Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ215 ކިލޯ ޑްރަގް ކޭސް

215 ކިލޯ ޑްރަގް ކޭސް: ޝަރީއަތް ނިމެންދެން ދެ މީހުން ބަންދު

މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ނޮވެމްބަރު 2021 | ހޯމަ 02:55
215 ކިލޯގެ ޑްރަގްގެ މައްސަލާގައި ހައްޔަރުކުރި މީހުން

215 ކިލޯގެ ޑްރަގްގެ މައްސަލާގައި ހައްޔަރުކުރި މީހުން

މަސްތުވާތަކެތި ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދާފައިވާ 215 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭގައެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސް 33، އެވެ.

މަސްތުވާތަކެތި ހޯދާފައިވަނީ, ރ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ޅާނބުގަލީގައެވެ. ޝާކިރާއި ނިމާލް ހައްޔަރުކުރީ "ފެށުން 2" ކިޔާ ލޯންޗެއްގައި ރ. މަޑުއްވަރި ބަނދަރު ސަރަހައްދަށް ވަތް ވަގުތު އެ ލޯންޗު ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ. އެ ދެ މީހުން ތިބި ލޯންޗުން ސެޓެލައިޓް ފޯނަކާއި ގިނަ އަދަދެއްގެ ޕެޓްރޯލް ހަން ފެނިފައިވެއެވެ. އަދި އެމީހުންގެ ހަށިގަނޑުގައި ވެލި ހުރުމާއި އެ މީހުން ދަތުުރުކުރި ލޯންޗުގެ އަރިމަތިން އިތުރު ބޯޓަކާއި ކައިިރިކުރުމުން ލޯންޗުގައި ކޫރުން ހުރިކަމުގެ ނިޝާންތައް ހުރުމަކީ އެމީހުންގެ މައްޗަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކެވެ. މީގެއިތުރުން ފުލުހުން ހޯދި ސެޓެލައިޓް ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓުން އެ މީހުން ރާއްޖެ ސަރަހައްދުން ބޭރަށް ނިކުމެ އެހެން ބޯޓަކާ ބައްދަލުކުރިކަން އެނގޭ މެސެޖުތަކެެއް ފެނުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ, ހޮނިހިރު ދުވަހު އެވެ.

މި މައްސލައިގައި ފުރަތަމަ އޮތް ބަންދުގެ މަޖިލީހުގައި ފުލުހުން ޝާކިރަށް އަނިޔާ ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން އޭރުވަނީ ޝާކިރު ޑޮކްޓަރަށް ދެއްކައި ސިއްޙީ ފަރުވާ ދިނުމަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހު އޮތް ބަންދުގެ މަޖިލީހާ ހަަމައަށް އައިއިރުވެސް އޭނާ ޑޮކްޓަރަށް ދެއްކުމަށް އެދިފައިނުވާކަމަށް ބުނެ ފުލުހުން އޭނާ ޑޮކްރަށް ނުދައްކައެވެ. އެއަށް ރައްދުދީ ޝާކިރު ބުނީ, އޭނާ ބަންދު ކޮށްފައި ހުންނަނީ ދޫނިދޫގައި ހުންނަ ކަސްޓޯޑިއަލް ޖަލުގައި ކަމަށާއި, އެތަނުގައި ހުންނަ ޑޮކްޓަރު ދެނީ އެންމެ ބޭސް ގުޅައެއް ކަމަށެވެ. އަދި ރަނގަޅު ސިއްޙީ ފަރުވާ ބޭނުންވާ ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ ޝާކިރު ޑޮކްޓަރަށް ދެއްކުމަށްފަހު 7 ދުވަހުގެތެރޭގައި ލިޔުންނަށް ކޯޓަށް ހުށަހެޅުމަށް އަމުރުކޮށްފައެވެ.

ފުލުހުން ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު 100 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގަނެފައެވެ. އެ މައްސަލައިގައި 10 މީހަކު ހައްޔަރުކުރި ނަމަވެސް މިހާރު ބަންދުގައި ތިބީ ފަސް މީހުންނެވެ.

215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުން215 ކިލޯ ޑްރަގް ކޭސްމޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު