Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ކްރިކެޓު ޓީމު

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

މިއީ 14 އަހަރުގެ ތެރޭގައި ކްރިކެޓު މުބާރާތެއްގެ ފައިނަލް އިން ރާއްޖެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 04:00
ޤައުމީ ކްރިކެޓު ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން

ޤައުމީ ކްރިކެޓު ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން

ބޫޓާންގައި ކުރިއަށް ދިޔަ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން، ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

މި މުބާރާތަކީ ބޫޓާންގައި އެ ޤައުމުގައި ޤާއިމު ކުރި ފުރަތަމަ ކްރިކެޓު ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ. މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކޮށްފައި ވަނީ ތިން ޤައުމެވެ. އެއީ ބޫޓާން، ތައިލެންޑު އަދި އިންޑޮނޭޝިއާ އެވެ. ރާއްޖެ އިން ވަނީ އެ މުބާރާތުގެ ފައިނަލް އިން ފުރުސަތު ހޯދައިފަ އެވެ. މިއީ 14 އަހަރުގެ ތެރޭގައި ކްރިކެޓު މުބާރާތެއްގެ ފައިނަލް އިން ރާއްޖެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ފައިނަލްގެ ފުރުސަތު ރާއްޖެ އިން ހޯދީ ސެމީ ފައިނަލްގައި މުބާރާތް ބޭއްވި ޤައުމު ބޫޓާން ބަލިކޮށްގެންނެވެ. ފައިނަލްގައި ރާއްޖެ ކުޅެން ޖެހުނީ ތައިލެންޑާ ދެކޮޅަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ރާއްޖެ އާއި ތައިލެންޑު ބައްދަލު ކުރަން އޮތް ފައިނަލް މެޗު ކުޅެވޭ ގޮތެއް ނުވި އެވެ. އެހެންވެ، މުބާރާތުގެ ޤަވާއިދުގައި އޮތް ގޮތުން ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި އޮތް ތައިލެންޑަށް ޗެމްޕިއަންކަން ދިނުމަށް ވަނީ ނިންމައިފަ އެވެ. ލީގު ބުރުގައި ތައިލެންޑުން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ކިޔާފައި ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ) އެވެ. މީގެ އިތުރުން އެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރަގެ އެހެނިހެން އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ރާއްޖެ އިން ވަނީ 2010 ވަނަ އަހަރު ތައިލެންޑުގައި ކުރިއަށް ދިޔަ އޭސީސީ ޓްރޮޕީ ޗެލެންޖު މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ. އެ ފަހަރުގެ ފައިނަލްގައި ރާއްޖޭ ވާދަކޮށްފައި ވަނީ ސައުދީ އަރަބިޔާއާ އެވެ. އެ ފަހަރުގެ ފައިނަލް އިން ރާއްޖެ މޮޅުވީއިރު، މިއީ އެ އަހަރުގެ ފަހުން ކްރިކެޓު މުބާރާތެއްގެ ފައިނަލް އިން ރާއްޖެ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!

ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!

10 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު