Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑި ބްރޭނާ ކޮވިޑަށް ޕޮޒިޓިވްވުން

ޑި ބްރޭނާ ކޮވިޑަށް ޕޮޒިޓިވް، ޕީއެސްޖީ މެޗު ގެއްލޭނެ

ކުޅުމަށް އެނބުރި އާދެވޭނީ ވެސްޓް ހޭމާ ދެކޮޅަށް ކުޅޭ މެޗަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2021 | ހޮނިހިރު 12:10
ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ

ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މެންޗެސްޓާ ސިޓީއަށް ކުރިއަށް އޮތް ދެ މެޗުގައި ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ޑި ބްރޭނާއަށް ކޮވިޑް ޖެހުނުކަން ކަށަވަރުވީ ބެލްޖިއަމުގެ ގައުމީ ޓީމާއެކު ހޭދަކުރި ބައިނަލްއަގުވާމީ ބްރޭކަށްފަހު އެނބުރި އައިސް ޓީމާ ގުޅުމުގެ ކުރިން ހެދި ޓެސްޓުތަކުންނެވެ. އެ ޓެސްޓުން ޑި ބްރޭނާ ކޮވިޑަށް ޕޮޒިޓިވްވުމާއެކު، އޭނާ ވަނީ މަދުވެގެން 10 ދުވަހަށް އައިސޮލޭޝަނަށް ދާން ޖެހިފައެވެ. އެހެންކަމުން އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި، ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޕީއެސްޖީއާ ބައްދަލުކުރާ މެޗުގައުވެސް ޑި ބްރޭނާއަށް ނުކުޅެވޭނެއެވެ.

އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޑި ބްރޭނާއަށް ދެން އެންމެ އަވަހަށް ކުޅުމަށް އެނބުރި އާދެވޭނީ މި މަހުގެ 28 ވާ އާދިއްތަ ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ. އަދި ޑި ބްރޭނާ ނެތުމަކީ ޓީމަށް އޮތް ގެއްލުމެއް ކަމަށާއި، އެކަމަކު މި ދަނޑިވަޅުގައި ހުރިހާ ފޯކަސްއެއް ހުރީ އޭނާ ރަނގަޅު ސިއްހަތެއްގައި އެނބުރި އައުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޑި ބްރޭނާއަށް މުހިންމު މެޗުތަކެއް ގެއްލޭއިރު، މި ސީޒަނުގައި އަދި މިހާތަނަށް އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެވެ. އެގޮތުން ސިޓީން ކުޅުނު ބައެއް މެޗުތަކުގައި އޭނާ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޑި ބްރޭނާއަށް ސިޓީން ކުޅޭ ދެ މެޗެއް ގެއްލޭއިރު، ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގައި ލިބުނު އަނިޔާއެއްގެ ސަބަބުން އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝްއަށް ވެސް އާދީއްތަ ދުވަހުގެރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެކަން ޔަގީނެއް ނޫނެވެ. އަދި މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފިލް ފޯޑެންއަށްވެސް ވަނީ އަނިޔާގެ މައްސަލައެއް ކުރިމަތިވެފައެވެ. އެކަމަކު އެ ދެ ކުޅުންތެރިންގެ އަނިޔާ ސީރިއަސް ނޫން ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 11 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް ވެސްޓް ހޭމަށްވެސް ވަނީ ސިޓީއާ އެއް އަދަދަކަށް ޕޮއިންޓް ލިބިފައެވެ.

ކެވިން ޑި ބްރޭނާމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު