Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު މޯލްޑިވްސް ކަޕް

ކުލަބު މޯލްޑިވްސް ކަޕުގެ ކުޅުން ފަށައިފި

ފިރިހެން ބައިގައި 32 ޓީމު، އަންހެން ބައިގައި 8 ޓީމު ވާދަކުރޭ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 07:04
އިމިގްރޭޝަނާއި ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން

އިމިގްރޭޝަނާއި ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން

ސަރުކާރު ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސް ކަޕުގެ ކުޅުން ފަށައިފިއެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ކުލަބު މޯލްޑިވްސް ކަޕް މި އަހަރު ބާއްވާއިރު، މި ފަހަރުގެ މުބާރާތުގެ ފިރިހެން ބައިގައި މި ފަހަރުވެސް 32 ޓީމު ވާދަކުރެއެވެ. އެއާއެކު މި މުބާރާތުގެ ފިރިހެން ބައި ކުރިއަށްގެންދަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި މި ފަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަން "ވިމެންސް ފުޓްސަލް ފިއެސްޓާ" ގައި އަށް ޓީމެއް ވަނީ ބައިވެރިވެފައެވެ.

ހުޅުމާލޭ ރެހެންދި ފުޓްސެލް ދަނޑުގައި އާދީއްތަ ދުވަހުގެރޭ ފެށި މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ. އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގެންފައެވެ.

މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަތުން ބަލިވެފައެވެ. މި މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި އާދީއްތަ ދުވަހުގެރޭ ކުޅުނު ފިރިހެން ބައިގެ ދެވަނަ މެޗުގައި ބައްދަލުކުރީ އިމިގްރޭޝަނާއި ދިރާގެވެ. މި މެޗު ނިމިގެންދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަން "ވިމެންސް ފުޓްސަލް ފިއެސްޓާ" ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ފެނަކައެވެ. މި މެޗު ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްޕީއެލުންނެވެ. އަދި އަންހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކްލަބު ބައްދަލުކުރިއިރު، އެ މެޗު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި އަހަރުގެ ކުލަބު މޯލްޑިވްސް ކަޕުގެ ކުޅުން އާދީއްތަ ދުވަހުގެރޭ ފެށިއިރު، މި އަހަރުގެ މުބާރާތް އެންމެ ފުރަތަމަ ތާވަލުކުރީ މެއި މަހަށެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެ ފަހަރު މުބާރާތް ފަސްކުރަން ޖެހުނެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެ، މި މުބާރާތް އެ އަހަރު ބާއްވާފައެއް ނުވެއެވެ.

ކުލަބް މޯލްޑިވްސް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލް އާއި ވެމްކޯ ސެމީއަށް

ބީއެމްއެލް އާއި ވެމްކޯ ސެމީއަށް

13 އޯގަސްޓު 2023
ޗެމްޕިއަން ފެނަކައާއެކު އާރުއާރުސީއާއި އެސްޓީއޯއާއި ޓީމް އެފްއެސްއެމް ކުއާޓާ އަށް

ޗެމްޕިއަން ފެނަކައާއެކު އާރުއާރުސީއާއި އެސްޓީއޯއާއި ޓީމް އެފްއެސްއެމް ކުއާޓާ އަށް

06 އޯގަސްޓު 2023
ބީއެމްއެލް، އާބަންކޯ، ވެމްކޯ އަދި ސްޓެލްކޯ ކްއާޓާ ފައިނަލަށް

ބީއެމްއެލް، އާބަންކޯ، ވެމްކޯ އަދި ސްޓެލްކޯ ކްއާޓާ ފައިނަލަށް

05 އޯގަސްޓު 2023
ސްޓެލްކޯ ކްލަބް ފުރަތަމަ މޮޅު ހޯދައިފި

ސްޓެލްކޯ ކްލަބް ފުރަތަމަ މޮޅު ހޯދައިފި

20 ޖުލައި 2023
ފެނަކަ އެއްވަރު، އާރުއާރުސީ މޮޅު

ފެނަކަ އެއްވަރު، އާރުއާރުސީ މޮޅު

19 ޖުލައި 2023

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު