Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ޖަލްސާ

ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

ގަވަރުނަރު ބޭރު ކުރި ގޮތަށް، ޕީޖީވެސް ބޭރު ކުރައްވާނެކަމަށް ވިދާޅުވެ އައްބާސް ވަނީ އިންޒާރު ދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ޖުލައި 2024 | އަންގާރަ 07:30
ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް

މައުލޫމާތު ހާމަނުކޮށްގެން ރައީސް އޮފީހުގެ މައްސަލަ ބަލައިދިނުމަށް އެދި އައިކޮމްއިން ޕީޖީ އޮފީހަށް މައްސަލައެއް ހުށަހަޅާފައި އޮއްވައި އިއްތިފާޤަކުން ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރު މަޖިލީހުގައި ދެއްވައިފިއެވެ.

ރައީސް އޮފީހުގެ މައްސަލަ ބަލައިދިނުމަށް އެދި އައިކޮމްއިން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅި ވާހަކަ ހޯމަ ދުވަހު ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން އަންގާރަ ދުވަހު ވަނީ ފުލުހަށް މައްސަލަހުށަހަޅާފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީއޭގެ މެމްބަރު މުޙައްމަދު އައްބާސް ވަނީ ޕީޖީއަށް އިންޒާރު ދެއްވާފައެވެ. އެހެންނަމަވެސް އައްބާސް އެ އިންޒާރު ދެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކަށް ވާހަކަ ދައްކަވަމުންނެވެ.

އައްބާސް ވިދާޅުވީ، ޕީޖީގެ ޤާނޫނީ ޒިންމާ އަދާކުރަން އެބަޖެހޭ ކަމަށާއި، އެހެން ނޫންނަމަ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

އެހެންނޫންނަމަ، ގަވަރުނަރު ބޭރު ކުރި ގޮތަށް، ޕީޖީވެސް ބޭރު ކުރައްވާނެކަމަށް ވިދާޅުވެ އައްބާސް ވަނީ އިންޒާރު ދެއްވާފައެވެ.

އައްބާސް ވިދާޅުވާ ގޮތުގައި ރައްޔިތުން އެދޭ ގޮތަށް ކަންތައް ނުކުރައްވާ އެއްވެސް ބޭފުޅަކު މަގާމުގައި ހުންނަވަން މަޖިލީހުން ފުރުސަތެއް ނުދެއްވާނެއެވެ.

އައްބާސް މި އިންޒާރު ދެއްވާފައިވަނީ ރައީސް އޮފީހުގެ މައްސަލައާ ގުޅުވާފައި ނޫންކަމުގައި ވީނަމަވެސް، މި ދަނޑިވަޅަކީ ޕިޖީ އޮފީހުން އެ މައްސަލަ ފުލުހަށް ހުށަހެޅި ދަނޑިވަޅުކަންވެސް ފާހަގަ ކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމްމަޖިލިސް20

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު