Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ އިގްތިސާދު

ބަލިމަޑުކަމެއްގެ ތެރެއިން އިގްތިސާދު ކޮޅަށް ޖަހައި ނަމޫނާ ދައްކައިފި

ކޮވިޑް-19 އާއެކު މުޅި ދުނިޔޭގެ އިގްތިސާދުވެސް ހުއްޓުނު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2021 | ހުކުރު 04:46
ރާއްޖެ އަންނަ ފަތުރުވެރިން

ރާއްޖެ އަންނަ ފަތުރުވެރިން

ކޮވިޑް-19 އަކީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ބަލިމަޑުކަމެކެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ދެކިފައިނުވާ، އަދި ތަޖުރިބާކޮށްފައިވެސް ނުވާހާ ނުރައްކާތެރި ބައްޔެކެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތައްވެސް ހުއްޓުވާލިއެވެ. އިގްތިސާދުތައް ހުއްޓި، ދަތުރުފަތުރާއި، އިޖުތިމާއީ މިނޫންވެސް ކަންކަން ހުއްޓުވާލިއެވެ. ރާއްޖެއިންވެސް ހަމަ މިކަންކަން ތަޖުރިބާކުރަންޖެހުނެވެ. ރާއްޖޭގެ އިގްތިސާދު އޭގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަން ހުއްޓުމަކަށް އައެވެ. ރައްޔިތުން ގޭގައި ބަންދުވެފައި ތިބެން ޖެހުނެވެ.

މިއީ މީގެ ކުރިން އައި ސަރުކާރަކުން ތަހައްމަލްކުރަންޖެހުނު ވަބާއެއް ނޫނެވެ. އެހެންނަމަވެސް މިކަމުން އަރައިގަނެ ރާއްޖޭގެ އިގްތިސާދު ފަށައިގަންނާނެ ގޮތްތަކެއް ސަރުކާރުން ހޯދިއެވެ. އެގޮތުން ކޮވިޑް-19އަށް ވެކްސިނެއް ހޯދުމާއެކު އިގްތިސާދު ކޮޅަށް ޖެހުމުގެ މަސައްކަތް ފަށައިގަތެވެ. ރާއްޖެ އަނެއްކާވެސް ފަތުރުވެރިންނަށް ހުޅުވާލިއެވެ. ރިސޯޓުތަކާއި، ގެސްޓްހައުސްތައް ފަދަ ތަންތަން ހުޅުވާލައި، ރާއްޖެ "އެކްޓިވް" ވިއެވެ.

އެހެންނަމަވެސް ގިނަ ގޮންޖެހުންތަކަކާއެކުއެވެ. މިފަދަ އާލަމީ ވަބާއެއްގެ ތެރޭގައި އިގްތިސާދު ފަށައިގަތުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ރާއްޖޭގައި ކޮވިޑް-19 މުޅިން ކޮންޓްރޯލްނުވާތީ ކޭސްތައް ދޭތެރެ ދޭތެރެއިން މައްޗަށް ދިޔަތަން އައެވެ. އެފަދަ ކޮންމެ ހާލަތެއްގައިވެސް އަޅަންޖެހެނީ ހަރުކަށި ފިޔަވަޅުތަކެވެ. އެހެންނަމަވެސް ވެކްސިން ތައާރަފުވެ ރާއްޖެއިން ފެންނަ ކޭސްތައް މިހާރު ވަނީ ވަރަށް ބޮޑަށް މަދުކުރެވިފައެވެ. މީގެ އިތުރުން އެހެން ގައުމުތަކުން ރާއްޖެ ބަލައިނުގަތުމަކީވެސް މިކަމުގެ ކުރީކޮޅުގައި ދިމާވި އެއް ކަމެވެ. އެހެންނަމަވެސް ރާއްޖެއިން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ގައުމުތަކުގެ އިތުބާރުވެސް މިހާރު މިވަނީ ރާއްޖެއަށް ލިބިފައެވެ.

ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ބޯޑަރު ހުޅުވާލީ 2020 ވަނަ އަހަރުގެ ޖުލައި 15 ގައެވެ. ބޯޑަރު ހުޅުވާލިތާ މިހާރު އަހަރަކާ 4 މަސް ފާއިތުވެފައިވާއިރު، މިހާރު ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާލާއިރު، ފެންނަނީ ކޮވިޑްގެ ހާލަތުގެ ކުރިން ފަތުރުވެރިން ރާއްޖެ އައި މިންވަރާ ގާތްކުރާ ތަނެވެ. ވަކިން ޚާއްސަކޮށް މި އަހަރުގެ ޖުލައި މަހުން ފެށިގެން މިކަން ފާހަގަކުރެވެން ވަނީ ފަށާފައެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހު 132،144 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަހަރުގެ ޖުލައި މަހު 101،818 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2019 ވަނަ އަހަރުގެ އޮގަސްޓު މަހު 139،338 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަހަރުގެ އޮގަސްޓު މަހު 143،599 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު 117،619 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު 114،896 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެ އިތުރުން އޮކްޓޯބަރު މަހު 141،928 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު 142،066 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދާ 2019 ވަނަ އަހަރު އައި ފަތުރުވެރިންގެ އަދަދުގައި އުޅެނީ ވަރަށްވެސް ކުޑަ ފަރަގެކެވެ.

މި ހިނގާ ނޮވެމްބަރު މަހަށް ބަލާލާއިރު، ނޮވެމްބަރު 1 އިން 17 އާ ދެމެދުގައި 2019 ވަނަ އަހަރު އައިސްފައިވަނީ 78،224 ފަތުރުވެރިންނެވެ. މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 79،177 އަށް އަރާފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،092،105 އަށް ވަނީ އަރާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން މި ދާ ރޭޓުން ދާނަމަ އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން މިހާރު ވަނީ އަމާޒު ހިފާފައެވެ.

މި އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރަމުންދާއިރު، ރާއްޖެއިން ގެންދަނީ އެކި އެކި ފޯރަމްތަކުގައާއި އެކި ޕްލެޓްފޯމުތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ ވޯލްޑް އެކްސްޕޯގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހަރަކާތް ފުޅާކޮށް އިތުރު އިންވެސްޓްމެންޓުތައް ގެނައުމަށް ފަތުރުވެރިކަމުގެ ބޭނުމަށް ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކުރުމަށް އެ ރަށްތައް އިޝްތިހާރުކުރުމުގެ މަސައްކަތްވެސް މި އެކްސްޕޯގެ ތެރެއިން ދަނީ ކުރަމުންނެވެ.

މި ދާއިރާގެ މާހިރުން ބުނާގޮތުންނަމަ ރާއްޖޭގެ އިގްތިސާދު މިހާރު މިވަނީ ފަށއިގަނެވިފައެވެ. މިގޮތަށް އިގްތިސާދީ ހަރަކާތްތައް ކުރިއަށްދާނަމަ 2022 ނުވަތަ 2023 ވަނަ އަހަރު އިގްތިސާދު އެއްކޮށް ރަނގަޅުވެ ފައްކާވެގެންދާނެކަމަށް އިގްތިސާދީ މާހިރުން ގަބޫލުކުރެއެވެ.

ޓޫރިސްޓް އެރައިވަލްއިގްތިސާދީ ތަސައްވުރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހު: އިމާދު ސާލިޙު

އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހު: އިމާދު ސާލިޙު

22 ސެޕްޓެމްބަރު 2024
ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ

ސަރުކާރުގެ އިދާރާތަކުން އެކައްޗެއް ކިޔާ، އިޤްތިސާދީ އަސްލު ޙާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ފަތުހުﷲ

21 ޖުލައި 2024
ނިރުބަވެރި އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ދައުލަތުން އަންގައިފި

ނިރުބަވެރި އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ދައުލަތުން އަންގައިފި

19 ޑިސެމްބަރު 2023
މި ސަރަހައްދުން މި އަހަރު އެންމެ ބޮޑަށް އިގްތިސާދީގޮތުން ކުރިއަރާނެ ގައުމެއްކަަމަށް ބެލެވެނީ ރާއްޖެ

މި ސަރަހައްދުން މި އަހަރު އެންމެ ބޮޑަށް އިގްތިސާދީގޮތުން ކުރިއަރާނެ ގައުމެއްކަަމަށް ބެލެވެނީ ރާއްޖެ

11 ޖެނުއަރީ 2023
އަނެއްކާވެސް ރަޝިއާ ފަތުރުވެރިން އިތުރުވެ ޓޮޕް މާކެޓަށް އަރައިފި

އަނެއްކާވެސް ރަޝިއާ ފަތުރުވެރިން އިތުރުވެ ޓޮޕް މާކެޓަށް އަރައިފި

10 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު