Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓު ބޯޑު އޮފް މޯލްޑިވްސް

އަސާސީ ޤަވާއިދަށް ގެނައި ބަދަލާއެކު، ގެއްލުނީ ހިންގާ ކޮމެޓީގެ މަޤާމު

8 ޖެނުއަރީ 2025 | ބުދަ 01:07

އަސާސީ ޤަވާއިދަށް ގެނައި ބަދަލާ އެކު ހިންގާ ކޮމެޓީގައި އިންނެވި އަޙުމަދު ކަލީމްގެ މަގާމު ވަނީ ގެއްލިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖެނުއަރީ 2025 | ބުދަ 01:07
ކްރިކެޓު ބޮޑުގެ ހިންގާ ކޮމެޓީގައި އިންނެވި އަޙުމަދު ކަލީމް

ކްރިކެޓު ބޮޑުގެ ހިންގާ ކޮމެޓީގައި އިންނެވި އަޙުމަދު ކަލީމް

ކްރިކެޓު ބޯޑު އޮފް މޯލްޑިވްސްގެ އަސާސީ ޤަވާއިދަށް ގެނައި ބަދަލާއެކު، އެ ބޯޑުގެ ހިންގާ ކޮމެޓީގައި އިންނަވާ ފަރުދީ މެމްބަރުގެ މަގާމު ގެއްލިއްޖެ އެވެ.

ކްރިކެޓު ބޯޑު އޮފް މޯލްޑިވްސްގައި މިހާރު އޮތް ހިންގާ ކޮމެޓީ އިންތިޚާބު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕެޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެ އިންތިޚާބުގައި ކްރިކެޓު ބޯޑުގެ ހިންގާ ކޮމެޓީގެ ފަރުދީ މެމްބަރަކަށް އިންތިޚާބުވެފައި ވަނީ އަޙުމަދު ކަލީމް އެވެ. އެ އިންތިޚާބުގައި އެ މަޤާމަށް ވާދަކުރެއްވީ ވެސް ކަލީމް އެކަންޏެވެ. އެހެންވެ، އިންތިޚާބުގައި ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގައިފަ އެވެ. އެ މަގާމަށް ކަލީމް އިންތިޚާބު ކުރުމަށް ފެންނަ ކަމަށް ނުވަ މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ.

އިންތިޚާބުގެ ފަހުން ކްރިކެޓު ބޯޑުގެ އަސާސީ ޤަވާއިދަށް ގެނައި ބަދަލާ އެކު، ހިންގާ ކޮމެޓީގައި އިންނަވާ ފަރުދީ މެމްބަރު ކަލީމްގެ މަގާމު ވަނީ ގެއްލިފަ އެވެ. އެ ބަދަލު ގެންނަން ކްރިކެޓު ބޯޑުން ނިންމީ، އެ ބޯޑުގެ ޤާނޫނީ ލަފާ އަރުވާ ލޯ ފާމްގެ ޤާނޫނީ އިރުޝާދުގެ މަތިން ކަމަށް ކްރިކެޓު ބޯޑުން ވަނީ މަައުލޫމާތު ދީފަ އެވެ. އަދި އެ ބަދަލު ގެންނަން ނިންމީ، ހިންގާ ކޮމެޓީގައި ކުލަބުތައް ތަމްސީލު ކުރުމަށް އޮންނަ ދައުރު ބޮޑު ކުރުމުގެ މަޤުސަދުގައި ކަމަށް ވެސް އެ ބޯޑުން ވަނީ ބުނެފަ އެވެ. އެ ބަދަލާއެކު، ފަރުދީ މެމްބަރުގެ ބަދަލުގައި މިހާރު ވަނީ ހިންގާ ކޮމެޓީ އަށް ކުލަބުތަކުގެ ފަރާތުން މެމްބަރަކު އިންތިޚާބު ވެސް ކޮށްފަ އެވެ.

ކްރިކެޓު ބޯޑުގެ ހިންގާ ކޮމެޓީގައި ތިއްބަވަނީ ޖުމުލަ ނުވަ މެމްބަރުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އޮތް އިންތިޚާބުގައި ހިންގާ ކޮމެޓީ އަށް އިންތިޚާބު ކޮށްފައި ވަނީ ކުލަބުތައް ތަމްސީލު ކުރާނެ ހަ މެމްބަރުންނާއި، އެސޯސިއޭޓް ދެ މެމްބަރުން އަދި ފަރުދީ އެއް މެމްބަރެވެ. ނަމަވެސް ފަހުން އަސާސީ ޤަވާއިދަށް ގެނައި ބަދަލާއެކު، މިހާރު ހިންގާ ކޮމެޓީގައި ތިއްބަވާނީ ކުލަބުތައް ތަމްސީލު ކުރާ އަށް މެމްބަރަކާއި، އަދި އެސޯސިއޭޓް އެއް މެމްބަރެވެ.

މައުލޫމާތު ލިބިފައިވަ ގޮތުގައި މިދިޔަ އަހަރު އޮތް އިންތިޚާބުގެ ކުރިން، ކްރިކެޓު ބޯޑުގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އޮތީ ލަފާ ދީފަ އެވެ. ނަމަވެސް އިންތިޚާބު ބާއްވައި، މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރި ފަހުން އަސާސީ ޤަވާއިދަށް ބަދަލު ގެނައުމާއެކު ކަލީމްގެ މަގާމު ވަނީ ގެއްލިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ޖުލައި 2020

އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ހިންގުމަށް ބަދަލު ގެންނަން ޖެހޭ: ޔަޒޫ

28 ޖުލައި 2020
އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ހިންގުމަށް ބަދަލު ގެންނަން ޖެހޭ: ޔަޒޫ
30 ޖޫން 2020

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ކަންކަން ކުރުމަށްފަހު ނޫނީ އިންތިޚާބު ނުބޭއްވުމަށް މަޖިލީހަށް ކުއްލި މައްސަލައެއް

30 ޖޫން 2020
އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ކަންކަން ކުރުމަށްފަހު ނޫނީ އިންތިޚާބު ނުބޭއްވުމަށް މަޖިލީހަށް ކުއްލި މައްސަލައެއް
05 ފެބުރުއަރީ 2020

ފޯމެޓަށް ގެނައި ބަދަލުތަކުގެ ފޮނި މީރުކަން ފެންނާނީ ކުރިޔަށް އޮތް ސީޒަނުގައި: ބައްސާމް

05 ފެބުރުއަރީ 2020
ފޯމެޓަށް ގެނައި ބަދަލުތަކުގެ ފޮނި މީރުކަން ފެންނާނީ ކުރިޔަށް އޮތް ސީޒަނުގައި: ބައްސާމް
19 ޖެނުއަރީ 2020

ބޮޑީބިލްޑިންގ އަށް ގެނައި ބޭރުގެ ކޯޗު "ފިލައިފި"

19 ޖެނުއަރީ 2020
ބޮޑީބިލްޑިންގ އަށް ގެނައި ބޭރުގެ ކޯޗު "ފިލައިފި"
12 ޖުލައި 2019

ވީއޭއެމް އިންޓަރިމްއަކަށް ގެނައި ސަބަބު އެމްއޯސީން ހޯދަނީ!

12 ޖުލައި 2019
ވީއޭއެމް އިންޓަރިމްއަކަށް ގެނައި ސަބަބު އެމްއޯސީން ހޯދަނީ!
24 އެޕްރީލު 2019

ސީސީގެ ދައުރު 2030 ދަންމާލެވިދާނެ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް ރުހުން ހޯދައިފި

24 އެޕްރީލު 2019
ސީސީގެ ދައުރު 2030 ދަންމާލެވިދާނެ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް ރުހުން ހޯދައިފި
24 ފެބުރުއަރީ 2019

ޖަޒީރާވަންތަ ގޮތަކަށް އަސާސީ ގަވައިދު ބަދަލުކުރެވިއްޖެނަމަ، އެފްއޭއެމްއަށް ޝައުގުވެރިކަން އެބަހުރި: ހާމިދު

24 ފެބުރުއަރީ 2019
ޖަޒީރާވަންތަ ގޮތަކަށް އަސާސީ ގަވައިދު ބަދަލުކުރެވިއްޖެނަމަ، އެފްއޭއެމްއަށް ޝައުގުވެރިކަން އެބަހުރި: ހާމިދު
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް