Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެއަށް އަންނަ ފަތުރުވެރިން

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 700،000ށް އަރައިފި

މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 55 އިންސައްތަ އިތުރުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ޖޫން 2022 | ހޮނިހިރު 08:43
ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 706،468ށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 2021 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 55 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް 2019ވަނަ އަހަރާ އަޅާބަލާއިރު މިއީ 6.1 އިންސައްތައިގެ ދަށްވުމެކެވެ.

Advertisement - businessAdvertisement

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވިއެވެ. ނަމަވެސް މިއަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ދާއިރާ ދަނީ ކުރިއަރަމުންނެވެ. މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ 2019ވަނަ އަހަރު އޮތް ވަރަށް ރިކަވަރކުރެވޭނެކަމަށް ވަނީ ލަފާ ކޮށްފައެވެ.

މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ފާއިތުވި 2 އަހަރާ އަޅާބަލާއިރު އިތުރުވެފައިވާއިރު، މިއަހަރު ދުވާލަކު އެވްރެޖުކޮށް 4،648 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ވަނީ އެވްރެޖުކޮށް 8.2ށް އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. އެ ހައުމުން މިހާތަނަށް 99،614 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިނިިރޭސިވިލާތުން އައީ 88،043 ފަތުރުވެރިންނެވެ. މި ލިސްޓުގެ 3 ވަނައިގައި ރަޝިއާ އޮތްއިރު، އެ ގައުމުން ވަނީ މިހާތަނަށް 67،088 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

ރަޝިއާއާ ޔޫކްރޭނާ ދެމެދު މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން ފާއިތުވި މަސްތަކުގައި ރަޝިއާ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. ނަމަވެސް އަލުން އެ ގައުމުން ދަތުރުތައް ފެށުމާއެކު މި އަދަދު ދަނީ އިތުރުވަމުންނެވެ.

މިއަހަރުގެ މެއި މަސް ނިމުނުއިރު ރާއްޖެއަށް ބައިނަލްއަގުވާމީ 24 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. މީގެ ތެރޭގައި ގަތަރު އެއަރވޭސްއާއި އެމިރޭޓްސްއާއި އިއްތިހާދު އެއަރވޭސްއާއި ގޯ އެއާއާއި އިންޑިގޯއާއި ކޮންޑޯއާއި ބްރިޓިޝް އެއަރވޭސްއާއި އެއިރޯފްލޮޓް ފަދަ ބޮޑެތި އެއާލައިންތައް ހިމެނެއެވެ.

މިއަހަރު ފަތުރުވެރިން އަންނަ އަދަދަށް ބަލައި ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި، އަހަރު ނިމޭއިރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެއެވެ. މިދިޔަ އަހަރުވެސް ރާއްޖެއަށް 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމުން އެކި ހައުމުތަކުން ވަނީ ރާއްޖެއަކީ ނަމޫނާ ގައުމެއް ކަމަށް ބުނެފައެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ލަގަބުވެސް ރާއްޖޭން ވަނީ ކާމިޔާބުކޮށްފައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިސްޓް އެރައިވަލް

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު