Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ދަ ގްރާންޑޭއިން ލީގުގައި ދެވަނަ ޕޮއިންޓް ހޯދައިފި

ގްރީންއަށް ގެއްލުނީ ތިންވަނައަށް ޖެހިލަން ލިބުނު ފުރުޞަތު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 27 ޖުލައި 2022 | ބުދަ 19:56
ދަ ގްރާންޑޭ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު

ދަ ގްރާންޑޭ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު

މޮޅެއް ނުލިބި, ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ ފުލުގައި އޮތް ދަ ގްރާންޑޭއިން ބާކީ އެއް މެޗު އޮއްވާ ދެވަނަ ޕޮއިންޓް ހޯދައިފިއެވެ.

ދަ ގްރާންޑޭއިން ދެވަނަ ޕޮއިންޓް ހޯދީ ފަހު ބުރުގައި ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްގެންނެވެ. މެޗު އެއްވަރުވީ 1-1 ނެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓްގައި ކުރި ހޯދީވެސް ދަ ގްރާންޑޭއިންނެވެ. އެޓީމަށް ލަނޑު ޖަހައިދިނީ ހޫގޯ ނިކޮލަސްއެވެ. އޭގެ ހަތް މިނެޓްފަހުން ގްރީންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދެވެ. ކޮންމެ ޓީމަކަށްވެސް ލީގުގައި ބާކީ އޮތީ އެއް މެޗެވެ. ތާވަލްގެ ފުލުން ސަލާމަތްވާނެ އެއްވެސް ގޮތެއް ދަ ގްރާންޑޭއަކަށް ނެތެވެ. އެކަމަކު ގްރީން މޮޅުނުވުމުން ތާވަލްގެ ތިންވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ގެއްލުނީއެވެ. ގްރީންއަށް ލިބެނީ 27 ޕޮއިންޓާއެކު ފަސްވަނައެވެ.

ލީގުގެ ފަހު މެޗުތައް ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހާއި, އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ. މިހާތަނަށް ޔަޤީންވެފައިވަނީ އެއްވަނައާއި ދެވަނައިގެ އިތުރުން ހަތްވަނައާއި އަށްވަނައެވެ. ގަދަ ހަތަރެއްގެ ދެ ޖާގަ އަދި ޔަޤީން ނުވެއެވެ.

ދިވެހި ޕްރިމިއާ ލީގުދަ ގްރާންޑޭ ސްޕޯޓްސް ކުލަބުކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
10 ނޮވެމްބަރު 2025

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު