުޅޭ ގޮތަށެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
10 އޮކްޓޯބަރު 2023

ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!

10 އޮކްޓޯބަރު 2023
ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!
19 ސެޕްޓެމްބަރު 2023

ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!

19 ސެޕްޓެމްބަރު 2023
 ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!
13 އޯގަސްޓު 2023

ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ

13 އޯގަސްޓު 2023
ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ
06 އޯގަސްޓު 2023

ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް

06 އޯގަސްޓު 2023
ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް
17 ޖުލައި 2023

އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި

17 ޖުލައި 2023
އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު