Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދާއި ނަދީމުގެ މަރު

ޔާމީން ރަޝީދާއި ނަދީމުގެ މަރުގެ މައްސަލައިގެ ސިއްރު ހެކިން ލީކުވި މައްސަލައެއް!

14 ނޮވެމްބަރު 2021 | އާދީއްތަ 09:11

ނަދީމް މަރާލި މައްސަލަ މިހާރު އޮތީ ޚުލާސާ ބަޔާން އިއްވުމުގެ މަރުޙަލާގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ނޮވެމްބަރު 2021 | އާދީއްތަ 09:11
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ނަދީމުގެ މަރުގެ މައްސަލައިގެ ސިއްރު ހެކިން ލީކުވި މައްސަލަ ބަލަން ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ އެ މައްސަލަތަކުގައި ހިމެނޭ ސިއްރު ހެކިންގެ މައުލޫމާތު ލީކުވި މައްސަލައެއް ޕީޖީ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށައަޅާފައިވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕީޖީ ވިދާޅުވީ، ބައެއް އެހެން މައްސަލަތަކުގައިވެސް ސިއްރު ހެކިންގެ މައުލޫމާތު ލީކުވާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. މިފަހުންވެސް އެފަދަ ދެތިން މައްސަލައެއް ފާހަގަވެ، އެކަން ހިނގާފައިވާ ގޮތްވެސް ސާފުކޮށްފައިވާ ކަމަށެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. މި މައްސަލައިގައި ހިމެނޭ ސިއްރު ހެއްކެއް ކަމަށް ބުނާ މީހެއްގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ, 23އ)އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލަ މިހާރު އޮތީ ޚުލާސާ ބަޔާން އިއްވުމުގެ މަރުޙަލާގައެވެ.

ނަދީމް މަރާލި މައްސަލައިގައި، ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ހުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ޔާމީންނަދީމުހުސައިން ޝަމީމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
11 އޮކްޓޯބަރު 2024

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން
27 އޯގަސްޓު 2024

ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް

27 އޯގަސްޓު 2024
ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް
23 ޖުލައި 2024

ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

23 ޖުލައި 2024
ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި
23 ޖުލައި 2024

ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

23 ޖުލައި 2024
ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި
02 އެޕްރީލު 2024

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

02 އެޕްރީލު 2024
ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
01 އެޕްރީލު 2024

އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން

01 އެޕްރީލު 2024
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
21 މާރިޗު 2024

"ވާނުވާ" އަކީ މިހާރު ސިޔާސީ ވާހަކައެއް، އެކަން ޙައްލުކުރެވޭނީ ކޯޓުތަކަށް ވަސީލަތްތައް ދީގެން: ޝަމީމް

21 މާރިޗު 2024
"ވާނުވާ" އަކީ މިހާރު ސިޔާސީ ވާހަކައެއް، އެކަން ޙައްލުކުރެވޭނީ ކޯޓުތަކަށް ވަސީލަތްތައް ދީގެން: ޝަމީމް
01 ފެބުރުއަރީ 2024

ޝަމީމަށް ހަމަލާދިން މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

01 ފެބުރުއަރީ 2024
ޝަމީމަށް ހަމަލާދިން މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
01 ފެބުރުއަރީ 2024

ޕީޖީއަށް ޙަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

01 ފެބުރުއަރީ 2024
ޕީޖީއަށް ޙަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް