Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒިޔެކް ހޯދަން މަސައްކަތްކުރުން

ޒިޔެކް ހޯދަން ބާސާއިން މަސައްކަތްކުރަނީ

ޒިޔެކް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ނޮވެމްބަރު 2021 | ބުރާސްފަތި 14:01
ޗެލްސީއަށް ކުޅެމުން އަންނަ މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެކް

ޗެލްސީއަށް ކުޅެމުން އަންނަ މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެކް

ޗެލްސީއަށް ކުޅެމުން އަންނަ މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެކް ހޯދަން ބާސެލޯނާއިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން އަޔަކްސްގައި ވިދާލި އުމުރުން 28 އަހަރުގެ ޒިޔެކްގެ ސޮއި ޗެލްސީން ހޯދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޒިޔެކް ހޯދުމަށް ޗެލްސީން 44 މިލިޔަން ޔޫރޯ ޚަރަދުކުރި ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާ ވަނީ ޗެލްސީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޒިޔެކަކީ ބާސާގެ އައު ކޯޗު ޒަވީ ހެނާންޑޭޒް ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. އަދި އެ ޓީމުގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަކުރުމަށް ޒިޔެކުގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް ރަހީމް ސްޓާލިން ގެނައުމަށްވެސް ޒަވީ ބޭނުންވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެއާއެކު ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޒިޔެކް ހޯދުމަށް ބާސާއިން މަސައްކަތްކުރާނެ ކަމަށް ބެލެވޭއިރު، އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ލޯނު އުސޫލުން ޒިޔެކް ދޫކޮށްލަން ޗެލްސީ އޮތީ ތައްޔާރަށެވެ.

ޒިޔެކް ހޯދަން ބާސާއިން މަސައްކަތްކުރަމުން އަންނައިރު، އޭނާއަކީ އަޔަކްސްއިން 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ އެ ޓީމާއެކު ހަމަ އެ ސީޒަނުގެ ނެދަލެންޑްސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ޗެލްސީއަށް ބަދަލުވެ އެ ޓީމަށް މިހާތަނަށް ކުޅެދިން 49 މެޗުން އަށް ލަނޑު ކާމިޔާބުކޮށްފައިވާ ޒިޔެކް ވަނީ އެ ޓީމާއެކު ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ހަކީމް ޒިޔެކްބާސެލޯނާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު