Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނާދު ދަ ގްރާންޑޭއާ ހަވާލުވުން

ދަ ގްރާންޑޭގެ އައު ކޯޗަކަށް ނާދު

17 ނޮވެމްބަރު 2021 | ބުދަ 13:58

އިންމަ ވަނީ އަންނަ އޮތް ސީޒަނަށް ސަސްއާ ހަވާލުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ނޮވެމްބަރު 2021 | ބުދަ 13:58
ދަ ގްރާންޑޭގެ ކޯޗުގެ މަގާމާ ހަވާލުވި ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު)

ދަ ގްރާންޑޭގެ ކޯޗުގެ މަގާމާ ހަވާލުވި ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު)

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ އައު ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު) ހަމަޖައްސައިފިއެވެ.

ދަ ގްރާންޑޭގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ދެ ސީޒަނުގައިވެސް އެ ޓީމަށް އިރުޝާދުދިން ތަޖުރިބާކާރު ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ކުރިއަށް އޮތް ސީޒަނަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ހަވާލުވުމުންނެވެ. އެއާއެކު ދަ ގްރާންޑޭއިން ވަނީ އަންނަ ސީޒަނަށް އެ ޓީމުގެ ކޯޗުގެ މަގާމަށް ނާދު ހަމަޖައްސާފައެވެ. ނާދަކީ މީގެ ކުރިން ދަ ގްރާންޑޭގެ ޒުވާން ޓީމަށް އިރުޝާދުދީފައިވާ ކޯޗެކެވެ.

ނާދު ދަ ގްރާންޑޭއާ ހަވާލުވިއިރު، މިދިޔަ ސީޒަނުގައި އޭނާ އިރުޝާދުދީފައިވަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރި ސަސްއަށެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ސަސްއިން ވަނީ ދެ ފަރާތް އެއްބަސްވެގެން ނާދުގެ އެއްބަސްވުން އުވާލާފައެވެ. އެ ފަހަރު ސަސްއިން ނާދުގެ އެއްބަސްވުން އުވާލިއިރު، ސީޒަން ފެށުމުގެ ކުރިން ގަދަ ހައެއްގައި ނިންމާލަން އަމާޒުހިފި ސަސްއިން ނާދުގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައެވެ.

ކުރިއަށް އޮތް ސީޒަނަށް ދަ ގްރާންޑޭގެ ކޯޗުގެ މަގާމަށް ނާދު ހަމަޖެއްސިއިރު، ވިކްޓަރީ ސްޕޯޓްސް ކުލަބަށް މީގެ ކުރިން ކުޅުނު ނާދު ވަނީ ވިކްޓަރީގެ އިތުރުން، ޔުނައިޓެޑް ވިކްޓަރީ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށްވެސް ކޯޗުކަން ކޮށްދީފައެވެ. އަދި މިދިޔަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް އިރުޝާދުދިން ނާދު ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމަށް ލޯ މެޑަލް ހޯދައިދީފައެވެ. އަދި ނާދު ވަނީ 2017 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބާއެކު ހޯދާފައެވެ. 

ކުރިއަށް ސީޒަނަށް ނާދު ދަ ގްރާންޑޭއާއާ ހަވާލުވިއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އަޙްމަދު ނާޝިދު (ނާދު)ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

31 އޯގަސްޓު 2022

ސަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮންނާނެ، ދަ ގްރާންޑޭ ރެލިގޭޓްވެއްޖެ

31 އޯގަސްޓު 2022
ސަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮންނާނެ، ދަ ގްރާންޑޭ ރެލިގޭޓްވެއްޖެ
13 އޯގަސްޓު 2022

ދަ ގްރާންޑޭ ބަލިކޮށް، ވެލެންސިޔާ ސެމީފައިނަލަށް

13 އޯގަސްޓު 2022
ދަ ގްރާންޑޭ ބަލިކޮށް، ވެލެންސިޔާ ސެމީފައިނަލަށް
03 އޯގަސްޓު 2022

ދެވަނަ ޑިވިޝަންގައި ޖެހިލުންވާވަރުގެ ޓީމެއް ނެތް، ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަންގައި އޮންނާނެ- ނާދު

03 އޯގަސްޓު 2022
ދެވަނަ ޑިވިޝަންގައި ޖެހިލުންވާވަރުގެ ޓީމެއް ނެތް، ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަންގައި އޮންނާނެ- ނާދު
31 ޖުލައި 2022

ލީގުގައި ކުޅުނު ފަހު މެޗުން ދަ ގްރާންޑޭއަށް ފުރަތަމަ މޮޅު!

31 ޖުލައި 2022
ލީގުގައި ކުޅުނު ފަހު މެޗުން ދަ ގްރާންޑޭއަށް ފުރަތަމަ މޮޅު!
27 ޖުލައި 2022

ދަ ގްރާންޑޭއިން ލީގުގައި ދެވަނަ ޕޮއިންޓް ހޯދައިފި

27 ޖުލައި 2022
ދަ ގްރާންޑޭއިން ލީގުގައި ދެވަނަ ޕޮއިންޓް ހޯދައިފި
16 ޖުލައި 2022

އުނދަގޫ މޮޅަކުން ވެލެންސިޔާ ހަތަރަކަށް

16 ޖުލައި 2022
އުނދަގޫ މޮޅަކުން ވެލެންސިޔާ ހަތަރަކަށް
14 ޖުލައި 2022

ދަ ގްރާންޑޭގެ ހާލަތު ބަދަލުކުރަން ބޭނުންވަނީ މޮޅެއް- ނާދު

14 ޖުލައި 2022
ދަ ގްރާންޑޭގެ ހާލަތު ބަދަލުކުރަން ބޭނުންވަނީ މޮޅެއް- ނާދު
11 ޖުލައި 2022

ޔުނައިޓެޑް ވިކްޓްރީ ހަތަރަކަށް

11 ޖުލައި 2022
ޔުނައިޓެޑް ވިކްޓްރީ ހަތަރަކަށް
27 ޖޫން 2022

ދަ ގްރާންޑޭ ބަލިކޮށް، އީގަލްސްއިން ފަރަޤު ފަސް ޕޮއިންޓްގައި ހިފަހައްޓައިފި

27 ޖޫން 2022
ދަ ގްރާންޑޭ ބަލިކޮށް، އީގަލްސްއިން ފަރަޤު ފަސް ޕޮއިންޓްގައި ހިފަހައްޓައިފި
04 ޖޫން 2022

ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާއިން ދަ ގްރާންޑޭ ކޮޅަށް 10 ލަނޑު ޖަހައިފި

04 ޖޫން 2022
ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާއިން ދަ ގްރާންޑޭ ކޮޅަށް 10 ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް