Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުގެ މަސައްކަތް

ޖަލުގައި ހަދާ ކުޑަކުދިންގެ ޚާއްސަ ޔުނިޓް ނިމުމަކާ ގާތަށް

19 ނޮވެމްބަރު 2021 | ހުކުރު 08:28

ކުށްކުރާ ކުޑަކުދިންނާ ޑީލް ކުރާ ހުރިހާ އެންމެންނަށް ޚާއްސަ ޓްރެއިނިން ތަކެއް ދެވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 ނޮވެމްބަރު 2021 | ހުކުރު 08:28
ޖަލުގެ ހާލަތު ބެއްލެވުމަށް މިނިސްޓަރު އިމްރާން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން

ޖަލުގެ ހާލަތު ބެއްލެވުމަށް މިނިސްޓަރު އިމްރާން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން

ޖަލުގައި ހަދާ ކުޑަކުދިންގެ ޚާއްސަ ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުގައި އިމްރާން ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު އައުމާއެކު ޖަލުގައި ކުޑަކުދިންނަށް ޚާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމް ކުރުމުގެ މަސައްކަތް ފަށައިގެން އައިސް ގާތްގަނޑަކަށް އެ ޔުނިޓް ނިމުމަކާ ހަމައަށް މިހާރު އާދެވިފައިވާ ކަމަށާއި، އެތަނަކީ ގާނޫނުގައި ބުނާފަދަ ކަންކަން ހިމެނޭ ގޮތަށް، ކުޑަކުދިން ތިބުމަށް އެކަށީގެންވާ ތަނެއް ކަމަށެވެ. މިހާރު ފެންމަތިވެގެން އުޅެނީ، ކުރިންވެސް ޖަލުގައި ހުރި ޔުނިޓްގެ ވާހަކަ ކަމަށާއި، އެއީ މި ސަރުކާރުން ހަދާފައިވާ ޔުނިޓެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ބޮޑެތި ޖިނާއީ ކުށްތަކުގައި ހައްޔަރުކުރާ ކުޑަކުދިން ބައިތިއްބާނެ ޚާއްސަ ތަނެއް ނެތުމުން ގޭ ބަންދަށް ނުވަތަ ރަށު ބަންދަށް ބަދަލުކުރަން ޖެހޭ ކަމުގެ ކަންބޮޑުވުން ޕީޖީންވެސް ވަނީ ފައުޅުކޮށްފައެވެ.

އިމްރާން ވިދާޅުވީ، ކުށަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމަށް މަަސައްކަތްތައް ފްރޭމް ކުރެވި، މިހާރު އެމަސައްކަތްތައް ފަށާފައިވާ ކަމަށެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނު 2019ވަނަ އަހަރު ވުޖޫދު ވެގެންދިޔުމާއެކު، އެގާނޫނުން ކުޑަކުދިންގެ ތެރެއިން ކުށަށް ހުށަހެޅޭ ކުދިންނަށް ބޮޑެތި އަދަބު ދިިނުމުގެ ބަދަލުގައި، ޚާއްސަ ޕްރޮގްރާމެއްގެ ތެރެއިން އެކުދިން މުޖުތަމައަށް ނެރުމަށް މަސައްކަތް ކުރެވޭ ކަމަށެވެ.

ކުރިން ޔުނިޓެއްގެ ގޮތުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓް އޮތް ނަމަވެވެސް އެއީ މިހާރު ވަކި ޑިޕާރޓްމެންޓެއް ކަމަށެވެ. އެގޮތުން ޑިޕާރޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް ޔުނިޓް އުފައްދައި، އެ ޑިޕާރޓްމެންޓްގެ ދަށުން ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ގާއިމްކުރަން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ދ.ކުޑަހުވަދޫގައި އެ ސެންޓަރު ގާއިމް ކުރެވި ފަރުވާގެ ނިޒާމް ފެށިގެން ކުރިއަށްދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެތަނުން ފަރުވާ ހޯދާ ކުދިން އަނބުރާ މުޖުތަމައަށް ނެރުމަށް ހާފް ވޭ ހައުސް ތަކެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. ހާފްވޭ ހައުސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރު އޭގެތެރެއިން 2 ސެންޓަރު ގާއިމް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މުޖުތަމައުގެ ތެރޭގައި އުޅެމުންދާ ކުދިންގެ ތެރެއިން ކުށްތަކަށް ހުށަހެޅިދާނެ ކުދިން ދެނެގަނެ އެކުދިންނަށް ފަރުވާގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްވެސް ގާނޫނު ލާޒިމްކުރެއެވެ.

ކުށްކުރާ ކުޑަކުދިންނާ ޑީލް ކުރާ ހުރިހާ އެންމެންނަށް ޚާއްސަ ޓްރެއިނިން ތަކެއް ދިނުމަށް ރާވާފައިވާއިރު، އެކަމަށް ޚާއްސަ ކޮމިޓީއެއް ކަނޑައަޅައި އެކަން ހޯމް މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. ކޯޓުތަކުގައާއި އެހެން ތަންތަނުގައި އެކުދިން ރެޕްރެޒެންޓް ކުރާނީ އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2023

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން
06 އޮކްޓޯބަރު 2023

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ
17 ސެޕްޓެމްބަރު 2023

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން
13 ސެޕްޓެމްބަރު 2023

ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

13 ސެޕްޓެމްބަރު 2023
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް
01 ސެޕްޓެމްބަރު 2023

ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

01 ސެޕްޓެމްބަރު 2023
ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން
31 އޯގަސްޓު 2023

ރާއްޖެ ތަރައްގީކުރެވޭނީ ތަބީއީ ގޮތުން ރާއްޖެ އުފެދިފައިވާގޮތާ އެއްގޮތަށް ތަރައްގީކުރަން އެނގޭ ވެރިއަކަށް: އިމްރާން

31 އޯގަސްޓު 2023
ރާއްޖެ ތަރައްގީކުރެވޭނީ ތަބީއީ ގޮތުން ރާއްޖެ އުފެދިފައިވާގޮތާ އެއްގޮތަށް ތަރައްގީކުރަން އެނގޭ ވެރިއަކަށް: އިމްރާން
12 އޯގަސްޓު 2023

ދާންދުއަށާއި ދާންދޫ ކައުންސިލުގެ ރައީސަށް އިމްރާންގެ ތައުރީފު

12 އޯގަސްޓު 2023
ދާންދުއަށާއި ދާންދޫ ކައުންސިލުގެ ރައީސަށް އިމްރާންގެ ތައުރީފު
11 އޯގަސްޓު 2023

ރައީސް ވަޑައިގަންނަވާއިރު ހުރަސްއަޅާ ފަރާތްތައް ދުރަށް ޖައްސަނީ ދައުލަތެއްގެ ހަމަ ހިފަހައްޓަން : ހޯމް މިނިސްޓަރ އިމްރާން

11 އޯގަސްޓު 2023
ރައީސް ވަޑައިގަންނަވާއިރު ހުރަސްއަޅާ ފަރާތްތައް ދުރަށް ޖައްސަނީ ދައުލަތެއްގެ ހަމަ ހިފަހައްޓަން : ހޯމް މިނިސްޓަރ އިމްރާން
09 އޯގަސްޓު 2023

ރައީސް ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވޭނެ އެއްވެސް ކެންޑިޑޭޓަކު އިންތިޚާބަށް ކުރިމަތިނުލައްވާ: އިމްރާން

09 އޯގަސްޓު 2023
ރައީސް ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވޭނެ އެއްވެސް ކެންޑިޑޭޓަކު އިންތިޚާބަށް ކުރިމަތިނުލައްވާ: އިމްރާން
17 ޖުލައި 2023

މިހާރު ރައީސާއި އެކު ކޯލިޝަންގައި ނެތް ޕާޓީތަކުގެ މީހުން މަޤާމުގައި އަދިވެސް ބައިތިއްބާފައި ތިބީ ރައީސްގެ އޯގާތެރިކަމުން - އިމްރާން

17 ޖުލައި 2023
މިހާރު ރައީސާއި އެކު ކޯލިޝަންގައި ނެތް ޕާޓީތަކުގެ މީހުން މަޤާމުގައި އަދިވެސް ބައިތިއްބާފައި ތިބީ ރައީސްގެ އޯގާތެރިކަމުން - އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް