Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ އަންނަ ފަތުރުވެރިން

އަނެއްކާވެސް ރަޝިއާ ފަތުރުވެރިން އިތުރުވެ ޓޮޕް މާކެޓަށް އަރައިފި

އަހަރުގެ މިހާތަނަށް ރަޝިއާއިން 8،442 ފަތުރުވެރިން ވަނީ އައިސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2023 | އަންގާރަ 02:45
ގެސްޓްހައުސްއަކަށް އައި ފަތުރުވެރިންތަކެއް

ގެސްޓްހައުސްއަކަށް އައި ފަތުރުވެރިންތަކެއް

އަނެއްކާވެސް ރަޝިއާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެ، ޓޮޕް މާކެޓަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ 8 ދުވަހު ރަޝިއާ މާކެޓުން 8،442 ފަތުރުވެރިން ވަނީ އައިސްފައެވެ. އެއީ 19.9 އިންސައްތަ މާކެޓް ޝެއަރއެވެ.

2023 ވަނަ އަހަރު ފެށުނުއިރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޓޮޕް މާކެޓުގެ ގޮތުގައި އޮތީ އިޓަލީއެވެ. އަދި ރަޝިއާ މާކެޓު އޮތީ ދެވަނައިގައެވެ. އަހަރުގެ 8 ވަނަ ދުވަހާ ހަމައަށް އައިއިރު އިޓަލީ މާކެޓު އޮތީ 2 ވަނައިގައެވެ. އެ މާކެޓުން މިހާތަނަށް 5،792 ފަތުރުވެރިން ވަނީ އައިސްފައެވެ.

2022 ވަނަ އަހަރު ނިމުނުއިރު ޓޮޕް މާކެޓުގެ ގޮތުގައި އޮތް އިންޑިއާ މިހާރު ވަނީ ލިސްޓުގެ ތިންވަނައަށް ވެއްޓިފައެވެ. އެމާކެޓުން މިހާތަނަށް އައިސްފައިވަނީ 3،356 ފަތުރުވެރިންނެވެ. އިނގިރޭސިވިލާތް 4 ވަނައިގައި އޮތްއިރު، އެ މާކެޓުން 2،818 ފަތުރުވެރިން އައިސްފައިވެއެވެ. މި މާކެޓުތަކުގެ އިތުރުން ޖަރުމަނު، އެމެރިކާ، ފްރާންސް، ކަޒަކްސްތާން، ސްވިޒަރލޭންޑް އަދި އޮސްޓްރޭލިއާ ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން ޖެނުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް މިމަހު 42،404 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ ފާއިތުވި 2 އަހަރާ އަޅާ ބެލިޔަސް އިތުރު އަދަދެކެވެ. 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، މިއީ 11.1 އިންސައްތަ އިތުރު އަދަދެކެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 38،181 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 23،233 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ކޮންމެ ދުވަހަކުވެސް އެވަރޭޖްކޮށް 5،301 ފަތުރުވެރިން އަންނަމުންދާކަަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 1،208 ތަނަކުން ފަތުރުވެރިންނަށް އެކޮމޮޑޭޝަން ޚިދުމަތްދެމުންދާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 168 ރިސޯޓާއި، 13 ހޮޓާ، 869 ގެސްޓްހައުސް އަދި 158 ސަފާރީއެވެ. މި ފެސިލިޓީތަކުގައި ޖުމްލަ 59،625 ބެޑް ކެޕޭސިޓީ ހުރެއެވެ. ރިސޯޓުތަކުގައި 41،046 ބެޑް ކެޕޭސިޓީ ހުރިއިރު ގެސްޓްހައުސްތަކުގައި 14،018 ބެޑް ކެޕޭސިޓީ ހުރިކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

2022 ވަނަ އަހަރު ނިންމާލާފައިވަނީ 1،675،294 ފަތުރުވެރިންނާއެކުގައެވެ. ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް އަހަރު ނިމުމުގެ ކުރިން ވާސިލްވެފައިވެއެވެ. އެހެންކަމުން މިއަހަރު ނިމުމުގެ ކުރިން 1.9 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްްވުމަށް މަސައްކަތްކުރުމަށް ސަރުކާރުންނާއި، އިންޑަސްޓްރީ ޕާޓްނަރުން ވަނީ އަމާޒު ހިފާފައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިސްޓް އެރައިވަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު